Roadha Mihaaru
ދެ ކޮންޓޭނަރުން ކަސްޓަމްސްގައި އިތުރު ލައްގަނޑެއް!

ދެ ކޮންޓޭނަރުން ކަސްޓަމްސްގައި އިތުރު ލައްގަނޑެއް!

29 އޯގަސްޓް 2019

"ކަސްޓަމް އޮފިސަރު ވަޖީހު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް، އެންމެ ދުވަހެއްގެ ތެރޭގައި ހިންގި ހިޔާނާތުގެ ދެ ޖަރީމާ އިން ދައުލަތުގެ އާމްދަނީއަށް ލިބެންވާ އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ގެއްލުވާލާފައި."

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

"ކަސްޓަމް އޮފިސަރު ވަޖީހު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް، އެންމެ ދުވަހެއްގެ ތެރޭގައި ހިންގި ހިޔާނާތުގެ ދެ ޖަރީމާ އިން ދައުލަތުގެ އާމްދަނީއަށް ލިބެންވާ އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ގެއްލުވާލާފައި."

މީގެ ތިން އަހަރު ކުރިން، އޭސީސީން ހިންގި ހޭލުންތެރިކުރުވުމުގެ ކެމްޕޭނެއްގައި، ޑައިރެކްޓަރު މުހައްމަދު ނިޔާޒް (ޓެޑްރީ)ގެ ސްޓޫޑިއޯ، އެޓާނަލް ޕިކްޗާސް އިން ތައްޔާރުކުރި، "ބިތުފަންގި" ޑްރާމާ ސިލްސިލާގެ އެޕިސޯޑެއްގައި، މީހަކު ކިޔައިދެ އެވެ.

އޭގައި އުޅޭ ވަޖީހު ރިޝްވަތު ނެގުމަށް ފަހު އެހީތެރިވެދެނީ، ކާރެއް އެތެރެކުރި މީހަކަށެވެ. ޑްރާމާގައި ދައްކާ ގޮތުގައި، ގަވާއިދާ އެއްގޮތަށް ކަސްޓަމްސް އިން އެ ދޫކުރި ނަމަ، ޑިއުޓީގެ ގޮތުގައި ބޮޑު އާމްދަނީއެއް ދައުލަތަށް ވަނީހެވެ.

ދެވަނައަށް އޭނާ އެހީވަނީ، ޑިއުޓީއަށް މިލިއަނެއްހާ ރުފިޔާ އަރާ، ޕްލާސްޓިކް ކޮތަޅުގެ ޝިޕްމަންޓެއް، އޮޅުވާލައިގެން، ދޫކުރުމަށެވެ.

ކޮރަޕްޝަނާ ދެކޮޅަށް އޭސީސީން ތައްޔާރުކުރި މި ޑްރާމާގައި، ކަސްޓަމްސްގެ މުވައްޒަފެއްގެ ވާހަކަ ހިމަނާފައި އެވަނީ، ހަމައެކަނި ހިޔާލީ ގޮތަކަށޭ ބުނެވޭކަށް ނެތެވެ: ކާރާއި ޕިކަޕާއި ވޭނާއި ސައިކަލްތަކެއް ރާއްޖެ ގެނައި ދެ ކޮންޓެއިނަރު، ލަކުޑިތަކެއްގެ ނަމުގައި، ވިޔަފާރި ބަނދަރުން ބޭރުކުރުމުގައި، ކަސްޓަމްސް މުވައްޒަފެއް ނުވަތަ މުވައްޒަފުންތަކެއްގެ ބައިވެރިވުން އޮންނާނެކަމާ މެދު ޝައްކެއް ނެތެވެ.

ޑްރާމާގައި ވަޖީހު (މުހައްމަދު ސައީދު) ބުނާ ގޮތުން، ވަގަށް މުދާ ބޭރުކުރެވޭނީ އޭނާއާ އެކު މަސައްކަތްކުރާ އެހެން ބައެއް މުވައްޒަފުންގެ ޑިއުޓީއާ ވެސް ދިމާކޮށްގެންނެވެ. މިއީ ހަގީގަތުގައި ވެސް ވިޔަފާރި ބަނދަރުތަކުން، ވަގަށް މުދާ ބޭރުކުރަން ބޭނުންކުރާ އުކުޅު ކަމަށް، މައުލޫމާތު އެނގޭ މީހުން ބުނެ އެވެ.

ލަކުޑި އެތެރެކުރުމުގެ ނަމުގައި ރާއްޖެ ގެނެސް ޑިއުޓީ ނުދައްކާ ބޭރުކުރި ދެ ކޮންޓެއިނަރަކުން ފެނުނީ، ޑިއުޓީ ދެއްކި ނަމަ، ދައުލަތަށް އެތައް ލައްކަ ރުފިޔާއެއް ލިބޭނެ މުދަލެވެ: ތިން ކާރެވެ. ދެ ޕިކަޕެވެ. ދެ ވޭނެވެ. އަދި 14 ސައިކަލެވެ.

އެ ވެހިކަލްތަކުގެ ސީއެންޑްއެފް އަގު 586،000ރ. އަށް އަރަ އެވެ.

