01 ސެޕްޓެމްބަރ 2019
މަކިޓާ ޕަވަޓޫލް ބޭނުން ކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމަށް ބާއްވާ އެސްޓީއޯގެ "މަކިޓާ ހެއްޔާ" މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މަކިޓާ ޕަވަޓޫލް ބޭނުން ކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމަށް ބާއްވާ އެސްޓީއޯގެ "މަކިޓާ ހެއްޔާ" މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ފުރުސަތު ހުޅުވާލާފައިވަނީ މަކިޓާ ހެއްޔާ ޕްރޮމޯޝަން ފެށުމުގެ ގޮތުން މިއަދު އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގައި ބޭއްވި ހަފުލާގަ އެވެ. މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އެވެ.
ހުރިހާ ދިވެހިންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަަރާތްތަކަށް ވައިބާގެ ޒަރީއާ އިން ނުވަތަ އީމެއިލް އަދި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގެ ކައުންޓަރަށް ފޯމު ހުށަހެޅޭނެ އެވެ. މި ފޯމް ލިބެން ހުންނާނީ އެސްޓީއޯގެ ވެބްސައިޓުންނާއި ހޯމް އިމްޕްރޫވްމަންޓުގެ ކައުންޓަރުންނެވެ.
ކޮންމެ ބައިވެރިއަކު ވެސް މުބާރާތުގައި ހުށަހަޅަން ބޭނުންވާ އެއްޗެއްގެ ވީޑިއޯއެއް ހުށަހަޅަން ޖެހޭނެ އެވެ. ހުރިހާ ބައިވެރިން ހުށަހަޅާ އުފެއްދުންތައް ދައްކާލުމަށް މައުރަޒެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މަކިޓާ ހެއްޔާ މުބާރާތުގެ އެއް ވަނަ އަށް ދާ ފަރާތަކަށް 50،000ރ. ގެ އިނާމެއް ހުށަހަޅާފައިވާއިރު ހެއްޔާ ޕްރޮމޯޝަނުގެ ދަށުން މަކިޓާ ޕަވަޓޫލްތަކުން 25 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ނިޔަލަށެވެ.
އެސްޓީއޯ އިން ބުނީ މި މުބާރާތުގެ މަގުސަދަކީ ވަޑާމުގެ މަސައްކަތަކީ ދިވެހިން އިހުޒަމާނުއްސުރެ ކުރަމުން އަންނަ މަސައްކަތަކަށްވެފައި ވާދަވެރި މާހައުލެއްގައި، އެއްފުރާޅެއްގެ ދަށުން މަސައްކަތްތައް ދައްކާލުމުގެ ފުރުސަތު މަސައްކަތްތެރިންނަށް ލިބިގެން ދިޔުން ކަމަށެވެ. މިދާއިރާ އިން ވީހާ ވެސް ގިނަ ފަންނުވެރިން މުޖުތަމައުއަށް ނެރެދިނުމަކީ ވެސް މި މުބާރަތުގެ މަގްސަދެކެވެ.
މަކިޓާ ޕަވާޓޫލްސް ވިއްކާނެ އެޖެންޓުން ހޯދަނީ
އެސްޓީއޯ ކޮންސްޓްރަކްޝަންގައި ވެސް ރޯދަ ޕްރޮމޯޝަން
އެސްޓީއޯގެ "މަކީޓާ ނައިޓް" ބާއްވައިފި
ހެއްޔާ މަކިޓާގައި 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓް
"ހެއްޔާ މަކިޓާ"ގެ ވަނަތައް ހޮވައިފި
ހެއްޔާ މަކީޓާ: ރަޖިސްޓްރީ ވުމުގެ މުއްދަތު އިތުރުކޮށްފި
މަކިޓާ ނައިޓް: އާ އުފެއްދުންތަކާ އެކު އެންމެން އެކީ
"ހެއްޔާ މަކީޓާ" މުބާރާތް އިއުލާނުކޮށް ޕްރޮމޯޝަނެއް
އެސްޓީއޯއިން މަކިޓާގެ އާ ޝޯރޫމެއް ހުޅުވައިފި
މާފަންނަށް އެސްޓީއޯގެ ފާމަސީއެއް