03 ސެޕްޓެމްބަރ 2019
ތިމާވެށި ހިމާޔަތްކުރަން ޕާކިސްތާނުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެ ގައުމުގައި ކަރަންޓް ރިކްޝާ އާއި ސައިކަލް ތައާރަފުކުރަން ނިންމައި އޭގެ މޮޑެލްތަކެއް ދައްކާލައިފި އެވެ.
ތިމާވެށި ހިމާޔަތްކުރަން ޕާކިސްތާނުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެ ގައުމުގައި ކަރަންޓް ރިކްޝާ އާއި ސައިކަލް ތައާރަފުކުރަން ނިންމައި އޭގެ މޮޑެލްތަކެއް ދައްކާލައިފި އެވެ.
މިދިޔަ އަހަރު ބޮޑުވަޒީރު އިމްރާން ޚާން ލޯންޗްކޮށް ދެއްވި "ގްރީން ޕާކިސްތާން" ކެމްޕޭނުގެ ތެރެއިން ދަތުރުފަތުރަށް ކަރަންޓް ރިކްޝާ އާއި ސައިކަލް ތައާރަފުކުރަން ނިންމިކަން އިއުލާނު ކުރައްވަމުން ޕާކިސްތާނުގެ ސައިންސް އެންޑް ޓެކްނޮލޮޖީ ފެޑެރަލް މިނިސްޓަރު ޗައުދަރީ ފަވާދު ހުސައިން ވިދާޅުވީ ޖައްވަށް ދޫކުރާ ވިހަ ގޭސް މިކަމުގެ ސަބަބުން މަދުކުރެވޭނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި "ގްރީން ޕާކިސްތާން" ކެމްޕޭނަކީ ޕާކިސްތާން ކައުންސިލް ފޮ ރިނިވަބަލް އެނަޖީ ޓެކްނޮލޮޖީޒް (ޕީސީއާރްއީޓީ) އާ ގުޅިގެން ހިންގާ ކެމްޕޭނެކެވެ. އެގޮތުން އަލަށް ހިދުމަތަށް ނެރޭ ކަރަންޓް ރިކްޝާތަކަކާއި ސައިކަލްތަކެއް ހޮނިހިރު ދުވަހު ދައްކާލާފައިވެ އެވެ.
"މި އެއްޗެހި ވެގެން ދާނީ ކުރިމަގުގައި ޕާކިސްތާނުގައި ދަތުރުފަތުރުކުރުމުގެ ނިޒާމު ބައްޓަން ކުރާނެ ވަސީލަތްތަކަކަށް،" ޗައުދަރީ ވިދާޅުވި އެވެ. "ގިނަ ބަޔަކު ދަތުރުތަކަށް އެންމެ ބޮޑަށް ބޭނުންކުރަނީ ވެސް ރިކްޝާ އާއި ސައިކަލްކަމަށްވާތީ މި ތަކެތި ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކަކަށް ހެދުމަކީ ވަރަށް މުހިއްމު ކަމެއް. އަދި މިއީ ކުރިމަގަށް ކުރެވޭ ވަރަށް މުހިއްމު މަސައްކަތެއް."
މިކަން އިއުލާންކުރި ނަމަވެސް އެތަކެތި ރަސްމީކޮށް ބޭނުންކުރަން ފަށާނެ އިރެއް އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު މިނިސްޓަރު ޗައުދަރި ވިދާޅުވި ގޮތުގައި ކަރަންޓް ރިކްޝާތަކާއި ސައިކަލް ވަރަށް އަވަހަށް މަގުތަކަށް ނުކުންނާނެ އެވެ.
ޕާކިސްތާނުން މިފަހަކަށް އައި އަންނަނީ ތިމާވެށި ހިމާޔަތްކުރަން އެކި ކަހަލަ ފިޔަވަޅުތައް އަޅަމުންނެވެ. އޭގެ ތެރޭގައި އެ ގައުމުގެ ބޮޑެތި ސިޓީތަކުގައި އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓައިލުމާއި ގިނަ އަދަދަކަށް ގަސް އިންދުމާއި ކުނި މެނޭޖްކުރަން ހަރުދަނާ ނިޒާމުތަކެއް ގާއިމުކުރުން ފަދަ މަސައްކަތްތައް ހިމެނެ އެވެ.
އިންޑިއާ، ޕާކިސްތާންގެ ހޫނަކީ ކުރިމަގަށް އިންޒާރެއް
ޑެންމާކުގެ އެތެރޭގެ ވައިގެ ދަތުރު ސާފު ހަކަތަ އަށް
ފެނުން ހަކަތަ އުފައްދާ މަތިންދާބޯޓު މަޝްރޫއަށް އެހީ
ބެންޓްލީން 2030 ގައި ކާބަން ނިއުޓްރަލް ވަނީ
ތެލުން ދުއްވާ ވެހިކަލް ކެލިފޯނިއާގައި މަނާކުރަނީ
މެކްޑޮނަލްޑްސް އިން އިލެކްޓްރިކް ކާރު ޕްރޮމޯޓްކުރަނީ
އާންމު ދަތުރުފަތުރުގެ ހިދުމަތް ލަގްޒެމްބާގްގައި ހިލޭ
އީޒީޖެޓް ކާބަން ނިއުޓްރަލްވެއްޖެ
އެމްސްޓެޑަމުން ސާފު ހަކަތަ އަށް ހާއްސަވަނީ
ކޮޕް29: ނިންމީ ފަގީރު ގައުމުތަކަށް 300 ބިލިއަން