މިދިއަ އަންގާރަ ދުވަހު އެތަކެތި ހޯދީ އޮޅުވާލައިގެން ބޭރުކޮށް ހުޅުމާލޭގައި ފޮރުވާފައި ހުއްޓަ އެވެ.

މިކަހަލަ ވައްކަން އާންމު

"މުއައްސަސާގެ ނަޒާހަތްތެރިކަން ގާއިމްކޮށް، ދެމެހެއްޓުމަށް އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެކަމުގެ ޔަގީންކަން" ކަސްޓަމްސް އިން ދިން ނަމަވެސް، އެވާހަކަ އާންމުން ގަބޫލުކުރާނެ ކަމަކަށެއް ނުފެނެ އެވެ. އެއަށް ވުރެ ބޮޑަށް ކަސްޓަމްސްގެ ބައެއް މުވައްޒަފުންގެ އަމަލްތަކާ މެދު ޝައްކު އުފެދެ އެވެ.

ފުލުހުންގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅަކު، ނަން ނުޖަހަން ޝަރުތުކޮށް، ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރުން ގަވައިދާ ހިލާފަށް މުދާ ބޭރުކުރުމަކީ އާންމު ކަމެއް ކަމަށެވެ. އެކަން ކުރަނީ އެމްޕީއެލްގެ މުވައްޒަފުންނާއި ކަސްޓަމްސްގެ މުވައްޒަފުން ގުޅިގެން ކަމަށް ވިދާޅުވި އެވެ.

"މީގެ ކުރިން އެބަހުރި އެހެން ސައިކަލްތަކެއް ވެސް ނެރެފައި. އެ މައްސަލަ ޕޮލިހުން ބަލާފައި ވެސް ވޭ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު އެމްޕީއެލް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިދިއަ ހޮނިހިރު ދުވަހު އެ ދެ ކޮންޓޭނަރު ދޫކުރީ "ފުރިހަމަކުރަން ޖެހޭ ހުރިހާ އިޖުރާއަތުތަކެއް ފުރިހަމަ ކުރުމަށް ފަހު" ކަމަށެވެ. އެހެންކަމުން އެމްޕީއެލްގެ އެއްވެސް އިހުމާލެއް އެ މައްސަލާގައި ނެތް ކަމަށް ބުނެފައިވެ އެވެ.

ވަގުހެދި ކުންފުނި ސިއްރު!؟

މި ބޮޑު އޮޅުވާލުމުގައި ހިމެނޭ ކުންފުނީގެ ނަމެއް ކަސްޓަމްސް އާއި ފުލުހުން ވެސް ނުބުނެ އެވެ. ދައުލަތަށް ދައްކަން ޖެހޭ ޑިއުޓީއަށް މަކަރުހަދައި، އެހާ ބޮޑު މައްސަލައެއްގައި ހިމެނޭ ކުންފުނި، ނުވަތަ ވިޔަފާރިވެރިޔާގެ ނަން ސިއްރުކުރަން ޖެހޭ ސަބަބެއް އޮތް ކަމަކަށް، އާންމުންނަކަށް ނުވިސްނެ އެވެ.

މައުލޫމާތު ހުރި ބައެއް މީހުން ބުނާ ގޮތުގައި ވަގަށް ބައެއް މުދާ ކްލިއާކޮށް، ވިޔަފާރި ބަނދަރުން ނެރެވޭނީ އެމްޕީއެލް އާއި ކަސްޓަމްސްގެ ބައެއް މުވައްޒަފުން ގުޅިގެންނެވެ. ބޮޑު ޑިއުޓީން ސަލާމަތްކޮށްދިނުމުން، އެ މުވައްޒަފުންނަށް ވިޔަފާރިވެރިން ރިޝްވަތު ދެ އެވެ.

އެމްޕީއެލްގައި މުދާ ހުސްކުރުމުގެ މަސައްކަތުގައި އުޅޭ ބައެއް މީހުން ބުނާ ގޮތުގައި އެ މަކަރުހެދުމުގައި ކަސްޓަމްސްގެ މުވައްޒަފުންގެ ދައުރު ބޮޑެވެ.

"އެމްޕީއެލްއަކަށް މުދަލެއް ބޭރެއް ނުކުރެވޭނެ. އެހެންވެ އެކަން ކުރަނީ ކަސްޓަމްސްގެ މީހުންނާ ގުޅިގެން. އެމީހުންނަށް ލާރި ދީގެން ކްލިއާކުރަނީ،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި މީހަކު ބުންޏެވެ.

Vagah ethere kuri 21 vehicle hoadhaifi

Vagah ethere kuri 21 vehicle hoadhaifi

The most trusted news source in the Maldives

Mihaaru

ވަގަށް ބޭރުކުރި 21 ވެހިކަލް ހޯދުން---

ލަކުޑީގެ ނަމުގައި ބޭރުކުރި ވެހިކަލް ކޮންޓޭނަރުތަކުން ސާބިތުވަނީ، ކަސްޓަމްސް އިން ބަޔާން ނެރުނަސް، އެތަނުގެ ތެރޭގައި ވަރަށް ބޮޑަށް ކޮރަޕްޝަން އޮތް ކަމެވެ.

"ބިތުފަންގި" ޑްރާމާގައި ދައްކައި އެދެނީ އެ ހަގީގަތެވެ.