ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމާ ގުޅޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވީ ދޮގު ވާހަކަތަކެއް ކަމަށާއި އެކަމާ ގުޅިގެން ގާނޫނީ ގޮތުން އެޅޭނެ ފިޔަވަޅު ބަލަމުން އަންނަ ކަމަށް އެ ޕާޓީން ބުނެފި އެވެ.
16 އޯގަސްޓް 2025
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމާ ގުޅޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވީ ދޮގު ވާހަކަތަކެއް ކަމަށާއި އެކަމާ ގުޅިގެން ގާނޫނީ ގޮތުން އެޅޭނެ ފިޔަވަޅު ބަލަމުން އަންނަ ކަމަށް އެ ޕާޓީން ބުނެފި އެވެ.
"އަދަދު" އޮންލައިނަށް މިދިޔަ ހަފްތާގައި ޔާމީން ދެއްވި އިންޓަވިއުއެއްގައި ވަނީ ގާސިމާއި ސިޔާދު ޖަލަށްލީ އެއްވެސް ކުށެއް ނެތި ކަމަށް ޕްރެޒެންޓަރު ބުނުމުން އެއީ ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ކަމަށް ވިދާޅުވެފަ އެވެ.
"..އެހެންތަ ވަނީ. މާތްކަލާނގެއާ ވަކީލު. އެހެންވީމަ ނޭނގޭތީއެއް ނޫންތޯ. އެހެންވީމަ ނޭނގޭތީއެއް ނޫންތޯ،" ގާސިމާއި ސިޔާދު ހައްޔަރުކުރީ ކުށެއް ނެތި ކަމަށް ޕްރެޒެންޓަރު ބުނުމުން ރައްދުގައި ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އެ ދެބަފައިން ހައްޔަރުކުރަން ޖެހުނީ ފެބްރުއަރީ 1، 2018 ގައި އޭރުގެ ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅުވައިގެން ފަނޑިޔާރުންނަށް ރިޝްވަތު ދިން މައްސަލާގައި ކަމަށެެވެ.
ސިޔާދު ގާސިމް ހައްޔަރުކޮށްފައި ހުރި އިރު ކޯޓުގެ އަޑުއެހުމަކަށް މާލެ ގެނެސްފައި.-- މިހާރު ފައިލް ފޮޓޯ
ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ފަނޑިޔާރު އަލީ ހަމީދު ފްލެޓެއް ބައްލަވައިގަތުމަށް 2.4 މިލިއަން ޑޮލަރު ދެއްވިކަމުގެ ތުހުމަތުގައި ސިޔާދަށް އޭރު ކުރެވުނެވެ.
ޔާމީން ތުހުމަތުކުރެއްވި ގޮތުގައި ފަނޑިޔާރުން ނެރުނު އަމުރާ ގުޅިގެން ފަނޑިޔާރުންނަށް މެލޭޝިއާ އިން ގެއާއި ފްލެޓް ގަނެދެއްވީ ގާސިމާއި ސިޔާދު މެދުވެރިވެގެންނެވެ. އަދި ހުޅުމާލެއިން ފަނޑިޔާރުން ފްލެޓް ގަތުމަށް ގެރެންޓާއެއްގެ ގޮތުގައި ސޮއިކޮށްފައި ވަނީ ވެސް ސިޔާދު ކަމަށް ޔާމީން ތުހުމަތު ކުރެއްވި އެވެ.
"2018 ގައި ސްޕްރީމް ކޯޓުން ނެރުނު އަމުރުގައި ފަނޑިޔާރުންނަށް މެލޭޝިއާއިން ގެ އާއި ފްލެޓް ގަނެދިނީ ކޮންބައެއްތޯ ބައްލަވާލައްވާ. ދެން އެމީހުންނަށް ހުޅުމާލެއިން ފްލެޓް ގަންނަން ގެރެންޓީގައި ސޮއިކޮށްފައި އޮތީ ކާކުތޯ ބައްލަވާލައްވާ،" ޔާމީން ވިދާޅުވި އެވެ.
