Roadha Mihaaru
މަހަށް ނުކުމެ އުޅުނު މީހަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

މަހަށް ނުކުމެ އުޅުނު ގެމަނަފުށި މީހަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

21 ސެޕްޓެމްބަރ 2022

ގއ. ގެމަނަފުށި މަސްދޯންޏަކުން މަހަށް ނުކުމެ އުޅުނު މީހަކު ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގއ. ގެމަނަފުށި މަސްދޯންޏަކުން މަހަށް ނުކުމެ އުޅުނު މީހަކު ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެ އެވެ.

ނިޔާވީ ގެމަނަފުށީގައި ދުއްވާ "ދޮންދީދީީ" މަސްދޯނިން މަހަށް ގޮސް އުޅުނު، އެ ރަށު ނިއުލައިންގޭ، މުހައްމަދު ވަސީމް، 50، އެވެ.

އެ ރަށު ކައުންސިލްގެ ރައީސް އިބްރާހިމް ނާޝިދު "މިހާރު" އަށް، ވިދާޅުވީ ވަސީމް ނިޔާވި ޚަބަރު ލިބުނީ މިއަދު އަސަރުގެ ފަހުން ކަމަށެވެ. އެ ދޯނިން ވަސީމް މަހަށް ފުރީ މި ހަފުތާ ކުރީކޮޅުގައި ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

"ވަސީމަކީ ރަށުން ފުރި އިރު ވެސް ހަމަ ސިއްހަތު ރަނގަޅުކޮށް ހުރި މީހެއް. ބަލިވެއެއް ނޫން އުޅުނީ،" އޭނާ ވިދާޅުވި އެވެ.

"އޭނާ އަކީ މީހުންނާ ގުޅޭ ވަރަށް ހިތްހެޔޮ މިޒާޖެއްގެ މީހެއް."

އޭނާ ވިދާޅުވީ އެމްއެންޑީއެފްއާ ގުޅިގެން ވަސީމްގެ ހަށިގަނޑު ރަށަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ވަސީމް ނިޔާވި އިރު ދޯނި އޮތީ ގެމަނަފުއްޓާ 50 ވަރަކަށް މޭލު ދުރުގަ އެވެ.