26 އޯގަސްޓް 2019
އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) ގެ ރައީސް ޓަކެހީކޯ ނަކާއޯ ރާއްޖެ ވަޑައިގެންފި އެވެ.
އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) ގެ ރައީސް ޓަކެހީކޯ ނަކާއޯ ރާއްޖެ ވަޑައިގެންފި އެވެ.
މިއީ ނަކާއޯ ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ނަކާއޯގެ މި ދަތުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވާނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާ ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ.
ތިލަފުށީގައި ކުނި މެނޭޖް ކުރުމުގެ ޕްރޮޖެކްޓް ކުރިއަށް ގެންދާ ގޮތާއި ހުޅުމާލޭގެ ދެ ވަނަ ފޭސްގައި ހިނގާ މަސައްކަތްތައް މި ދަތުރުގައި ނަކާއޯ ބައްލަވާލައްވާނެ އެވެ.
ސަރުކާރުގެ އިސް ވެރިންނާ އެކު ނަކާއޯއާ މާދަމާ ބައްދަލުވުމެއް ވެސް ބާއްވާނެ އެވެ.
ރާއްޖޭގެ ތަރައްގީގެ އެކި މަޝްރޫއުތަކަށް އޭޑީބީން އަންނަނީ މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިއަހަރު ވެސް އޭޑީބީން ވަނީ މުދާ ކްލިއާ ކުރުމުގައި ހޭދަކުރާ ވަގުތު ކުޑަ ކުރުމަށްޓަކައި ހައި ޓެކް ސިސްޓަމެއް ގެނައުމަށް 11 މިލިއަން ޑޮލަރު (169 މިލިއަން ރުފިޔާ) އެހީއެއް ދީފަ އެވެ.
އޭޑީބީން މި އަހަރާއި އަންނަ އަހަރަށް ރާއްޖެ އަށް 31 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ކަނޑައަޅާފައިވެ އެވެ.
ވެބްފޮންޓެއިނާ ހަވާލުކުރުމުގައި ގޯހެއް ނުހަދަން:ފިނޭންސް
100 މިލިއަން ރުފިޔާގެ މަޝްރޫއު އޭޑީބީން ހުއްޓުވައިފި
ސަރުކާރަށް އިތުރު 1 ބިލިއަން ރުފިޔާ އޭޑީބީން ދެނީ
އޭޑީބީން ރާއްޖެ އަށް 33 މިލިއަން ޑޮލަރު ދެނީ
ކުޑަ އިންޓަރެސްޓް ރޭޓްގެ ލޯނު އޭޑީބީން ހޯދަނީ
އޭޑީބީން ދިވެހި ވިޔަފާރިތަކަށް 600 މިލިއަން ރުފިޔާ
މިންތީގެ ހަމަހަމަކަމާ ގުޅޭ މަޝްރޫއަކަށް ބޮޑު އެހީއެއް
އަނިޔާލިބޭ މީހުން ތިބޭނެ މަރުކަޒު ހަދަން 116މިލިއަން
އޭޑީބީން ދެ މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފި
އަގު ބޮޑު މަޝްރޫއު އަލުން ހުޅުވާލުމުން ހަ ކުންފުންޏެއް