Roadha Mihaaru
ކޮކޯ ޝިކް: ގިނަ ބައެއްގެ އިންތިޒާރަށް ނިމުމެއް!

ކޮކޯ ޝިކް: ގިނަ ބައެއްގެ އިންތިޒާރަށް ނިމުމެއް!

25 އޯގަސްޓް 2019

ރީތިކޮށް ހުރުމަށް އިސްކަންދޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. ކުރިން ވަގުތުން އެޕޮއިންޓްމަންޓް ހައްދައިގެން ޓްރީޓްމަންޓްތައް ނެގޭއިރު މިހާރު ސެލޫންތަކުގައި ޓްރީޓްމަންޓްތައް ނަގަން މަސްދުވަހުގެ ވެއިޓިން ލިސްޓެއް އޮވެ އެވެ. ނަމަވެސް ގިނަ ބައެއްގެ ޝަކުވާ އަކީ ބޭނުންވާ ޓްރީޓްމަންޓްތައް ރާއްޖެއިން ލިބެން ނެތުމާއި ނަގާ ޓްރީޓްމަންޓްތަކުގެ ކޮލިޓީ ދަށް ކަމެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރީތިކޮށް ހުރުމަށް އިސްކަންދޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. ކުރިން ވަގުތުން އެޕޮއިންޓްމަންޓް ހައްދައިގެން ޓްރީޓްމަންޓްތައް ނެގޭއިރު މިހާރު ސެލޫންތަކުގައި ޓްރީޓްމަންޓްތައް ނަގަން މަސްދުވަހުގެ ވެއިޓިން ލިސްޓެއް އޮވެ އެވެ. ނަމަވެސް ގިނަ ބައެއްގެ ޝަކުވާ އަކީ ބޭނުންވާ ޓްރީޓްމަންޓްތައް ރާއްޖެއިން ލިބެން ނެތުމާއި ނަގާ ޓްރީޓްމަންޓްތަކުގެ ކޮލިޓީ ދަށް ކަމެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރަސްމީކޮށް ހުޅުވި ކޮކޯ ޝިކް އަކީ މި ހުރިހާ ކަމަކަށް ވެސް ލިބިގެންދާނެ ހައްލެވެ. ދެ ޖިންސުގެ މީހުންނަށް ހާއްސަކޮށްގެން ހުޅުވާފައިވާ މި ސެލޫނަކީ އެފްޑީއޭއިން އެޕްރޫވްކޮށްފައިވާ މެޝިނަރީތައް ބޭނުންކޮށްގެން ހިދުމަތް ދެމުން އަންނަ ސެލޫނެކެވެ. މި ސެލޫނުގައި ތިން ފްލޯއެއް ހުންނައިރު ކޮންމެ ފްލޯއެއް ވެސް ހާއްސަކޮށްފައި ވަނީ ވަކި ހިދުމަތްތަކަށެވެ.

ކޮކޯ ޝިކްގެ ފުރަތަމަ ފްލޯ ހާއްސަކޮށްފައިވަނީ ހެއާ ސެލޫނަށް-- ފޮޓޯ: ކޮކޯ ޝީކް

ކޮކޯ ޝިކްގެ ފުރަތަމަ ފްލޯ ހާއްސަކޮށްފައިވަނީ ހެއާ ސެލޫނަށް-- ފޮޓޯ: ކޮކޯ ޝީކް

ކޮކޯ ޝިކްގެ ހެއާ ސެލޫންއަކީ ރާއްޖޭގައި އެންމެ އިތުބާރު ހިފޭ އެއް ޓީމް މެނޭޖްކުރާ ހެއާ ސެލޫނެވެ. ރާއްޖޭގައި 15 އަހަރު ވަންދެން މި ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ރޮޖާ އަކީ އެންމެން ވެސް ދަންނަ ކުޅަދާނަ ސްޓައިލިސްޓެކެވެ. އޭނާ އަކީ އެންމެ ގިނަ ކްލައެންޓުން ގެންގުޅޭ ސްޓައިލިސްޓު ކަމުގައި ބުނުން ދޮގަކަށް ނުވާނެ އެވެ. ގިނަ ބަޔަކު ބުނާގޮތުގައި ކޮކޯ ޝިކުގެ މި ޓީމާ އެ މީހުންގެ އިސްތަށިގަނޑު ހަވާލުކުރުމުގައި އެއްވެސް ޖެހިލުމެއް ނުވެ އެވެ.

