Roadha Mihaaru
ޓެސްލާ ޗާޖަރުތަކުން އެހެން ކާރުތައް ޗާޖުކުރެވޭ މައްސަލަ

ޓެސްލާ ސުޕާޗާޖަރުން ޓެސްލާ ނޫން ކާރުތައް ޗާޖުކުރެވޭ މައްސަލައެއް

17 ސެޕްޓެމްބަރ 2020

ޓެސްލާ ވީ3 ސުޕާޗާޖަރުތަކަކީ ޓެސްލާ ކަރަންޓް ކާރުތަކަށް ޚާއްސް ޗާޖިން ޓެކްނޮލޮޖީއެކެވެ. މިއީ ވަރަށް ފަހުގެ އުފެއްދުމެވެ. ޗާޖަރުތަކުގެ ތަބީއަތަކީ ޓެސްލާ ކާރެއްކަން ކަށަވަރުކޮށްފައި ނޫނީ ޗާޖުކުރަން ނުފެށުމެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ޓެސްލާ ވީ3 ސުޕާޗާޖަރުތަކަކީ ޓެސްލާ ކަރަންޓް ކާރުތަކަށް ޚާއްސް ޗާޖިން ޓެކްނޮލޮޖީއެކެވެ. މިއީ ވަރަށް ފަހުގެ އުފެއްދުމެވެ. ޗާޖަރުތަކުގެ ތަބީއަތަކީ ޓެސްލާ ކާރެއްކަން ކަށަވަރުކޮށްފައި ނޫނީ ޗާޖުކުރަން ނުފެށުމެވެ.

ޓެސްލާ ކަރަންޓް ކާރުތައް ޗާޖުކުރަން ޔޫރަޕްގައި ބަހައްޓާފައި ހުރި "ވީ3 ސުޕާޗާޖިން ސްޓޭޝަން"ތަކުން ޓެސްލާ ނޫން ކާރުތައް ޗާޖުކުރެވޭކަން ވަނީ އެނގިފަ އެވެ. މިއީ ޓެސްލާ ނެޓްވޯކްގައި އުޅޭ މައްސަލައެއް ކަމަށް ބުނެވޭއިރު، ކަރަންޓް ކާރުތައް އުފައްދާ ކުންފުނިތަކުން މިކަމާ ވިސްނަން ރަނގަޅު ކަމަށް ވެސް ދަނީ ބުނަމުންނެވެ. އެއީ ކޮންމެ ކުންފުންޏަކުން ވަކިން ޗާޖަރުތައް އުފެއްދުމުގެ ބަދަލުގައި، އެއް މަރުކާއަކަށް ބަރޯސާކުރުމަށެވެ.

ޓެސްލާ މަރުކާގެ ޗާޖަރުތައް އުފައްދާފައި ވަނީ، ޓެސްލާ ނޫން މަރުކާގެ ކާރުތައް ވެސް ޗާޖުކުރެވޭ ގޮތަށެވެ. ނަމަވެސް، ޗާޖަރަށް ކާރު ގުޅާލުމާ އެކު، ކާރުގެ މޮޑެލް އަދި ކާކު ގެންގުޅޭ މީހާއާ ގުޅުން ހުރި މައުލޫމާތު އޮޓަމެޓިކުން ބަލައި ފާސްކުރެ އެވެ. ބޭނުމަކީ އެއީ ޓެސްލާ ކާރެއްކަން ކަށަވަރުކުރުމާއި ޗާޖުކުރުމަށް ހިނގާ ޚަރަދު، ކާރުގެ ވެރިޔާގެ ނަމުގައި، ޓެސްލާ ނެޓްވޯކުގައި އޮންނަ އެކައުންޓަށް ބިލްކުރުމެވެ.

މިކަން މައްސަލައެއް ގޮތުގައި ދިގުދެމިގެން ދާނެ ކަމެއް ކަމަކަށް ނުބެލެވެ އެވެ. ސަބަބަކީ، މިއީ ޓެސްލާގެ މާލިއްޔަތާ ގުޅިފައި ހުރި ޚަރަދުތަކެއް ހިނގާނެ ކަމަކަށް ވާތީ އެވެ. ދެން އޮތް އަނެއް މައްސަލަ އަކީ، ކަމެއް ހިނގައިދާ ގޮތަކުން، ޓެސްލާ ނޫން ކާރެއް، ވީ3 ސުޕާޗާޖަރަކުން ޗާޖުކުރަނިކޮށް ދިމާވެދާނެ މައްސަލައެއްގެ ޒިންމާ ޓެސްލާއިން ނަގަން ބޭނުންނުވުމެވެ.

މި މައުލޫ އަށް ދައްކާފައި ހުރި ވާހަކަތައް ބޮޑަށް ބުރަވަނީ، ކަރަންޓް ކާރު އުފައްދާ ހުރިހާ ކުންފުނިތައް އެއް ގަލަކަށް އަރައި، ކާރުތައް ޗާޖުކުރުމަށް ޓެސްލާ މަރުކާ އަށް އިތުބާރުކުރުމަށެވެ.