Roadha Mihaaru
ކޮކާ ކޯލާގެ ހާއްސަ އެޕެއް، އޯޑަރުކޮށްލަން ފަސޭހަ!

ކޮކާ ކޯލާގެ ހާއްސަ އެޕެއް، އޯޑަރުކޮށްލަން ފަސޭހަ!

26 އޯގަސްޓް 2019

ގޭގައި ތިބެގެން ކޮކާ ކޯލާގެ އުފެއްދުންތަކަށް އޯޑަރު ކުރެވޭނެ އެޕްލިކޭޝަނެއް އެ ކުންފުނިން ތައާރަފުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ގޭގައި ތިބެގެން ކޮކާ ކޯލާގެ އުފެއްދުންތަކަށް އޯޑަރު ކުރެވޭނެ އެޕްލިކޭޝަނެއް އެ ކުންފުނިން ތައާރަފުކޮށްފި އެވެ.

"ކޯކް 2 ހޯމް" އަކީ ބޭނުން ކުރަން ފަސޭހަ އަދި ވަޒީފާތަކުގަ އާއި ގޭގައި ބިޒީކޮށް އުޅޭ ފަރާތްތަކަށް ވަރަށް ކަމުދާނެ އެޕްލިކޭޝަނެކެވެ. މިއީ ކޮކާ ކޯލާ ފަދަ ބޮޑު ކުންފުންޏަކާ ސީދާ މުއާމަލާތްކުރެވޭނެ ހެން ރާއްޖޭގައި ތައާރަފުކޮށްފައިވާ ފުރަތަމަ އެޕްލިކޭޝަނެވެ.

ކޮކާ ކޯލާއިން ބުނާގޮތުގައި މިފަދަ އެޕްލިކޭޝަނެއް ތައާރަފްކުރުމުގެ ބޭނުމަކީ ކަސްޓަމަރުންނާ އެކު އޮންނަ ގުޅުން ބަދަހިކުރުމެވެ. އަދި އެޕްލިކޭޝަނުގެ ޒަރިއާއިން ކަސްޓަމަރުންގެ ބޭނުންތައް ދެނެގަނެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

މި އެޕްލިކޭޝަން ބޭނުންކޮށްގެން އޯޑަރުކުރެވޭ ބުއިންތަކުގެ ތެރޭގައި ކޮކާ ކޯލާގެ އެކި ފިޒީ ޑްރިންކްސްތަކާއި މޮންސްޓާ އެނާޖީ ޑްރިންކާއި ފެނުގެ އިތުރުން ކޮކާ ކޯލާއިން އުފައްދާ ތަފާތު ބާވަތްތަކުގެ ޖޫސް ހިމެނެ އެވެ. މި ބުއިންތަކަށް އޯޑަރު ކުރުމުގައި ތަފާތު އޮފާތައް ވެސް މި އެޕްލިކޭޝަނުން ލިބޭނެ އެވެ.

މި އެޕްލިކޭޝަން ބޭނުންކުރަން ޕްރޮފައިލެއް ހަދަން ޖެހެ އެވެ. އޭގެ ފަހުން ބޭނުންވާ ކެޓަގަރީއެއް ހިޔާރު ކުރުމަށް ފަހު ބޭނުންވާ ބުއިމެއް ސެލެކްޓް ކުރެވޭނެ އެވެ. މި ބުއިންތަކަށް ފަހުން އޯޑަރު ކުރަން ބޭނުންވާ ނަމަ "ރިމައިންޑާ" ފީޗާ ބޭނުންކުރެވޭނެ އެވެ.

ކޮކާ ކޯލާގެ މި އެޕްލިކޭޝަން މިހާރު ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރުން ޑައުންލޯޑް ކުރެވޭނެ އެވެ.