ލޭޒާ ބޭނުންކޮށްގެން އިސްތަށި ނައްތާލުމުގައި ގިނަ ބަޔަކު ޝަކުވާ ކުރާ އެއްކަމަކީ އެ ޓްރީޓްމަންޓުތައް މަސައްކަތް ނުކުރާ ވާހަކަ އެވެ. މިއީ މި ހިދުމަތް ދޭ ބައެއް ކްލިނިކްތަކުންނާއި ސެލޫންތަކުން ހިދުމަތް ދިނުމަށް އެންމެ އެކަށީގެންވާ މެޝިންތައް ބޭނުން ނުކުރާތީ ގިނަވެފައިވާ ޝަކުވާތަކެކެވެ. ނަމަވެސް ކޮކޯ ޝިކުން ދޭ މި ހިދުމަތަކީ ވެސް ނަތީޖާ ދައްކުވައިދޭ ހިދުމަތެކެވެ. މި ހިދުމަތް ދިނުމަށް އެ ސެލޫނުން އެކަށީގެންވާ މެޝިން ބޭނުންކުރާއިރު ހިދުމަތް ދޭ ފަރާތްތަކަކީ ވެސް ފުރިހަމަ އަށް ތަމްރީން ލިބިފައިވާ މީހުންނެވެ.

ކޮކޯ ޝިކްގެ ތިން ވަނަ ފްލޯ ހާއްސަކޮށްފައިވަނީ ސްޕާ އަށް-- ފޮޓޯ: ކޮކޯ ޝީކް

ކޮކޯ ޝިކްގެ ތިން ވަނަ ފްލޯ ހާއްސަކޮށްފައިވަނީ ސްޕާ އަށް-- ފޮޓޯ: ކޮކޯ ޝީކް

ކޮކޯ ޝިކްގެ ސްޕާއަކީ ވެސް މުޅިން ތަފާތު ސްޕާ އެކެވެ. އެގޮތުން މި ސްޕާގައި މަސައްކަތް ކުރާ ތެރަޕިސްޓުންނަކީ ދުނިޔޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ "ބަޔޯ އެސެންޝިއާ" އިން ތަމްރީން ކޮށްފައިވާ ތެރަޕިސްޓުންނެވެ. މި ސްޕާގައި ބޭނުންކުރާ ހުރިހާ ޕްރޮޑަކްޓަކީ ވެސް ކޮލިޓީ ރަނގަޅު ކަސްޓަމަރުންގެ އިތުބާރު ލިބިފައިވާ ޕްރޮޑަކްޓްތަކެވެ.

މި ސްޕާގައި ތަފާތު އެކި މަސާޖްތައް ލިބެން ހުންނައިރު އެންމެ ފާހަގަކޮށްލެވޭ އެއް މަސާޖަކީ މާބަނޑު މީހުންނަށް ހާއްސަ މަސާޖެވެ. "މޮމް ޓު ބީ" ގެ ނަމުގައި ދޭ މި މަސާޖް މާބަނޑު މީހުންނަށް ކަމުދެ އެވެ. އެގޮތުން އެ ސްޕާއަށް ޒިޔާރަތް ކުރާ މާބަނޑު މީހުން ބުނާގޮތުގައި މި މަސާޖުގެ ސަބަބުން ގައިގައި ރިއްސުން ފަދަ ކަންތައްތަކަށް ހައްލު ލިބެ އެވެ. މާބަނޑު މީހުންގެ އިތުރުން ރާއްޖޭގައި ފާހަގަކޮށްލެވޭ ދުވުންތެރިން ވެސް މަސާޖު ކުރުމަށް ހިޔާރު ކުރަނީ ކޮކޯ ޝިކްގެ ސްޕާކަން ފާހަގަކޮށްލެވެ އެވެ.

