Roadha Mihaaru
ކޮކާކޯލާ ފިއެސްޓާ ޕްރޮމޯޝަންގެ ނަސީބުވެރިން ޔޫކޭއަށް

ކޮކާ ކޯލާގެ އީޕީއެލް ޕްރޮމޯޝަނުން ހޮވުނު 14 މީހަކު އިނގިރޭސިވިލާތަށް!

25 އެޕްރީލް 2019

ކޮކާ ކޮލާ ފިއެސްޓާ ޕްރޮމޯޝަންގެ ދަށުން 14 މީހަކު އިންގްލިޝް ޕްރިމިއަ ލީގުގެ މެޗެއް ބަލަން އިނގިރޭސިވިލާތަށް ފުރައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮކާ ކޮލާ ފިއެސްޓާ ޕްރޮމޯޝަންގެ ދަށުން 14 މީހަކު އިންގްލިޝް ޕްރިމިއަ ލީގުގެ މެޗެއް ބަލަން އިނގިރޭސިވިލާތަށް ފުރައިފި އެވެ.

މި ޕްރޮމޯޝަންގެ ދަށުން ހަތް މީހަކަށް އެ މީހުން ބޭނުންވާ އިތުރު އެކަކު ގޮވައިގެން އިންގްލިޝް ޕްރިމިއަ ލީގު މެޗެއް ބަލައިލުމުގެ ފުރުސަތު ކޮކާ ކޯލާއިން ދީފައިވެ އެވެ. މި ދަތުރުގެ ހުރިހާ ހަރަދެއް ކުރަނީ ކޮކާކޯލާއިންނެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް މި މަހުގެ 28 ވަނަ ދުވަހު އޯލްޑް ޓްރެފޯޑް ސްޓޭޑިއަމްގައި މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ކުޅޭ މެޗު ބަލައިލެވޭނެ އެވެ.

މި ދަތުރުގައި މެޗު ބަލައިލުމުގެ އިތުރުން އިނގިރޭސިވިލާތުގެ މުހިއްމު ތަންތަން ބައިލުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

މި ޕްރޮމޯޝަންގައި 31 މީހަކަށް ވަނީ އެލްއީޑީ ޓީވީއެއް އިނާމެއްގެ ގޮތުގައި ދީފަ އެވެ. ޕްރޮމޯޝަންގައި ނަސީބުވެރިން ހޮވީ ކޮކާ ކޮލާގެ 300 އެމްއެލާއި 500 އެމްއެލްގެ އިތުރުން 1.25 ލީޓަރުގެ ފުޅީގެ މަތިގަނޑުގައިވާ ނަންބަރު އެސްއެމްއެސް ކުރި ފަރާތްތަކުގެ ތެރެއިންނެވެ.

މި ޕްރޮމޯޝަނަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު ކަމަށް ކޮކާ ކޯލާއިން ބުނެ އެވެ.