Roadha Mihaaru
ޓެގްގައި ނަން އޮތަސް ޑްރަގް ފެނުނު ލަގެޖާ ހަވާލެއްނުވި

ޓެގްގައި ނަން އޮތަސް ޑްރަގް ފެނުނު ލަގެޖާ ޕާކިސްތާނު މީހާ ހަވާލެއް ނުވި

30 އެޕްރީލް 2023

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަތް ޕާކިސްތާނު މީހާގެ ނަމުގައި ގެނައި ލަގެޖުން ޑްރަގް ފެނުނަސް އެއީ އޭނާގެ ލަގެޖެއް ކަމަށް އިންކާރުކޮށް، އެއާ ހަވާލުވާން ދެކޮޅު ހަދައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަތް ޕާކިސްތާނު މީހާގެ ނަމުގައި ގެނައި ލަގެޖުން ޑްރަގް ފެނުނަސް އެއީ އޭނާގެ ލަގެޖެއް ކަމަށް އިންކާރުކޮށް، އެއާ ހަވާލުވާން ދެކޮޅު ހަދައިފި އެވެ.

މި މަހުގެ 13 ވަނަ ދުވަހު ހައްޔަރުކުރި މުހައްމަދު ރަމްޒާން، 53، ބުނީ މަސްތުވާތަކެތި ފެނުނު ލަގެޖަކީ އޭނާގެ އެއްޗެއް ކަމަށް ބުނަނީ ކަސްޓަމްސް އޮފިސަރުން ކަމަށެވެ.

މަސްތުވާތަކެތި ރާއްޖެ އަށް އެތެރެކޮށް އެ ތަކެތި ގެންގުޅެ އޭގެ ވިޔަފާރި ކުރުމުގެ ތުހުމަތަށް އިންކާރުކޮށް މުހައްމަދު ބުނީ މަސްތުވާތަކެތި ހުރި ކަޅުކުލައިގެ ލަގެޖުގައި އިނީ އޭނާގެ ޓެގް ކަމަށް ކަސްޓަމަސް އިން ބުންޏަސް އެ ކުލައިގެ ދަބަހެއް އޭނާ ރާއްޖެ އަށް އައި އިރު ނުގެންނަ ކަމަށެވެ.

ލަގެޖުގައި މަސްތުވާތަކެތި ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެ ދެއްކި އިރު ހުރީ ބެލްޓުން ނަގައި ދުރުގައި ބަހައްޓާފައި ކަމަށާއި އެ ލަގެޖުގައި ވެސް އޭނާއާ ގުޅޭ އެއްވެސް އެއްޗެއް ނެތް ކަމަށް މުހައްމަދު ވަނީ ކޯޓުގައި ބުނެފަ އެވެ.

މުހައްމަދު ބުނީ އެއީ އޭނާގެ ލަގެޖެއް ނޫންކަން، އޭނާ ރާއްޖެ އަށް އަންނަން ފުރި ގައުމުގެ ކަސްޓަމްސް މެދުވެރިކޮށް ވެސް ބެލޭނެ ކަމަށެވެ. އަދި ބުނީ އެ ދަބަހުން އޭނާގެ ޑީއެންއޭ ލިބޭތޯ ވެސް ބެލިދާނެ ކަމަށެވެ.

އެ މީހާގެ އަތުން ފެނުނީ ކޮން ބާވަތެއްގެ އަދި ކިހާ އަދަދެއްގެ މަސްތުވާ އެއްޗެއް ކަމެއް ކޯޓު ލިޔުންތަކަކުން ނޭނގެ އެވެ.