02 ސެޕްޓެމްބަރ 2019
ދިވެހިންނަށް ތިން މަސް ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭ ގޮތަށް ވިސާގެ އާ އިންތިޒާމުތަކެއް ހަމަޖައްސައިި ދިނުމުގެ އެއްބަސްވުމެއްގައި ސްރީ ލަންކާ އިން ރާއްޖެއާ އެކު މިއަދު ސޮއިކޮށްފި އެވެ.
ދިވެހިންނަށް ތިން މަސް ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭ ގޮތަށް ވިސާގެ އާ އިންތިޒާމުތަކެއް ހަމަޖައްސައިި ދިނުމުގެ އެއްބަސްވުމެއްގައި ސްރީ ލަންކާ އިން ރާއްޖެއާ އެކު މިއަދު ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ދެ ގައުމުން ސޮއިކުރީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް މިއަދު ރާއްޖެ ވަޑައިގެންނެވި ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސް އޮފީހުގައި ދެ ގައުމުން ބަދަލުކުރި އެއްބަސްވުމުގައިވާ ގޮތުން، ތިން މަސް ދުވަހުގެ އޮން އެރައިވަލް ވިސާގެ އިތުރުން އެއް ގައުމުން އަނެއް ގައުމުގެ ރައްޔިތުންނަށް މަލްޓިޕަލް އެންޓްރީ ބިޒްނަސް ވިސާ ވެސް ދޫކުރާނެ އެވެ.
ރައީސް އޮފީހުން ބުނީ ލަންކާއާ އެކު ރާއްޖެ އިން ސޮއިކުރި އެއްބަސްވުމުގެ ސަބަބުން، އެ ގައުމުގައި ކިޔަވާ ދިވެހި ދަރިވަރުންނާއި ދަރިވަރުންގެ ބެލެނިވެރިންނަށް ވެސް ލުއި ފަސޭހަވާނެ އެވެ.
"އެގްރީމަންޓް އޮން ފެސިލިޓޭޝަން އޮފް ވިސާ އެރޭންޖްމެންޓްސް"ގެ ނަމުގައި ސޮއިކުރި އެއްބަސްވުމުގެ އިތުރުން އެމްއޯޔޫތަކެއްގައި ވެސް ދެ ގައުމުން މިއަދު ސޮއިކުރި އެވެ. އެގޮތުން، ސޮއިކުރި އެމްއޯޔޫތަކަކީ މަތީ ތައުލީމާއި އިޖުތިމާއީ ރައްކާތެރިކަމާއި މަސައްކަތްތެރިކަން ދަސްކޮށްދިނުމުގެ ދާއިރާ އިން އެއްބާރުލުން ދިނުމުގެ އެމްއޯޔޫތަކެކެވެ.
ރަނިލްގެ ޝަރަަފްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްވި މެންދުރުގެ ފަރިއްކޮޅުގައި ވާހަކަފުޅު ދައްކަވަމުން ރަނިލް ވިދާޅުވީ، ދިވެހިންނަކީ ބިދޭސީންގެ ގޮތުގައި ސްރީ ލަންކާގެ މީހުން އެއް އިރަކު ވެސް ނުދެކޭ ކަމަށާއި ރާއްޖެ އާއި ލަންކާއާ ދެމެދު އޮންނަނީ އެހާ ވެސް ގާތް ގުޅުމެއް ކަމަށެވެ. ރަނިލް ވިދާޅުވީ، ދުނިޔެ އަށް މާ ބޮޑަށް ލަންކާ ހުޅުވިގެން ނުދާއިރު ވެސް އެ ގައުމުގެ ރައްޔިތުންނަށް ރާއްޖެ އެނގޭ ކަމަށެވެ. އެގޮތުން، 1984 ވަނަ އަހަރުން ފެށިގެން ދިވެހިންނާ މެދު ލަންކާ އިން އަމަލުކުރަމުން އަންނަނީ އެހެން ގައުމުތަކުގެ މީހުންނާ ތަފާތު، ހާއްސަ ގޮތަކަށް ކަމަށެވެ.
"ނަވާރަ ސަތޭކަ އަށްޑިހަ ހަތަރެއްގައި އޭރުގެ ރައީސް ޖަޔަވަރުދަނާ ނިންމެވީ އެހެން ހުރިހާ ގައުމެއްގެ ރައްޔިތުންނާ ތަފާތު ގޮތަކަށޭ ދިވެހިންނާ މެދު އަޅުގަނޑުމެން ކަންތައްތައް ކުރަން ވާނީ. އެ މީހުން މިތަނަށް އައިސް، އާއްމު ގޮތެއްގައި ރައްޔިތަކަށް ލިބޭ ހުރިހާ ހައްގެއް ބޭނުން ކުރުމުގެ ފުރުސަތު އަޅުގަނޑުމެން ދޭން ވާނެ ކަމަށް. ދެން [ލަންކާ އަށް އައި]މީހުންގެ އަދަދު އިތުރުވި،" ރަނިލް ވިދާޅުވި އެވެ.
މިނިސްޓަރު ޝާހިދު ލަންކާގެ ބޮޑު ވަޒީރާ ބައްދަލުކޮށްފި
ލަންކާގައި ވިސާ ނެތް ދިވެހިންނަށް އަދި ހައްލެއް ނުލިބޭ
ލަންކާ ވިސާ ލިބުމުގައި ދަތިނުވާނެ ކަމުގެ ޔަގީންކަން
ޒަމީރު، ލަންކާގެ ރައީސް ރަނިލްއާ ބައްދަލުކުރައްވައިފި
ޝާހިދު، ލަންކާގެ ރައީސާއި ބޮޑުވަޒީރާ ބައްދަލުކޮށްފި
އެމްބަސީ އަޅަން ލަންކާ އާއި ބަންގްލަދޭޝަށް ބިން ދީފި
ދިވެހިންނަކީ ބިދޭސީންގެ ގޮތުގައި ލަންކާ މީހުން ނުދެކޭ
އިންޑިއާ ކަނޑުގެ ރައްކާތެރިކަން މުހިއްމު: ރައީސް
ސްރީ ލަންކާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންފި
ލުތުފީގެ މައްސަލަ މިދަނީ ކިހިނެއް؟