29 މެއި 2017
ސަރުކާރުން ހިންގާ ތަރައްގީގެ އެކި މަޝްރޫއުތަކަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ)ން 117 މިލިއަން ޑޮލަރު (1.8 ބިލިއަން ރުފިޔާ)ގެ ފެސިލިޓީ ނުވަތަ ލޯން ދޭން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ސަރުކާރުން ހިންގާ ތަރައްގީގެ އެކި މަޝްރޫއުތަކަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ)ން 117 މިލިއަން ޑޮލަރު (1.8 ބިލިއަން ރުފިޔާ)ގެ ފެސިލިޓީ ނުވަތަ ލޯން ދޭން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ އައިޑީބިން އެހީދޭން ނިންމާފައި ވަނީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މި މަހުގެ 16 ން 21 އަށް އައިޑީބީގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރެއްވި ދަތުރުގައި ކުރެއްވި މަޝްވަރާތަކަށް ފަހު ކަމަށެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި އައިޑީބީ ގްރޫޕުން ފައިނޭންސް ކުރަން ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި ރާއްޖޭގެ އުމްރާނީ ތަރައްގީ އަދި ކުނި ނައްތާލުމުގެ މަޝްރޫއުތައް ހިމެނެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އެ އެހީ ހަމަޖެހުނީ އައިޑީބީގެ އަހަރީ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން، މިނިސްޓަރު މުނައްވަރު އެ ބޭންކްގައި ހިމެނޭ ޕާޓްނަރުންނާއެކު ބޭއްވި ބައްދަލުވުންތަކަށް ފަހު ކަމަށެވެ. އެ ގޮތުން އައިޑީބީގެ ރައީސް ބަންޑަރު އެމްއެޗް ހައްޖަރާއެކު މިނިސްޓަރު ބޭއްވެވި ބައްދަލުވުމުގައި، ރާއްޖޭގައި މިހާރު ކުރިއަށް ގެންދާ މުހިންމު މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާ ކުރެއްވި ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ އައިޑީބީގެ އައުގާފް އަދި ވަގުފް ޔުނިޓުގެ އިސްލާމިކް ފައިނޭންޝަލް ސާވިސް ޑިޕާޓްމަންޓްގެ އިސްވެރިންނާ އެކު ފިނޭންސް މިނިސްޓަރު މުނައްވަރު ބޭއްވެވި ބައްދަލުވުމުގައި، ރާއްޖޭގެ އިސްލާމިކް އެފެއާޒް މިނިސްޓްރީން ކުރިއަށް ގެންދަން ހުށަހަޅާފައިވާ މަޝްރޫއުތަކަށް ފައިސާ އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.
އައިޑީބީގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ފިނޭންސް މިނިސްޓަރު ކުރެއްވި ދަތުރުގައި އައިޑީބީގެ އިންޓަނޭޝަނަލް އިސްލާމިކް ފައިނޭންސް ކޯޕަރޭޝަންގެ ސީއީއޯ ހާނީ ސާލިމްއާ ވެސް ބައްދަލުކުރެއްވި އެވެ. ރާއްޖޭގައި ހިންގާ ވިޔަފާރި އާއި މަސްވެރިކަން އަދި ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތްތަކަށް މިހާރު ދިނުމަށް ނިންމާފައިވާ ލޯނު އެހީގެ އަދަދު އިތުރު ކުރުމަށާއި ފައިނޭންސްއާ ގުޅޭ ފަންނީ އެހީތެރިކަން ދިނުމަށް ވެސް އެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ފިނޭންސް މިނިސްޓަރުގެ މި ދަތުރުގައި ވަނީ އިތުރު ޖަމިއްޔާތަކުގެ އިސްބޭފުޅުންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ. މީގެ ތެރޭގައި އޮފިޑް އަދި ކުވައިތު ފަންޑްގެ ހިމެނެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އޮފިޑް އަދި ކުވައިތު ފަންޑްގެ އިސް ބޭފުޅުންނާ އެކު މުނައްވަރު ބޭއްވެވި ބައްދަލުވުންތަކުގައި، އެ ފަންޑުތަކުން ރާއްޖޭގައި މިހާރު ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މައުލޫމާތު އޮޅުންފިލުވައި، އަންނަ ޖުލައި މަހުގެ ކުރިން މުހިއްމު އާ މަޝްރޫއެއްގައި ސޮއިކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށެވެ.
ކުނި މެނޭޖްކުރުމަށް 165 މިލިއަން ޑޮލަރު ހަމަޖެހިއްޖެ
ކުޑަ އިންޓަރެސްޓް ރޭޓްގެ ލޯނު އޭޑީބީން ހޯދަނީ
ތަރައްގީގެ އިތުރު މަޝްރޫއުތަކަށް އޭޑީބީގެ އެހީ ހޯދަނީ
"ބޮންޑުގެ 200 މިލިއަން ޑޮލަރު އަންނަ މަހު ލިބޭނެ"
ބަޖެޓުގައި ޖެހި މަޝްރޫއުތަކުގެ ތަފްސީލު ނުދޭތީ ނުރުހުން
ޕްރޮޖެކްޓްތައް ލަސްވާ ނަމަ މުވައްޒަފުން ވަކިކުރަނީ
މަޝްރޫއުގެ ލިމިޓް ކަނޑައަޅާ މައްސަލަ ކޯޓުން ބޭރުކޮށްފި
ކުރީގެ ފިނޭންސް މިނިސްޓަރުންނަށް ދައުވާކުރަން ޖެހޭ:އީވާ
އައިޓީއެފްސީން ރާއްޖެއަށް 1.5 ބިލިއަން ޑޮލަރުގެ ލޯނު
އާ ޓާމިނަލްގެ މަޝްރޫއާ މެދު އުއްމީދު ބޮޑުވެއްޖެ