01 ސެޕްޓެމްބަރ 2019
ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ބޮންޑު ވިއްކަން ނިންމައިފި އެވެ.
ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ބޮންޑު ވިއްކަން ނިންމައިފި އެވެ.
އެޗްޑީއެފްސީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ރަހީމާ ސަލީމް ވިދާޅުވީ، ބޮންޑު ވިއްކައިގެން ހައުސިން ދާއިރާ އަށް ބޭނުންވާ ފައިސާ އިތުރުކުރެވޭނެ ކަމަށެވެ. ރަހީމާ ވިދާޅުވީ، މިދިޔަ އަހަރު ވެސް ވަރަށް ކާމިޔާބުކަމާ އެކު އެ ކުންފުނިން ބޮންޑު ވިއްކާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިގޮތަށް ބޮންޑު ދޫކުރަނީ ފައިނޭޝަލް މާކެޓް ވެސް ޑިވެލޮޕްކުރުމަށްޓަކާ. އެޗްޑީއެފްސީ އަކީ އެންމެ ފުރަތަމައިނުން ވެސް ބޮންޑު ދޫކުރި ކުންފުނި. އެންމެ ފުރަތަމަ ބޮންޑު ދޫކުރީ އެއް އަހަރަށް. މިހާރު މި ދޫކުރަނީ 10 އަހަރަށް،" އޭނާ ވިދާޅުވި އެވެ.
އެޗްޑީއެފްސީން ބޮންޑު ވިއްކަން މިމަހުގެ 22 ވަނަ ދުވަހު ހުޅުވާލާ އިރު ނޮވެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް މިކަން ކުރިއަށްދާނެ އެވެ.
ރަހީމާ ވިދާޅުވީ، މިދިޔަ ދުވަސްތަކުގައި ފައިނޭންޝަލް އިންސްޓްރޫމަންޓްތަކަށް އާންމުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އަދި މިއަހަރު ވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ކުންފުނިން ވިއްކާ ބޮންޑުގެ އަގަކީ 1،000 ރުފިޔާ އެވެ. ޖުމްލަ 80،000 ބޮންޑު ވިއްކުމަށް ނިންމާފައިވެ އެވެ. އެހެންކަމުން ބޮންޑު ވިއްކައިގެން އެ ކުންފުންޏަށް 80 މިލިއަން ރުފިޔާ ލިބޭނެ އެވެ. ބޮންޑު ގަންނަ މީހާ އަށް ކޮންމެ ހަ މަހަކުން ފައިދާ ލިބޭނެ އެވެ. ބޮންޑު ދޫކުރަނީ 10 އަހަރުގެ މުއްދަތަކަށެވެ.
އެ ކުންފުނީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު މުހައްމަދު ޝަފީގު ވިދާޅުވީ، މިދިޔަ ހަފުތާގައި އިސްލާމިކް ފައިނޭޝަލް އިންސްޓްރޫމަންޓެއް ކަމުގައިވާ ސުކޫކް ވެސް ވިއްކަން އިއުލާނުކޮށްފައިވާ އިރު އިސްލާމީ އުސޫލުންނާއި ކޮންވެންޝަނަލް އުސޫލުން އިންވެސްޓް ކުރުމަށް އާންމުންނަށް ފުރުސަތު އޮންނާނެ ކަމަށެވެ.
"މީގަ އަޅުގަނޑުމެން ބަލާފަ މިއިނީ 1،000 ރުފިޔާ އަށް އިންވެސްޓް ކުރެވޭ ގޮތަށް،" އޭނާ ވިދާޅުވި އެވެ.
މިދިޔަ ހަފުތާގައި ސުކޫކް ވިއްކަން ހުޅުވާލާފައިވާ އިރު ސުކޫކް ވެސް ވިއްކަނީ ބޮންޑު ވިއްކަން ހުޅުވާލާ މުއްދަތުގަ އެވެ. މި މުއްދަތުގައި 200،000 ސުކޫކް ވިއްކުމަށް ނިންމާފައިވެ އެވެ. އެހެންކަމުން ސުކޫކް ވިއްކައިގެން އެ ކުންފުންޏަށް 200 މިލިއަން ރުފިޔާ ލިބޭނެ އެވެ.
އެޗްޑީއެފްސީން ސުކޫކާއި ބޮންޑު ވިއްކަން ފަށައިފި
ހުޅުމާލޭގެ ގެއެއް ނީލަމުގައި ވިއްކާލަނީ
އެޗްޑީއެފްސީ: ހައުސިން ފައިނޭންސިންގައި އެންމެ ކުރީގައި
ކޮވިޑު ލޯނުތަކުގެ އިންޓަރެސްޓް މައާފުކޮށްފި
ފަސް ޕަސެންޓުގައި ހައުސިން ލޯނު ސްކީމް އިފުތިތާހުކޮށްފި
އެޗްޑީއެފްސީގެ އެމްޑީއަކަށް ޒީނާދު
ސަރުކާރުން އެސްބީއައިއަށް 1.5 ބިލިއަން ދައްކަންޖެހޭ
50 މިލިއަންގެ ލޯނު ނެގީ އެސްބީއައިއަށް ދެއްކުމަށް
ފިނޭންސުން 8.5 ބިލިއަން ރުފިޔާ ހޯދަން އިއުލާނުކޮށްފި
އެމްޕީއެލްގެ ބޮންޑުން މަސް ދުވަހުން 50 މިލިއަން