30 ޖެނުއަރީ 2019
މަސް ދޯނިފަހަރު ސްރީލަންކާ އަށް ގޮސް، އެ ގައުމުގެ މާރުކޭޓުތަކަށް މަސް ވިއްކުމުގެ ފުރުސަތު ލިބޭ ގޮތަށް ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ކަރުދާހެއް ތައްޔާރުކޮށްފި އެވެ.
މަސް ދޯނިފަހަރު ސްރީލަންކާ އަށް ގޮސް، އެ ގައުމުގެ މާރުކޭޓުތަކަށް މަސް ވިއްކުމުގެ ފުރުސަތު ލިބޭ ގޮތަށް ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ކަރުދާހެއް ތައްޔާރުކޮށްފި އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަންތައްތައް ހިމެނޭ ގޮތަށް އެމްޑީޕީން ތައްޔާރުކުރި ކަރުދާހުގައި ބުނެފައި ވަނީ ދޯނިފަހަރު ރާއްޖެ އިން ބޭރަށް ގޮސް، ލަންކާގެ މާރުކޭޓުތަކަށް މަސް ވިއްކުމުގެ ފުރުސަތު ހުޅުވާލުމަށްޓަކައި ލަންކާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމެއް ގާއިމު ކުރުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން ކުރުމުގެ އިހްތިޔާރާއި ބާރު ދިވެހި ސަރުކާރަށް ފަހިކޮށްދޭނެ ކަމަށެވެ.
ދިވެހިން ބާނާ މަސް ބޭރުގެ މާކެޓުތަކަށް ވިއްކޭނެ ގޮތް ހަމަޖެއްސުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ މުހިންމު ވައުދެކެވެ.
އޭގައިވާ ގޮތުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ބޭރުގެ މަސްބޯޓުތައް ވަދެ މަސްވެރިކަން ކުރުމަށް ހުއްދަ ދިނުން ހުއްޓާލައި، ދިވެހިން ބާނާ މަސް ގަންނަން ބޭނުންވާ ބޭރުގެ މަސްކިރާ ބޯޓުތައް ރާއްޖެ އައުމަށް ހުއްދަ ދީ، މެދުވެރިއެއް ނެތި ބޭރުގެ މަސް ގަންނަ ފަރާތްތަކަށް މަސް ވިއްކޭނެ މަގު ހުޅުވާލާނެ އެވެ.
ރާއްޖޭގެ ކަނޑުތަކުގައި ނުކުރެވޭނެ ކަންކަމުގެ ތެރޭގައި ދާ އަޅައިގެން މަސް ބޭނުމާއި ވިއްދައިގެން މަސް ބޭނުމާއި މިޔަރު ހިފުން ފަދަ ކަންކަން ހިމެނޭ ކަމަށް ކަރުދާހުގައިވެ އެވެ. އަދި ރާއްޖޭގައި ރޯމަސް ގަނެ، އެކްސްޕޯޓް ކުރުމުގެ ހުއްދަ އާންމުކޮށް ހުޅުވާލެވޭނެ ކަމަށް ވެސް އޭގައިވެ އެވެ.
ކަރުދާހުގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައި ކަންނެލީގެ އަގު ބޮޑު ކުރުމަށް، ދުރަށް ދުއްވައިގެން އާއްމުކޮށް މަސްވެރިކަން ކުރެވޭ ސަރަހައްދުތަކެއް ފާހަގަކޮށް ކަންނެލި ޖަގަހަތަކެއް ހެދުން ހިމެނެ އެވެ. މީގެއިތުރުން ގޭގޭގައި ކުދި މަސްޕްލާންޓް ހިންގޭނެ ފަދަ ގޮތްތަކެއް ތައާރަފް ކުރަން ކަރުދާހުގައި ވަނީ ހިމަނައިފަ އެވެ.
މަސްވެރިކަމުގެ ބިލް މަޖިލިހުން ފާސްކޮށްފި
މަސްވެރިކަމުގެ ބިލުގައި ބޮޑެތި ކަންބޮޑުވުންތަކެއް!
މަސްވެރިކަމުގެ މަނާ ބާވަތް ކަނޑައަޅައި ޖޫރިމަނާ ކުރަނީ
އަޅަންވީ ކަންނެލި ޖަގަހައެއް ނޫން، ފެކްޓަރީ: ތޯރިގް
ގާއިމްކުރަންވީ ގޭދޮށު މަސް ފެކްޓަރީ! ކަންނެލި ޖަގަހަ!
ލޭނު މަސްވެރިކަން ތައާރަފްކޮށް، ތަމްރީނު ދެނީ
މަސްވެރިންނަށް ފައިސާ ދޭން ގޮވާލައި ކުއްލި މައްސަލައެއް
"މަސްވެރިންނަށް ފައިސާ ހޯދަދޭން މަސައްކަތް ކުރާނަން"
މަސްވެރިންނަށް ޕެންޝަނެއް ގާއިމުކޮށްދޭން ޖެހޭ: އީވާ
ކަންނެލި ޖަގަހަތަކާ މެދު އިލްޔާސްގެ އުންމީދީ ވިސްނުން!