Roadha Mihaaru

އިކޮނޮމިކް މިނިސްޓަރުގެ ބައްޕާފުޅު ސައީދު އަވަހާރަވެއްޖެ

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ ބައްޕާފުޅު، ހއ. ތުރާކުނުގެ ކުރީގެ ކުޑަކަތީބު ސައީދު އަބްދުﷲ ރޭ އަވަހާރަވެއްޖެ އެވެ.

އިކޮނޮމިކް މިނިސްޓަރުގެ ބައްޕާފުޅު ސައީދު އަވަހާރަވެއްޖެ
އިފްރާޒް އަލީ
އިފްރާޒް އަލީ

20 ޖުލައި 2025

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ ބައްޕާފުޅު، ހއ. ތުރާކުނުގެ ކުރީގެ ކުޑަކަތީބު ސައީދު އަބްދުﷲ ރޭ އަވަހާރަވެއްޖެ އެވެ.

ސައީދު އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، އިންޑިއާގެ ކޮޗިންގަ އެވެ.

ތުރާކުނުގެ ކުޑަ ކަތީބެއްގެ ގޮތުގައި ދައުލަތަށް 20 އަހަރަށް ވުރެ ގިނަ ދުވަހު އޭނާ ހިދުމަތްކުރައްވާފައިވެ އެވެ. އަދި އޭގެ ކުރިން އޭނާ ވަނީ ހއ. ދިއްދޫގައި ހުރި އަތޮޅު ފިހާރައިގެ މެނޭޖަރުކަމާއި އުލިގަމު ކުޑަކަތީބުކަމުގެ އިތުރުން ވެސް ބައެއް މަގާމުތައް އަދާކުރައްވައިފަ އެވެ.

ސައީދު އަވަހާރަވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި ސައީދު އަވަހާރަވި ޚަބަރު އަޑުއެއްސެވީ ނުހަނު ފުން ހިތާމައާއެކުގަ އެވެ.

"ހުލްގު ހެޔޮ، ދީންވެރި، ހަރުދަނާ ޝަހުސިއްޔަތެކެވެ،" ރައީސް ވިދާޅުވި އެވެ.

"މަރުހޫމްގެ އާއިލާއަށް ނުހަނު އިހުލާސްތެރިކަމާ އެކު ތައުޒިޔާ ދަންނަވައި، ކެތްތެރިކަން ދެއްވުން އެދި ދުއާކުރަމެވެ."