02 ނޮވެމްބަރ 2016
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ފުލުހުންނާއި ކަސްޓަމްސް އިން 100 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ފުލުހުންނާއި ކަސްޓަމްސް އިން 100 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
ފުލުސް އޮފީހުން ބުނީ ފުލުހުން 59 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު، ކަސްޓަމްސް އިން 50 ކިލޯގެ މަސްތުވާތަކެތި މިދިޔަ އެއް އަހަރު ތެރޭގައި އަތުލައިގަތް ކަމަށެވެ.
ވޭތުވެ ދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި މަސްތުވާތަކެތީގެ ބޮޑެތި އޮޕަރޭޝަންތަކެއް ކާމިޔާބުކަމާ އެކު ހިންގިފައިވާ ކަމަށާއި އަތުލައިގެން މަސްތުވާތަކެތީގެ ތެރޭގައި 37 ކިލޯގެ ހެރޮއިން އާއި 20 ކިލޯގެ ކެނަބިސްގެ އިތުރުން ދެ ކިލޯގެ ކޮކެއިން ހިމެނޭ ކަމަށް ފުލުސް އޮފީހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި މިހާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދުނީ، މީގެ ދެ އަހަރު ކުރިން ދިވެހި ފުލުހުން ބޭނުން ކުރަން ފެށި ކުއްތާތަކުގެ އެހީގަ އެވެ. އެގޮތުން މާލެ އާއި ރަށްރަށުގައި ވެސް ކުއްތާ ބޭނުންކޮށްގެން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށް އެތަނުން ބުންޏެވެ.
ކަސްޓަމްސްއިން އަތުލައިގެން މަސްތުވާއެއްޗެހި ތަކެއް: މި އަހަރުގެ ތެރޭގައި 50 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން ވަނީ ހޯދާފައި --ފޮޓޯ/ކަސްޓަމްސް
ކަސްޓަމްސް އިން ބުނިގޮތުގައި ރާއްޖެ އެތެރެ ކުރަން އުޅެނިކޮށް 50 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 27 އޮޕަރޭޝަނެއްގަ އެވެ. އަދި މިތަކެތީގެ އަގު 32 މިލިޔަން ރުފިޔާއަށް ވުރެ އިތުރުވާނެ ކަމަށް އެތަނުން ބުުންޏެވެ.
އަތުލައިގެން މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ ކަސްޓަމްސް އިން ބުނިގޮތުގައި އަށް ކިލޯގެ ހެރޮއިން އާއި 7.5 ކިލޯގެ ކެނެބިސް އާއި 28 ކިލޯގެ ހަޝިޝް އޮއިލް އާއި އެއް ކިލޯގެ މެތަންފެޓަމިނެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ކަސްޓަމްސްއިން އަތުލައިގެންފައިވަނީ 6.9 ކިލޯގެ މަސްތުވާތަކެއްޗެވެ.
މަސްތުވާތަކެތި އަތުލައިގަތުމަށް ކަނޑާއި ވައިގެ ބަނދަރުތަކުގައި ކަސްޓަމްސްއިން މި އަހަރު ހިންގި އޮޕަރޭޝަންތަކުގައި 22 މީހަކު ހައްޔަރުކޮށްފައިވެ އެވެ. ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި 159 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އަތުލައިގަންނަ މަސްތުވާތަކެތި ނައްތާލުމަށް ކޮމެޓީއެއް އުފައްދާފައިވާއިރު މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން، މި ދިޔަ މަހުގެ ނިޔަލަށް ދެ ކިލޯއެއްހާ މަސްތުވާތަކެތި ވަނީ ނައްތާލާފަ އެވެ. އޭގެ އިތުރުން މަސްތުވާތަކެތި އަޅާފައި ހުރި އެތައް ސަތޭކަ ރަބަރު ޕެކެޓާއި ސެލޯޯފިންކޮޅުތައް ވެސް މި ކޮމެޓީން ވަނީ ނައްތާލާފަ އެވެ.
ރާއްޖެ އެތެރެކުރި 11 ކިލޯގެ ޑްރަގް އަތުލައިގެންފި
ވައިގެމަގުން ގެނައި ރެކޯޑް އަދަދެއްގެ ޑްރަގް އަތުލައިފި
ރާއްޖެ އެތެރެކުރި 8 ކިލޯގެ ޑްރަގްސް އަތުލައިގެންފި
ޓެގްގައި ނަން އޮތަސް ޑްރަގް ފެނުނު ލަގެޖާ ހަވާލެއްނުވި
900،000ރ. ގެ މަސްތުވާތަކެތި އަތުލައިގެންފި
ޕޯސްޓުން އެތެރެކުރަން އުޅުނު ޑްރަގްސް އަތުލައިގެންފި
ރާއްޖެއަށް ވަން ލަންކާގެ ބޯޓަކުން 468 ކިލޯގެ ޑްރަގު
ދެ ކިލޯ ޑްރަގް ގެނައި އިންޑިއާގެ ދެމަފިރިއަކު ހައްޔަރު
ޑޯގް ސްކޮޑާ އެކު ފުލުހުން އެއާޕޯޓުގައި ހަރަކާތްތެރިވަނީ
މެލޭޝިއާ ދެމީހުން އުޅުނީ ޔޫކޭއަށް ޑްރަގް އެތެރެކުރަން