މަހަށް ނުކުމެ އުޅުނު ދޯންޏެއްގައި ހުރި ބަންގްލާދޭޝް މީހަކު ކުއްލި ގޮތަކަށް މިއަދު މަރުވެއްޖެ އެވެ.
26 އޯގަސްޓް 2019
މަހަށް ނުކުމެ އުޅުނު ދޯންޏެއްގައި ހުރި ބަންގްލާދޭޝް މީހަކު ކުއްލި ގޮތަކަށް މިއަދު މަރުވެއްޖެ އެވެ.
އއ. ތޮއްޑޫގެ "ނަސްރު 2" ދޯނީގައި ކައްކާއެއްގެ ގޮތުގައި އުޅުނު ނޫރު ނަމަކަށް ކިޔާ 40 އަހަރުގެ މީހާ މަރުވީ މެޔަށް ތަދެއް އަރައިގެން ކަމަށާއި އެކަން ދިމާވީ ހއ. ތުރާކުނު ކައިރިން ހަ މޭލު ބޭރުގައި އޮއްވައި ކަމަށް ދޯނީގެ ކެޔޮޅު ބުންޏެވެ.
ތުރާކުނު ކައުންސިލްގެ ނައިބު ރައީސް ތޯހާ އަލީ "މިހާރު" އަށް ވިދާޅުވީ ބިދޭސީ މީހާގެ މެޔަށް ތަދެއް އަރައިގެން ގެންދިޔައީ އެ ރަށު ސިއްހީ މަރުކަޒަށް ކަމަށާއި އެތަނަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށް ސިއްހީ މަރުކަޒުން ބުނި ކަމަށެވެ.
"ނަސްރު 2" ގެ ކެޔޮޅު ވަސީމް އަބޫބަކުރު ބުނީ އެ މީހުންނާ އެކު ނޫރު މަސައްކަތްކުރަން ފެށީ މިދިޔަ ރޯދަ މަހުގެ ފަހުން ކަމަށެވެ. ސިއްހީ މަރުކަޒާ ހަވާލާދީ ވަސީމް ބުނީ ނޫރު މަރުވީ ހާޓްއެޓޭކެއް ނުވަތަ ސްޓްރޯކެއް ޖެހިގެން ކަމަށެވެ.
"މިއަދު މެންދުރު 3:15 ކަން ހާ އިރު ނަސްރުގެ މެޔަށް ތަދެއް އެރުމުން އަޅުގަނޑުމެން ތުރާކުނަށް ދާން ނިންމީ. އޭރު އަޅުގަނޑުމެން ތިބީ އެ ރަށާ ހަ މޭލު ދުރުގައި،" އޭނާ ބުންޏެވެ.
ތުރާކުނާ ހަމައަށް ދާން ހޭދަވި ގަޑިއެއްހާއިރު ތެރޭގައި ތިން ފަހަރަކަށް ނޫރު ހޮޑުލި ކަމަށް ވަސީމް ބުންޏެވެ. އޭނާ ބުނި ގޮތުގައި، ނޫރަކީ އެއްވެސް ބައްޔެއް ހުރި މީހެއްކަން އެނގިފައެއް ނެތެވެ.
ނޫރުގެ އިތުރުން ދޯނީގައި ދެން އުޅެނީ ނުވަ ދިވެހިންނެވެ. އެ މީހުން މަހަށް ނިކުމެ އުޅޭތާ ހަފުތާއެއް ވެއްޖެ އެވެ.
ބިދޭސީ މީހާ މަރުވި ހާދިސާ މިހާރު ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފަ އެވެ.
އިކޮނޮމިކް މިނިސްޓަރުގެ ބައްޕާފުޅު ސައީދު އަވަހާރަވެއްޖެ
ބްރިޖު މަސައްކަތްކުރާ ބިދޭސީ މަރުވި މައްސަލަ ބަލަނީ
އުތުރުގެ ތިން ރަށުގައި މަސްވެރިކަމެއް ނެތް
މަސްވެރިކަމަށް ބިދޭސީން: ދެން ކޮންކަހަލަ ބަދަލެއް؟
މަރުވި އަންހެނެއްގެ އާއިލާއިން ހިތްދަތި ވާހަކަތަކެއް
މަހަށް ނުކުމެ އުޅުނު މީހަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ
މަރުވެފައި އޮތް މީހަކު މާފަންނުގެ ގެއަކުން ފެނިއްޖެ
ޖުންގަކުން ވެއްޓި ބިދޭސީއަކު މަރުވެއްޖެ
ނަރުހަކު މަރާލި ކަމަށް ޝައްކުވެގެން ތަހުގީގު ފަށައިފި
އަޑިއަށް ދިޔަ ސަފާރީން މީހަކު މަރުވެއްޖެ