29 އޯގަސްޓް 2019
ތިމާވެށި ހިމާޔަތްކުރަން ނެދަލެންޑްސް އިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، އެމްސްޓެޑަމް އިން 2030 އަންނަންވާ އިރަށް، ޕެޓްރޯލާއި ޑީސަލުން ދުއްވާ ވެހިކަލްތައް ބޭނުންކުރުން ހުއްޓާލަން ނިންމައިފި އެވެ.
ތިމާވެށި ހިމާޔަތްކުރަން ނެދަލެންޑްސް އިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، އެމްސްޓެޑަމް އިން 2030 އަންނަންވާ އިރަށް، ޕެޓްރޯލާއި ޑީސަލުން ދުއްވާ ވެހިކަލްތައް ބޭނުންކުރުން ހުއްޓާލަން ނިންމައިފި އެވެ.
އެ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝެރޯން އިކްސްމާ ވިދާޅުވި ގޮތުގައި ތިމާވެއްޓަށް ގެއްލުން ހުރި ހަކަތަ ބޭނުންކުރުން އެއްކޮށް ހުއްޓާލުމަކީ އަމާޒެކެވެ. އެގޮތުން 2030ގެ ފަހުން އެމްސްޓެޑަމްގައި ޕެޓްރޯލާއި ޑީސަލުން ދުއްވާ ވެހިކަލްތައް މަނާވާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކްލީން އެނަޖީ އަކީ މުސްތަގުބަލް ކަމަށްވާއިރު، މިހާރުން ފެށިގެން ފިޔަވަޅުތަކެއް އަޅަން ފަށައި، ނަތީޖާ ހާސިލުކުރުމަކީ ވަރަށް ބޮޑު އަމާޒަކެވެ. އަދި ތިމާވެއްޓަށް ގެއްލުން ހުރި ހަކަތަ ބޭނުންކުރާ އުޅަނދުފަހަރުގެ ބަދަލުގައި އެމްސްޓެޑަމް ބަދަލުކުރަން ބޭނުންވަނީ އިލެކްޓްރިކް ވެހިކަލްތައް ބޭނުންކުރާ ތަނަކަށް ކަމަށް ވެސް ޝެރޯން ވިދާޅުވި އެވެ. އެގޮތުން އެފަދަ އުޅަނދުތަކަށް ހާއްސަ އިންފްރާސްޓްރަކްޗާ ބިނާކުރަން ވެސް ވަނީ ނިންމައިފަ އެވެ.
"މިއީ އަހަރެމެންގެ ސިއްހަތާއި މުޅި ދުނިޔޭގެ ވެއްޓާ ވެސް ގުޅިފައި އޮތް މައްސަލައެއް ނެތް،" އޭނާ ވިދާޅުވި އެވެ. "ޓްރެފިކް އެމިޝަން-ފްރީ ސިޓީއަކަށް އެމްސްޓެޑަން ހެދުމާއި އެ ނޫން ދާއިރާތަކުގައި ވެސް ތިމާވެއްޓާ ރައްޓެހި ނޫން ހަކަތަ ބޭނުންކުރުމަކީ އަހަރެމެން ނޫނެކޭ ބުނަން ޖެހޭ ކަމެއް."
އެމްސްޓެޑަމްގައި އިލެކްޓްރިކް ކާރެއް.
އެމްސްޓެޑަން އިން އަންދާޒާކުރާ ގޮތުގައި ގެއްލުން ހުރި ހަކަތަ ބޭނުން ކުރުން ހުއްޓާލައި، ޖައްވު ސާފުވާން ފެށުމުން އެ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ލައިފް އެކްސްޕެކްޓެންސީ އަށް ތިން މަސް ދުވަހުގެ އިތުރުވުމެއް އަންނާނެ އެވެ. މިއާއެކު ޖައްވަށް ދޫކުރާ ކާބަންޑައޮކްސައިޑް 9 ޕަސަންޓަށް ދަށްވާނެ އެވެ.
އެމްސްޓެޑަމްގެ އިތުރުން ދުނިޔޭގެ ތަރައްގީވެފައިވާ ބައެއް އެހެން ގައުމުތަކުގެ މަޝްހޫރު ސިޓީތަކުން ވެސް އަންނަނީ ތިމާވެއްޓަށް ގެއްލުން ހުރި ހަކަތައާ ދެކޮޅަށް މަސައްކަތްތަކެއް ކުރަމުންނެވެ.
އޭގެ ތެރޭގައި ފްރާންސްގެ ޕެރިސް، ސްޕެއިންގެ މެޑްރިޑް، މެކްސިކޯގެ މެކްސިކޯ ސިޓީ އަދި އިނގިރޭސިވިލާތުގެ ލަންޑަން ހިމެނެ އެވެ. މި ސިޓީތަކުގެ އަމާޒަކީ 2025 ގެ ފަހުން ދަތުރުފަތުރަށް މުޅިން ވެސް ސާފު ހަކަތަ ބޭނުންކުރުމެވެ.
ތެލުން ދުއްވާ ވެހިކަލް ކެލިފޯނިއާގައި މަނާކުރަނީ
މެކްޑޮނަލްޑްސް އިން އިލެކްޓްރިކް ކާރު ޕްރޮމޯޓްކުރަނީ
ބެންޓްލީން 2030 ގައި ކާބަން ނިއުޓްރަލް ވަނީ
ޑެންމާކުގެ އެތެރޭގެ ވައިގެ ދަތުރު ސާފު ހަކަތަ އަށް
ފެނުން ހަކަތަ އުފައްދާ މަތިންދާބޯޓު މަޝްރޫއަށް އެހީ
ކާގޯ ބޯޓެއް ވައިގެ ހަކަތައިން ދުއްވަން ތައްޔާރުވަނީ
ޓެސްލާ ޗާޖަރުތަކުން އެހެން ކާރުތައް ޗާޖުކުރެވޭ މައްސަލަ
އުދުހޭ ކާރު އުފެއްދުން އިންޑިއާގައި
އީޒީޖެޓް ކާބަން ނިއުޓްރަލްވެއްޖެ
ޕާކިސްތާނަށް ކަރަންޓް ރިކްޝާ ތައާރަފުކުރަނީ