Roadha Mihaaru
ދަގަނޑު ޖަހައިގެން މަސް ހިފުން މަނައެއް ނުވާނެ

މަނާވަނީ ބަޑި ޖަހައިގެން މަސް ހިފުން، ދަގަނޑު ޖެހުމެއް ނޫން

21 އޯގަސްޓް 2019

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަސްވެރިކަމުގެ ބިލުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރުން މަނާވާ މަސްވެރިކަމުގެ ތެރޭގައި ދަގަނޑު ޖަހައިގެން މަސް ހިފުން ނުހިމެނޭ ކަމަށާއި މަނައީ ކުރިން ވެސް އޮންނަ ގޮތަށް ބަޑި ޖަހައިގެން މަސް ހިފުން ކަމަށް ފިޝަރީޒް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަސްވެރިކަމުގެ ބިލުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރުން މަނާވާ މަސްވެރިކަމުގެ ތެރޭގައި ދަގަނޑު ޖަހައިގެން މަސް ހިފުން ނުހިމެނޭ ކަމަށާއި މަނައީ ކުރިން ވެސް އޮންނަ ގޮތަށް ބަޑި ޖަހައިގެން މަސް ހިފުން ކަމަށް ފިޝަރީޒް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި "ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ބިލު" ގައި ދަގަނޑު ޖަހައިގެން މަސް ހިފުން މަނާކޮށްފައިވާ ކަމަށް ބުނެ ބައެއް މެމްބަރުން ވަނީ ބަހުސް މަރުހަލާގައި ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ދަގަނޑު ޖަހައިގެން މަސް ހިފުން މަނާވާ ކަމަށް ހީކޮށް ބައެއް އާންމުން ވެސް ވަނީ ޝަކުވާކޮށް، އެކަމާ ދެކޮޅަށް ޕެޓިޝަނެއް ތައްޔާރު ކުރުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ.

Dhagandu jahaigen mas merun manaa kurumaa medhu hiyaalu thafaathu

Dhagandu jahaigen mas merun manaa kurumaa medhu hiyaalu thafaathu

The most trusted news source in the Maldives

Mihaaru

ދަގަނޑު ޖަހައިގެން މަސް ހިފުން މަނާ ކަމަށް ބައެއް މެމްބަރުން ވިދާޅުވުން---

މިހާރު ކޮމެޓީ މަރުހަލާގައި އޮތް އެ ބިލުގައި މަނާކޮށްފައިވަނީ ބަޑި ޖަހައިގެން ނުވަތަ "ސްޕިއާ ފިޝިން" ކުރުމެވެ. އެފަދަ ބަޑި އެތެރެ ކުރުމަކީ ކުރިން ވެސް ރާއްޖޭގައި މަނާ ކަމެކެވެ.

"ދޫކުރާ ދަގަނޑު" ކަމަށް ގާނޫނުގައި ބުނެފައިވަނީ، މަސް މެރުމަށް ނުވަތަ މަހަކަށް ހަމަލާ ދިނުމަށް ރަބަރު، ސާޅަނގަ، ވައި، ނުވަތަ ކެމިކަލެއް ބޭނުންކުރާ ކޮޅު ތޫނުކޮށްފައިވާ އާލާތްތަކެވެ. އެއީ ބާރު ދުވެއްޔެއްގައި ފޮނުވާލުމަށް ބޭނުންކުރާ އާލާތްތަކެވެ.

ސްޕިއާ މަސްވެރިކަމަކީ މަނާކަމެއް ނަމަވެސް އެކަން ވެސް ރާއްޖޭގައި ކުރެ އެވެ.

ހުށަހަޅާފައިވާ ބިލުގައި ފަސް ވައްތަރެއްގެ މަސްވެރިކަން މަނާކުރަން ހިމަނާފައިވެ އެވެ.

ބިލުގައި މަނާކޮށްފައިވާ މަސްވެރިކަން؛

- ބޮޑު ދަލުގެ މަސްވެރިކަން.

- އޮޔާދާ ދަލުގެ މަސްވެރިކަން.

- ދަމާ ދަލުގެ މަސްވެރިކަން.

- އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމާއި އެންވެރިކަން ފިޔަވައި ދާ ބޭނުންކޮށްގެން މަސްވެރިކަންކުރުން.

- ދޫކުރާ ދަގަނޑު ބޭނުންކޮށްގެންކުރާ މަސްވެރިކަން.

މަނާ ބާވަތްތަކުގެ މަސްވެރިކަން ކޮށްފި ނަމަ އެ ކުށެއް ކުރާ މީހަކު ދެ މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ވެސް ބިލުގައި ދީފައިވެ އެވެ.

މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިވާ މަސްވެރިކަމުގެ ދިރުންތަކާއި އެތަކެތީގެ މާހައުލު، ޖީލުތަކަށް ފޯރުކޮށްދިނުމަށް ދެމެހެއްޓެނިވި ގޮތެއްގައި އެތަކެއްޗާއި އެތަކެތީގެ މާހައުލު ބެހޭ އުސޫލުތައް ކަނޑައެޅުމުގެ މަގްސަދުގައި ހުށަހެޅި ބިލެކެވެ. އަދި ރާއްޖޭގެ ސަރަހައްދުގައި ކުރާ މަސްވެރިކަން ކޮންޓްރޯލް ކުރުމަކީ ވެސް މަގްސަދެކެވެ. ރިޕޯޓު ކުރުމެއް ނެތި ކުރާ މަސްވެރިކަން މަދުކޮށް އެފަދަ ކަންކަން ހުއްޓުވުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް ބަޔާން ކުރުމާއި އަދި އެކުއަކަލްޗަގެ ސިނާއަތު ރާވައި ހިންގައި ބެލެހެއްޓުމަށްޓަކައި ފުރިހަމަ ނިޒާމެއް އެކުލަވާލައި ކަމާ ގުޅޭ އުސޫލުތައް ބަޔާން ކުރުމަކީ ބިލްގެ މަގްސަދެކެވެ.