Roadha Mihaaru
މަސްވެރިންނަށް ފައިސާ ދޭން ގޮވާލައި ކުއްލި މައްސަލައެއް

މަސްވެރިންނަށް ފައިސާ ދިނުމަށް ގޮވާލާ އެމްޑީޕީގެ ކުއްލި މައްސަލައެއް!

25 ޖޫން 2024

މަސްވެރިންނަށް ފައިސާ ދިނުމަށް ގޮވާލައި އެމްޑީޕީގެ ފަރާތުން ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މަސްވެރިންނަށް ފައިސާ ދިނުމަށް ގޮވާލައި އެމްޑީޕީގެ ފަރާތުން ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅައިފި އެވެ.

މަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ދީދީ ހުށަހެޅުއްވި ކުއްލި މައްސަލަ އަށް ބަހުސް ކުރުމަށް މަޖިލީހަށް ހާޒިރުވި 74 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން އަހުމަދު ވިދާޅުވީ މަސްވެރިންގެ އަތުން ގަންނަ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ.

ނަމަވެސް އެ ފައިސާ ނުލިބި މަސްވެރިން ތިބީ ބިކަވެ، ހާލުގައި ޖެހިފައި ކަމަށާއި ދަރަނި އާއި ޔުނިޓިލިޓީ ބިލުތައް ދެއްކޭނެ ގޮތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. މަސްވެރިކަމަށް ބަރޯސާވާ ރަށްރަށުގެ އިގްތިސާދު ހުއްޓިފައިވާ ކަމަށާއި މި މައްސަލަ ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.

"މިދިޔަ ހުކުރު ދުވަހުން ފެށިގެން އައްޑޫގެ 90 ޕަސެންޓު ގާތްގަނޑަކަށް 400 އެއްހާ އާއިލާ އަށް ނިސްބަތްވާ މަސްވެރިން އިހުތިޖާޖު ކޮށް ވައުދު ފުއްދުމަށް ގޮވާލަމުން ދޭ،" އަހުމަދު ދީދީ ވިދާޅުވި އެވެ.

އައްޑު އާއި ރާއްޖޭގެ އެހެނިހެން ރަށްރަށުގެ މަސްވެރިން ކުރަމުންދާ އިހުތިޖާޖަށް ފުލުހުން ހުރަސް ނޭޅުމަށާއި މިހާތަނަށް ނުދެވި ހުރި ފައިސާ މިހާރުން މިހާރަށް ހަމަޖައްސައި ދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށް މައްސަލާގައި ވެ އެވެ.

މަސްވެރިން ބާނާ މަހަށް ފައިސާ ނުލިބޭ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމަށް ވެސް މެންބަރު ގޮވައިލެއްވި އެވެ.