Roadha Mihaaru
ކޮންޓެއިނަރަކުން ގިނަ އަދަދެއްގެ ޑްރަގްސް އަތުލައިގެންފި

އިންޑިއާއިން އައި ބޯޓެއްގެ ކޮންޓެއިނަރަކުން ގިނަ އަދަދެއްގެ ޑްރަގްސް އަތުލައިގެންފި

10 ޖޫން 2022

އިންޑިއާއިން މުދާ ބަރުކޮށްގެން ރާއްޖެ އައި ބޯޓެއްގެ ކޮންޓެއިނަރެއްގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި އިއްޔެ އަތުލައިގެންފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންޑިއާއިން މުދާ ބަރުކޮށްގެން ރާއްޖެ އައި ބޯޓެއްގެ ކޮންޓެއިނަރެއްގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި އިއްޔެ އަތުލައިގެންފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި، ފުލުހުންނާއި ކަސްޓަމްސް ގުޅިގެން އަދިވެސް އަންނަނީ އެ ކޮންޓެއިނަރު ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ ކޮންޓެއިނަރުގައި ގިނަ އަދަދެއްގެ ޑްރަގްސް ހުރި ކަމަށާއި އެ ތަކެތި ހުރީ އެކި އެއްޗެއްސަށް އަޅައި ޕެކްކޮށްފައި ކަމަށް ވަނީ އެނގިފަ އެވެ.

މިހާތަނަށް ފެނިފައި ވަނީ ސީދާ ކިހާ އަދަދެއްގެ އަދި ކޮން ބާވަތެއްގެ ޑްރަގްސް ކަމެއް އަދި ނޭނގެ އެވެ.

ފުލުހުން ބުނީ އެމްޕީއެލް ޕޯޓަށް އިއްޔެ ބޭލި ކޮންޓެއިނަރެއް ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެ އެވެ.

މި މައްސަލައިގައި ކަސްޓަމްސްގެ ބަހެއް އަދި ނުލިބެ އެވެ.

ކަސްޓަމްސް އިން އިއްޔެ ވެސް ވަނީ، އެތެރެހަށީގައި ހެރޮއިން ފޮރުވައިގެން ރާއްޖެ އެތެރެކުރަން އުޅުނު މީހަކު ހިފެހެއްޓި ކަމަށް ބުނެފަ އެވެ. ދިރުވާލައިގެން 852 ގްރާމްގެ ހެޔޮއިން އެތެރެކުރަން އުޅުނު މީހާ އަތުލައިގަތީ މިދިޔަ މަހު 30 ގަ އެވެ.