Roadha Mihaaru
ޕްރިމިއަ ލީގު ބަލަން ދެވޭ ޕްރޮމޯޝަނެއް ކޮކަ ކޯލާއިން

ޕްރިމިއަ ލީގު ބަލަން ދެވޭ ޕްރޮމޯޝަނެއް ކޮކަ ކޯލާއިން ފަށައިފި

12 ޖެނުއަރީ 2019

ހަތް ހަފުތާ ވަންދެން، ކޮންމެ ހަފުތާއަކު ދެ މީހަކަށް އިންގްލިޝް ޕްރިމިއަ ލީގް މެޗްތައް ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ކޮކަ ކޯލާ އިން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހަތް ހަފުތާ ވަންދެން، ކޮންމެ ހަފުތާއަކު ދެ މީހަކަށް އިންގްލިޝް ޕްރިމިއަ ލީގް މެޗްތައް ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ކޮކަ ކޯލާ އިން ފަށައިފި އެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު އެއް ފުޑްބޯޅަ ލީގުގެ ޕާޓްނަރަކަށް ކޮކަ ކޯލާ ވުމާ އެކު އެކަން ފާހަގަކުރުމުގެ ގޮތުން "ކޮކަ ކޯލާ ޕްރިމިއަ ލީގް"ގެ ނަމުގައި މި ޕްރޮމޯޝަން ފެށީ ރޭގަ އެވެ.

މި ޕްރޮމޯޝަންގައި، ކޮންމެ ހަފުތާއަކު ދެ މީހަކަށް ޕްރިމިއަ ލީގް މެޗު ބަލައިލަން ފުރުސަތު ދިނުމުގެ އިތުރުން ކޮންމެ ހަފުތާއަކު ޓީވީ ސެޓެއް ވެސް އިނާމެއްގެ ގޮތުގައި ދޭނެ އެވެ.

ޕްރޮމޯޝަންގެ ގުރުއަތުގައި ބައިވެރިވާން، ކޮކަ ކޯލާގެ ފުޅީގެ މަތިގަނޑުގައި އިންނަ ކޯޑު އެސްއެމްއެސް ކުރަންޖެހޭނެ އެވެ. އެސްއެމްއެސް ކުރާނީ 2626 އަށެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ކީޕަރު އިމްރާން މުހައްމަދު ލޯންޗްކޮށްދިން މި ޕްރޮމޯޝަންގައި، އިނގިރޭސިވިލާތަށް މެޗު ބަލައިލަން ދާ ދަތުރުގައި މެޗު ބަލައިލުމުގެ އިތުރުން ލަންޑަންގެ ހާއްސަ ތަންތަން ދިއުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.