25 ފެބުރުއަރީ 2022
އަންނަ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ޕީޕީއެމުން ތާއީދު ނުކުރާނެ ކަމަށާއި ޕާޓީ ދޫކޮށް ދިޔަ މީހުންނަށް ފުރުސަތު ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ޕީޕީއެމުން ތާއީދު ނުކުރާނެ ކަމަށާއި ޕާޓީ ދޫކޮށް ދިޔަ މީހުންނަށް ފުރުސަތު ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ގއ. ވިލިނގިލީގައި ޕީޕީއެމުން މިއަދު ބޭއްވި އިންޑިއާ އައުޓް ކެމްޕެއިންގަައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބު ކައިރިވަމުން އަންނަ ވަރަކަށް، އެމަނިކުފާނުގެ ނަމުގައި އޮޅުވާލައިގެން ތާއީދު ހޯދުމަށް އެކި ޕާޓީތަކުން މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން ޕީޕީއެމުން ގާސިމަށް ތާއީދު ކުރާނެ ކަމަށް ދެކެވޭ ވާހަކަތައް ދޮގު ކުރައްވައި، ޔާމީން ވިދާޅުވީ ރިޔާސީ އިންތިޚާބަށް ނެރޭނެ ކެނޑިޑޭޓަކު ނުލިބިގެން ޕީޕީއެމް ނޫޅޭނެ ކަމަށެވެ. އަދި ގާސިމަށް އެ ޕާޓީން ތާއީދު ނުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މި އުޅެނީ ގާސިމް އިބްރާހިމަށް ޕީޕީއެމްގެ ތެރެއިން ޖާގަ ދޭކަށް ނޫން. އެ ޖާގަ ދޭކަށް އަޅުގަނޑު ބޭނުމެއް ނޫން. ޕީޕީއެމްގެ އެބަހުރި ހަކަތަ. ޕީޕީއެމްގެ ތެރޭގައި އެބަތިބި ރިޔާސީ އިންތިޚާބަށް ނެރެވޭނެ މީހުން،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި މަޖިލިސް އިންތިޚާބުގައި ޕީޕީއެމުން އެހެން ޕާޓީއަކަށް ދޫކުރާނެ ގޮނޑިއެއް ދެން ނުހުންނާނެ އެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ 2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ޕީޕީއެމްގެ އެތައް ގޮނޑިތަކެއް ފޭރިގެންފައިވާތީ ކަމަށް ވިދާޅުވި އެވެ.
"އެ މަސްތުގައި ޖައްސައިގެން ޖުމްހޫރީ ޕާޓީން އަޅުގަނޑުމެންގެ އެތައް ގޮނޑިތަކެއް ފޭރިގަތް،" ޔާމީން ވިދާޅުވި އެވެ.
ޔާމީން މިއަދުގެ އެއްވުމުގައި ވާހަކަ ދައްކަވަނީ --- ފޮޓޯ/ޕީޕީއެމް
އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުން ޔާމީން ނާކާމިޔާބުވެ ވަޑައިގަތުމުން ޕީޕީއެމް ދޫކޮށް ޖުމްހޫރީ ޕާޓީއާ ގުޅުނު ބޭފުޅުންނަށް ޔާމީން ފާޑު ވިދާޅުވެ، ޔާމީން ވިދާޅުވީ އެ މީހުން މިހާރު ވާނީ "ކުލީ ސިފައިންގެ ބަޔަކަށް" ކަމަށެވެ. އަދި އެ މީހުން އަލުން ޕީޕީއެމަށް އަންނަން ފުރުސަތު ނުދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ޔާމީންގެ ވާހަކަފުޅުގައި ވަކި ބޭފުޅެއްގެ ނަމެއް ވިދާޅެއް ނުވެ އެވެ.
"ސިޔާސީ ޕްލެޓްފޯމެއް ދޫކޮށްލާފައި ދިޔައިމަ ދެން އުޅޭނީ ކުލީ ސިފައިންގެ ގޮތުގައި. އެއްގޮތަކަށް ވެސް ރައްޔިތުންގެ ހައްގުގައޭ ކިޔާފައި ވަކާލާތު ކުރަން އަންނާނެ ކަމެއް ނެތް،" ޔާމީން ވިދާޅުވި އެވެ.
ދަނގެތި ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމް އިސްވެ ހުންނަވައިގެން އުފެއްދި ޕާޓީ އެމްއެންޕީ މިހާރު އޮތީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ކަމަށް އެ ޕާޓީން ބުނާތީ އެކަމަށް ވެސް ޔާމީން ފާޑު ވިދާޅުވި އެވެ.
"އެއް ބަޔަކު އެބަ ބުނޭ ވެރިކަން ގެނައުމަށްޓަކައި، ސަރުކާރު ގެނައުމަށްޓަކައި ސަރުކާރާ އެކީގައި ތިއްބަސް ތިމަންނަމެން މި ތިބީ އިދިކޮޅުގައޭ. އެހެން އިދިކޮޅުގައި އެހެރީ އިބްރާހިމް މުހައްމަދު ސޯލިހްގެ އަންހެނުން ފަޒްނާ ވެސް. މިކަހަލަ ވާހަކަ ދައްކައިގެން ރައްޔިތުން މަަސްތުގައި ޖައްސަން މި މަސައްކަތް ކުރަނީ،" ޔާމީން ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ފާޑު ވިދާޅުވަމުން ޔާމީން ވިދާޅުވީ މަގާމު ދިފާއު ކުރަން އޭނާ ވަރުގެ ބޭފުޅެއް ނެތް ކަމަށެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ނަމަ ޖިހާދަށް ނުކުންނާނެ ކަމަށް އިމްރާން ވިދާޅުވި ވާހަކަ މިހާރު ކޮބައިތޯ ޔާމީން ސުވާލު ކުރެއްވި އެވެ.
ޔާމީނަށް އިންސާފު އަވަސްކުރުން މުހިންމު: އަމީން
"އެހެން ޕާޓީތަކުން އަރަން ޖެހޭނީ ޕީޕީއެމްގެ ފަހަތަށް"
2023ގެ ކޯލިޝަނަށް ޕީޕީއެމާ ވާހަކަ ނުދައްކަން: ޖޭޕީ
ޖޭޕީގެ މެމްބަރުން މުއިއްޒަށް ތާއީދު ކޮށްދޭން އެދިއްޖެ
ކޯލިޝަން ހެދުމުގެ މަޝްވަރާއަށް ޕީޕީއެމުން ގާސިމް ގާތަށް
"ކޯލިޝަން މަޝްވަރާއަށް ޔާމީންގެ ރުހުން ވަނީ ލިބިފައި"
ޖޭޕީއާ އެކު ކޯލިޝަން ނުހަަދަން ޔާމީންގެ އެންގެވުމެއް!
ޕީޕީއެމްގެ ޓިކެޓް ލިބޭނެ ކަމަށް އުންމީދުކުރިން: ވަހީދު
އެއްބުރުން ނިންމައި ތާރީހު ބަދަލުކޮށްލެވިދާނެ؟
ތާއީދު ހޯއްދަވަން ގާސިމް، ވަހީދުއާ ބައްދަލުކުރައްވައިފި