ކޮކޯ ޝިކްގެ ދެވަނަ ފްލޯ ހާއްސަކޮށްފައިވަނީ ސްކިން ކްލިނިކަށް-- ފޮޓޯ: ކޮކޯ ޝީކް

ކޮކޯ ޝިކްގެ ދެވަނަ ފްލޯ ހާއްސަކޮށްފައިވަނީ ސްކިން ކްލިނިކަށް-- ފޮޓޯ: ކޮކޯ ޝީކް

ކޮކޯ ޝިކްގައި އެންމެ ފާހަގަކޮށްލެވެނީ އެ ސެލޫންގެ ސްކިން ކެއާ ކްލިނިކެވެ. މި ކްލިނިކަކީ ރާއްޖޭގެ އެތައް ބަޔަކު އިންތިޒާރު ކުރަމުން އައި އެތައް ޓްރީޓްމަންޓެއް ލިބޭ ކްލިނިކެކެވެ. އެގޮތުން ދިވެހިންގެ މެދުގައި އެންމެ ބޮޑު ކަންބޮޑުވުން ކަމުގައިވާ އިސްތަށި ފޭބުމަށް މި ކްލިނިކުން ފަރުވާ ދެއެވެ. ޕީއާރުޕީ ނުވަތަ ތިމާގެ ހަށިގަނޑުގެ ލެއިން ނަގާ މާއްދާއަކުން ދޭ މި ޓްރީޓްމަންޓަކީ މިހާތަނަށް ދުނިޔޭގައި ވެސް އިސްތަށި ފައިބާ މީހުންނަށް އެންމެ ކާމިޔާބު ޓްރީޓްމަންޓެވެ.

މި ކްލިނިކުން ޓްރީޓްމަންޓުތައް ނެގުމުގެ ކުރިން ކްލިނިކްގެ ވިޒިޓިން ޑޮކްޓަރަށް ދައްކާ އެ މީހަކަށް އެންމެ އެކަށީގެންވާ ޓްރީޓްމަންޓަކާ ގުޅޭގޮތުން މަޝްވަރާ ކުރެވޭނެ އެވެ. ޑޮކްޓަރާ މަޝްވަރާ ކުރުމަށްފަހު ޓްރީޓްމަންޓްތައް ކުރިއަށް ގެންދިއުމުގައި އެކަންތައްތަކަށް ހާއްސަ ތެރަޕިސްޓުން އެހީތެރިވާނެ އެވެ.

މި ކްލިނިކުން ދޭ ޓްރީޓްމަންޓުތަކުގެ ތެރޭގައި ކްރަޔޯ ތެރަޕީގެ ހިދުމަތް ފާހަގަކޮށްލެވެ އެވެ. ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންނާއި ދުވުންތެރިން ނަގާ މި ޓްރީޓްމަންޓަކީ ދެ ތިން ދުވަހުގެ ތެރޭގައި ތަދު ކަނޑުވާލާ ޓްރީޓްމަންޓެކެވެ. އެހެންކަމުން ހުޅުހުޅުގައި ރިއްސާ މީހުންނަށާއި ގައިގައި ރިއްސާ މީހުންންށް މި ޓްރީޓްމަންޓް ވަރަށް ކަމުދާނެ އެވެ. ބައެއް ފަހަރު ފިޒިއޮތެރަޕީ ހައްދައިގެން ރަނގަޅު ނަތީޖާއެއް ނުލިބުނު ނަމަވެސް މި ޓްރީޓްމަންޓަކީ 100 ޕަސެންޓް އިފެކްޓިވް ޓްރީޓްމަންޓެކެވެ.

މި ޓްރީޓްމަންޓުތަކުގެ އިތުރުން ވެސް އެކްނީ ރިމޫވަލް އާއި ސްޓްރެޗް މާކް ރިމޫވަލް ފަދަ ޒަމާނީ ޓްރީޓްމަންޓްތައް ވެސް މި ކްލިނިކުން ލިބެން ހުންނާނެ އެވެ.

ކޮކޯ ޝިކަކީ ބިއުޓީގެ ހުރިހާ ކަމަކަށް ވެސް އޮތް ހައްލު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. މި ސެލޫނަށް ގިނަ ބައެއްގެ އިތުބާރު ލިބިފައިވާކަން ހާމަވެގެންދިޔައީ ސެލޫން ރަސްމީކޮށް ހުޅުވި ހަފްލާއިންނެވެ. އެ ހަފްލާއަށް 200 އަށްވުރެ ގިނަ ފަރާތްތަކުން ވަނީ ހާޒިރުވެފަ އެވެ.