02 ސެޕްޓެމްބަރ 2019
ޕެންޝަން އޮފީހަށް ފުރަތަމަ ފަހަރަށް މަހެއްގެ ތެރޭގައި 100 މިލިއަން ރުފިޔާ ޖަމާވެއްޖެ އެވެ.
ޕެންޝަން އޮފީހަށް ފުރަތަމަ ފަހަރަށް މަހެއްގެ ތެރޭގައި 100 މިލިއަން ރުފިޔާ ޖަމާވެއްޖެ އެވެ.
އެ އޮފީހުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، މިދިޔަ ޖުލައި މަހު ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން ޕެންޝަން އޮފީހަށް 41.1 މިލިއަން ރުފިޔާ ޖަމާކޮށްފައި ވެ އެވެ. އަދި އަމިއްލަ ކުންފުނިތަކުން 58.8 މިލިއަން ރުފިޔާ ޖަމާކުރި އެވެ. މިއީ މިދިޔަ ނުވަ އަހަރުގައި ޕެންޝަން އޮފީހަށް އެއް މަހެއްގެ ތެރޭގައި މިހާ ބޮޑު އަދަދެއް ޖަމާވި ފުރަތަމަ ފަހަރެވެ.
މިދިޔަ އަހަރު މަހެއްގެ މައްޗަށް އެންމެ ބޮޑު އަދަދެއްގެ ގޮތުގައި ލިބުނީ އެ އަހަރުގެ ޑިސެމްބަރު މަހު، 98 މިލިއަން ރުފިޔާ އެވެ. އޭގެ ކުރިން، 2017 ވަނަ އަހަރު މަހެއްގެ މައްޗަށް އެންމެ ބޮޑު އަދަދެއް ޕެންޝަން ފަންޑަށް ޖަމާވީ، އެއަހަރުގެ އޮގަސްޓަ މަހު، 94 މިލިއަން ރުފިޔާ އެވެ.
ޕެންޝަން ފަންޑަށް ޖަމާކުރާ ފައިސާ އެއް އަހަރުން އަނެއް އަހަރަށް އަންނަނީ އިތުރުވަމުންނެވެ. މީގެ އެންމެ ބޮޑު ސަބަބަކީ، ޕެންޝަން ފަންޑުގެ ކޮންޓްރިބިއުޓަރުން އިތުރުވުމެވެ.
ޕެންޝަން ފަންޑަށް 2010 ވަނަ އަހަރުން ފެށިގެން ފައިސާ ޖަމާ ކުރަމުންދެ އެވެ. އެ އަހަރު 165 މިލިއަން ޖަމާ ކުރި އިރު މިހާރު އަހަރެއްގެ މައްޗަށް ފަންޑަށް ޖަމާކުރާ ވަރު ވަނީ ބިލިއަނަށް އަރައިފަ އެވެ. ޕެންޝަން ފަންޑަށް އެންމެ ފުރަތަމަ އެއް ބިލިއަނަށް ޖަމާވީ 2017 ވަނަ އަހަރު އެވެ. މިދިޔަ އަހަރު އެ އަދަދު ވަނީ 1.1 ބިލިއަން ރުފިޔާއަށް އިތުރެ އެވެ.
މި އަހަރުގެ އޮގަސްޓާ ހަމަޔަށް ޕެންޝަން ފަންޑަށް ޖަމާ ކުރި ވަރު 691 މިލިއަން ރުފިޔާ އަށް އަރަ އެވެ. ޕެންޝަން ފަންޑަށް ޖަމާކުރާ ފައިސާގެ 79 ޕަސެންޓްގެ ހިއްސާ އަކީ އަމިއްލަ ކުންފުނިތަކެވެ. ސަރުކާރުގެ އިދާރާތަކުގެ ހިއްސާއަކީ 20 ޕަސަންޓެވެ.
ކުންފުންޏާބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި
ކުންފުނިތަކުގެ ބިލަށް ބަދަލެއް ނުގެނެސް ފާސްކޮށްފި
ކުންފުނިތަކުގެ އިސްލާހުގެ މަސައްކަތްތައް ނިންމާލައިފި
ޑިރެކްޓަރުން އައްޔަންކުރާ މުއްދަތު ކުރުކުރަން އިސްލާހެއް
އާ ގާނޫނުން ދެން އެކަކަށް ވެސް ކުންފުނި ހެދޭނެ
"ކުންފުނިތަކުގެ ޑިރެކްޓަރުން ކޯޓަށް ވަކި ކުރެވިދާނެ"
ކުންފުނިތައް ވިއްކާލުން ގޯސް ނިންމުމަކަށް ވެދާނެ!
ހަތަރު މައުލޫއު: ކުންފުނިތަކުގެ ބޯޑު ސިޔާސީ ނުކުރުން
ދައުލަތް އަދި ކުންފުނި، ދެ ލަފުޒު އެކުވުމުގެ ނަތީޖާ
ފީ ނުދައްކާ ކުންފުނިތައް އުވައިލެވޭ ގޮތަށް ފާސްކޮށްފި