05 ސެޕްޓެމްބަރ 2019
ސަރުކާރު ކޯލިޝަންގައި ހިމެނޭ، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު، ކެމްޕެއިން ދަތުރެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ މިއަދު ފުރާވަޑައިގަތުމަކީ ޖޭޕީގެ ސުލޫކާ ހިލާފު އަމަލެއް ކަމަށް އެ ޕާޓީން ބުނެފި އެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު، ކެމްޕެއިން ދަތުރެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ މިއަދު ފުރާވަޑައިގަތުމަކީ ޖޭޕީގެ ސުލޫކާ ހިލާފު އަމަލެއް ކަމަށް އެ ޕާޓީން ބުނެފި އެވެ.
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރަކަށް ހުންނެވި ޖަމީލް މިއަދު ޔާމީނާއެކު ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ ބަދަލަކަށް ގެނައި ބަދަލުން ރައްޔިތުން ގޮތް ހުސްވެއްޖެ ކަމަށެވެ. އެހެންވެ، ގައުމާ ދޭތެރޭ ވިސްނާ ކޮންމެ މީހަކު ވެސް ރައްޔިތުންނަށް ކަމެއް ކޮށްދޭންޖެހޭ ކަމަށް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހް މިއަދު ވިދާޅުވީ އެ ދަތުރުގައި ޖަމީލް ފުރާވަޑައިގަތީ އެ ޕާޓީއަށް އެނގިގެން ނޫން ކަމަށެވެ. އަދި އެ ޕާޓީ ކައުންސިލްގެ ގިނަ މެމްބަރުންތަކެއް އެކަމާ ދެކޮޅު ހަދައި ޖަމީލާ މެދު ފިޔަވަޅު އަޅައި ދިިނުމަށްވެސް އެދެމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް އަދި މިހާތަނަށް އެ މައްސަލާގައި ފިޔަވަޅެއް ނާޅަ އެވެ.
"އެކަމާ މެދު ވަކި ގޮތެއް އަދި ނިންމާފައެއް ނުވޭ،" އަލީ ސޯލިހް ވިދާޅުވި އެވެ.
ޔާމީންގެ ސަރުކާރުގައި ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުސަތު ވެސް ނުދީ، މަޖިލީހުގައި ނެގި ވޯޓުގައި ނައިބު ރައީސްގެ މަގާމުން ވަކިކުރެއްވި ޖަމީލަކީ ޔާމީނަށް ފާޑުވިދާޅުވެ، މިހާރުގެ ސަރުކާރު ގެނައުމަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
ޖަމީލް ޖޭޕީއާ ގުޅިވަޑައިގަތީ ނައިބު ރައީސްގެ މަގާމުން ވަކިކުރެއްވުމުން އިނގިރޭސި ވިލާތުގައި އުޅުއްވި ދުަސްވަރުގަ އެވެ. އޭރު އޭނާ ގެންދެވީ ޔާމީނަށާއި އެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
ޖަމީލްގެ ސުލޫކީ މައްސަލަ ބަލައިދިނުމަށް އެދި ޖޭޕީ އަށް
ކާމިޔާބު ފޯމިއުލާއަކީ ކޯލިޝަން: ޖަމީލް
"ޖޭޕީއާ ގުޅުނީ އަދުލުވެރި ވެރިޔަކަށް ގާސިމް ވާނެތީ"
"ކޯލިޝަން މަޝްވަރާއަށް ޔާމީންގެ ރުހުން ވަނީ ލިބިފައި"
ގާސިމަށް ކުރި ބޮޑެތި ތުހުމަތު ޕީޕީއެމުން ދިފާއުކޮށްފި
ޔާމީނަށް އިންސާފު ހޯދައިދޭން ގާސިމް ގޮވާލައްވައިފި
ޔާމީނަށް އިންސާފު އަވަސްކުރުން މުހިންމު: އަމީން
"އެހެން ޕާޓީތަކުން އަރަން ޖެހޭނީ ޕީޕީއެމްގެ ފަހަތަށް"
2023ގެ ކޯލިޝަނަށް ޕީޕީއެމާ ވާހަކަ ނުދައްކަން: ޖޭޕީ
ގާސިމާއި ޕާޓީ ދޫކުރި މީހުންނަށް ފުރުސަތެއް ނެތް:ޔާމީން