ވިލާ ކޮލެޖުގެ ޗެއާމަން ގާސިމް އިބްރާހިމް އާއި ދަރިކަލުން ސިޔާދު ގާސިމް--. ފޮޓޯ: ނިޝާން އަލީ | މިހާރު
އެފަދަ ތުހުމަތެއް ގާސިމާއި ސިޔާދަށް ކުރެއްވުމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވީ އެ އިންޓަވިއުގައި ޔާމީން ދައްކަވާފައިވާ ވާހަކަތަކަކީ ސާބިތުނުހިފޭ ދޮގު ވާހަކަތަކެއް ކަމަށާއި އެކަމާ ގުޅިގެން އެޅޭނީ ކޮން ފިޔަވަޅެއްތޯ ޕާޓީގެ ގާނޫނީ ޓީމުން ބަލަމުން އަންނަ ކަމަށެެވެ.
"ގާސިމާއި އެމަނިކުފާނުގެ ދަރިކަލުންނާ ބެހޭ ގޮތުން ދައްކަވާފައިވާ ސާބިތު ނުހިފޭ ދޮގު ބުހުތާނު ވާހަކަ ދައްކަވާފައިވާތީ މިކަމާ ގުޅިގެން ޔާމީނާ ދެކޮޅަށް ގާނޫނީ ގޮތުން އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިތޯ ޖޭޕީ ގާނޫނީ ބޭފުޅުންގެ ފަރާތުން ބަލަމުން އެބަދަން. އަދި މިކަން ހަރުކަށިކޮށް ކުށްވެރިކުރަން،"
އެ އިންޓަވިއުގައި ޔާމީން ވަނީ ސިޔާސީ ދާއިރާގައި އޭރު އުޅުއްވި އެކި ބޭފުޅުންނަށް އެކި ތުހުމަތުތައް ކުރައްވައި ޖަލަށްލީ ސަބަބު ކަމަށް ވިދާޅުވެ އެކި ކަންކަމުގެ ވާހަކަ ދައްކަވައިފަ އެވެ.
ޔާމީންގެ ވެރިކަމުގެ ފަހު އަހަރު އެ މަނިކުފާނުގެ އެއްބަފާ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ދަރިކަލުން އަހުމަދު ފާރިސް ޖަލަށްލީ، ވެސް ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިން މައްސަލާގައި ކަމަށް ވިދާޅުވި އެވެ. އެކަމަކު ރައީސް މައުމޫނުގެ އޮފީހުން ވަނީ ޔާމީންގެ އެ ތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ. އަދި ގާނޫނީ ފިޔަވަޅު އެޅުމާ މެދު ވިސްނަމުން އަންނަ ކަމަށް މައުމޫން ވެސް ވަނީ ވިދާޅުވެފަ އެވެ.
"ކޯލިޝަން މަޝްވަރާއަށް ޔާމީންގެ ރުހުން ވަނީ ލިބިފައި"
ގާސިމަށް ކުރި ބޮޑެތި ތުހުމަތު ޕީޕީއެމުން ދިފާއުކޮށްފި
ޔާމީނަށް އިންސާފު ހޯދައިދޭން ގާސިމް ގޮވާލައްވައިފި
ޔާމީނަށް އިންސާފު އަވަސްކުރުން މުހިންމު: އަމީން
"އެހެން ޕާޓީތަކުން އަރަން ޖެހޭނީ ޕީޕީއެމްގެ ފަހަތަށް"
2023ގެ ކޯލިޝަނަށް ޕީޕީއެމާ ވާހަކަ ނުދައްކަން: ޖޭޕީ
ގާސިމާއި ޕާޓީ ދޫކުރި މީހުންނަށް ފުރުސަތެއް ނެތް:ޔާމީން
ގާސިމް ޔާމީނަށް: އަމިއްލަ އެދުމަށް ތިޔަ ގޮވަނީ ކޮސް
އުންމީދުކުރަނީ ނިކަމެތިކޮށްނުލާނެ ކަމަށް: ގާސިމް
ޖަމީލްގެ ސުލޫކީ މައްސަލަ ބަލައިދިނުމަށް އެދި ޖޭޕީ އަށް