02 ސެޕްޓެމްބަރ 2019
އިނގިރޭސިއާ އެއްވަރަށް ކެނެޑާގައި ރަސްމީކޮށް ބޭނުންކުރާ ފްރާންސް ބަސް، އެ ގައުމުގެ ރަސްމީ އެއާލައިން އެއާ ކެނެޑާގެ މަތިންދާބޯޓްތަކުގެ ދަތުރުވެރިންނަށް ފަސޭހަވާނެހެން ބޭނުން ނުކުރާ ކަމަށް ބުނެ ފްރާންސްގެ ދެމަފިރިއަކު އެ އެއާލައިނާ ދެކޮޅަށް ކުރި ދައުވާއަކާ ގުޅިގެން އެއާލައިނުން ބަދަލުދޭން ހުކުމްކޮށްފި އެވެ.
އިނގިރޭސިއާ އެއްވަރަށް ކެނެޑާގައި ރަސްމީކޮށް ބޭނުންކުރާ ފްރާންސް ބަސް، އެ ގައުމުގެ ރަސްމީ އެއާލައިން އެއާ ކެނެޑާގެ މަތިންދާބޯޓްތަކުގެ ދަތުރުވެރިންނަށް ފަސޭހަވާނެހެން ބޭނުން ނުކުރާ ކަމަށް ބުނެ ފްރާންސްގެ ދެމަފިރިއަކު އެ އެއާލައިނާ ދެކޮޅަށް ކުރި ދައުވާއަކާ ގުޅިގެން އެއާލައިނުން ބަދަލުދޭން ހުކުމްކޮށްފި އެވެ.
މީޑިއާތަކުން ބުނިގޮތުގައި ކެނެޑާގެ އޮންޓޭރިއޯގައި ދިރިއުޅޭ ފްރާންސްގެ ދެމަފިރިން ކަމަށްވާ މައިކަލް އާއި ލިންޑާ ތިބެޑޯ އެއާ ކެނެޑާއާ ދެކޮޅަށް 2016 ވަނަ އަހަރު ހުށަހެޅި ދައުވާއާ ގުޅިގެން، ކޯޓުން ވަނީ ދެމަފިރިންނަށް ލިބުނު ގެއްލުމުގެ ބަދަލަށް 21،000 ކެނޭޑިއަން ޑޮލަރު (15،700 އެމެރިކާ ޑޮލަރު) ދައްކަން އެއާ ކެނެޑާ އަށް އަމުރުކޮށްފަ އެވެ.
މީޑިއާތަކުން ބުނިގޮތުގައި ދެމަފިރިން ކުރި ދައުވާގައި ވަނީ އެއާ ކެނެޑާއާ ގުޅޭ 22 ޝަކުވާއެއް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ފްލައިޓްތަކުގައި އިރުޝާދު ދޭން ލިޔެފައި ހުންނަ އިރު، ފްރާންސް ބަހަށް ސަމާލުކަން ކުޑަވާ ގޮތަށް ކުދިކުދި އަކުރުތަކުން ހުރުމާއި ބައެއް ބަސްތައް ފްރާންސް ބަހުން ނެތުމާއި ބޯޑިން އެނައުންސްމަންޓް ވެސް ފްރާންސް ބަހުން ސާފުވާ ގޮތަށް ނުއިއްވުން ހިމެނެ އެވެ.
މި މައްސަލަ ބެއްލެވި ފަނޑިޔާރު ވިދާޅުވި ގޮތުގައި އެއާ ކެނެޑާ ޖޫރިމަނާކުރީ އެ ގައުމުގައި އަމަލުކުރަމުން އަންނަ ބައިލިންގްއަލް ލޯއާ އެއާލައިނުން ހިލާފުވެފައިވާތީ އެވެ. އަދި އެ އެއާލައިނުން ބަހަށް ދޭން ޖެހޭ ސަމާލުކަން ދިނުމުގައި އިހުމާލުވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
މި މައްސަލާގައި އެއާ ކެނެޑާ އިން ވަނީ އެއާލައިންގެ ފްލައިޓްތަކުގައި ބަހުގެ ދާއިރާ އިން ގޯސްކޮށް ހުރި ކަންކަން ރަނގަޅު ކުރާނެ ކަމަށް ކޯޓްގައި ބުނެފަ އެވެ.
ތިމާވެއްޓަށްޓަކައި ފްރާންސުން ވައިގެ ދަތުރު މަދުކުރަނީ
މަތިންދާބޯޓްގައި ވިހޭ ކުއްޖަކަށް ޑޮކްޓަރުގެ ނަން
ކޮރޯނާވައިރަހާ ގުޅުވައިގެން ދޮގު ހެދުމުން ދައުވާކޮށްފި
ބެޓެރިން ދުއްވާ ސީޕްލޭންގެ ފުރަތަމަ ދަތުރު ކާމިޔާބު
އެއާބަސް އާއި ބޮއިންއާ ވާދައަށް ޗައިނާގެ ކޮމެކް
ޖީ7ގެ އިތުރު ދަތިކުރުންތަކެއް ރަޝިޔާ އަށް
ދުނިޔެ ވަށާ ބުރެއްޖަހައިގެން ޕައިލެޓަކަށް ރިކޯޑެއް
ޑެންމާކުގެ އެތެރޭގެ ވައިގެ ދަތުރު ސާފު ހަކަތަ އަށް
ފެޝަން ކުންފުނި ބާބަރީގެ ތައްގަނޑުގައި ސައިކަލެއް
"ބޮއިން 737 މެކްސް" އަށް އިންޑޮނީޝިއާއިން ހުއްދަ