03 މެއި 2018
ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ކުޑަ އިންޓަރެސްޓް ރޭޓްގެ ލޯނު ހޯދަން ފިނޭންސް މިނިސްޓްރީން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)އާއެކު މަޝްވަރާކޮށްފި އެވެ.
ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ކުޑަ އިންޓަރެސްޓް ރޭޓްގެ ލޯނު ހޯދަން ފިނޭންސް މިނިސްޓްރީން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)އާއެކު މަޝްވަރާކޮށްފި އެވެ.
އޭޑީބީ ރައީސް ޓެކެހީކޯ ނަކައޯއާއެކު މަޝްވަރާކުރުން އޮތީ އޭޑީބީގެ 51 ވަނަ އަހަރީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ފިލިޕިންސްގެ މެނީލާ އަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިހާރު ކުރައްވަމުންގެންދަވާ ދަތުރުގަ އެވެ.
އޭޑީބީގެ ރައީސް ޓަކިހީކޯ ނަކައޯ އާއެކު ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ބޭއްވި ބައްދަލުވުމަށްފަހު ހަނދާނީ ހަދިޔާއެއް ހަވާލުކުރައްވަނީ. ފޮޓޯ: ފިނޭންސް މިނިސްޓްރީ
އެ ބައްދަލުވުމަށް ފަހު ފިނޭންސް މިނިސްޓްރީން ބުނެފައި ވަނީ އޭޑީބީއާ އެކު ކުރި މަޝްވަރާތަކުގައި ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ފައިނޭންސް ކޮށްދިނުމުގައި ކުޑަ އިންޓަރެސްޓް ރޭޓުގެ ލޯނު ހޯދުމާ ބެހޭ މަޝްވަރާ ހިމެނޭ ކަމަށެވެ. ނަމަވެސް އެ މަޝްވަރާތަކުގެ އިތުރު ތަފުސީލެއް އެ މިނިސްޓްރީން ނުދެ އެވެ.
އެ ބައްދަލުވުމަށް ފަހު އޭޑީބީގެ ނައިބު ރައީސް ވެންކައި ޒަން އާއި ޑިރެކްޓަރު ޖެނެރަލް ހުން ކިމް އާއެކު ވެސް މިނިސްޓަރު ބައްދަލުކުރެއްވި ކަމަށް މިނިސްޓްރީން ބުނެ އެވެ. އެ ބައްދަލުވުމުގައި ރާއްޖެ ފަދަ ކުދި ގައުމުތަކުގެ އިގްތިސާދު ކުރިއަރުވަން އިތުރު ފަންޑު ދެއްވާނެ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
އޭޑީބީގެ ނައިބު ރައީސް ވެންކައި ޒަންކް އާއެކު ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ބޭއްވި ބައްދަލުވުމަށްފަހު ހަނދާނީ ހަދިޔާއެއް ހަވާލުކުރައްވަނީ. ފޮޓޯ: ފިނޭންސް މިނިސްޓްރީ
އޭޑީބީއަކީ ރާއްޖޭގައި ހިންގާ ތަރައްގީގެ އެކި އެކި މަޝްރޫއުތަކަށް ވަރަށް ގިނަ އަދަދެއްގެ ހިލޭ އެހީ އާއި ކުޑަ އިންޓަރެސްޓެއްގައި ލޯނުތަކެއްދީފައިވާ ބޭންކެކެވެ.
ތަރައްގީގެ އިތުރު މަޝްރޫއުތަކަށް އޭޑީބީގެ އެހީ ހޯދަނީ
ކުނި މެނޭޖްކުރުމަށް 165 މިލިއަން ޑޮލަރު ހަމަޖެހިއްޖެ
އެކި މަޝްރޫއުތަކަށް އައިޑީބީން 117 މިލިއަން ޑޮލަރު
"ބޮންޑުގެ 200 މިލިއަން ޑޮލަރު އަންނަ މަހު ލިބޭނެ"
ބަޖެޓުގައި ޖެހި މަޝްރޫއުތަކުގެ ތަފްސީލު ނުދޭތީ ނުރުހުން
ޕްރޮޖެކްޓްތައް ލަސްވާ ނަމަ މުވައްޒަފުން ވަކިކުރަނީ
މަޝްރޫއުގެ ލިމިޓް ކަނޑައަޅާ މައްސަލަ ކޯޓުން ބޭރުކޮށްފި
ވެބްފޮންޓެއިނާ ހަވާލުކުރުމުގައި ގޯހެއް ނުހަދަން:ފިނޭންސް
100 މިލިއަން ރުފިޔާގެ މަޝްރޫއު އޭޑީބީން ހުއްޓުވައިފި
ކުރީގެ ފިނޭންސް މިނިސްޓަރުންނަށް ދައުވާކުރަން ޖެހޭ:އީވާ