ސަފާޒާ ހަސަން (ސަފާ) މަރުވުމުގައި ކޮންމެ ވެސް ބައެއްގެ އިހުމާލެއް އެބައޮތް ކަމަަށް އޭނާގެ ބައްޕަ، ހަސަން ނާސިރު މިއަދު ބުނެފި އެވެ.
20 އޯގަސްޓް 2019
ސަފާޒާ ހަސަން (ސަފާ) މަރުވުމުގައި ކޮންމެ ވެސް ބައެއްގެ އިހުމާލެއް އެބައޮތް ކަމަަށް އޭނާގެ ބައްޕަ، ހަސަން ނާސިރު މިއަދު ބުނެފި އެވެ.
ތެލެސީމިއާ ބަލީގެ 25 އަހަރުގެ އެ ޒުވާނާ މަރުވީ އައިޖީއެމްއެޗް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ދޫކޮށްލިތާ އޭގެ އަނެއް ދުވަހެވެ. މި މަހުގެ 3 ވަނަ ދުވަހު އޭނާ މަރުވިއިރު ވަނީ ބޯންމެރޯ ވެސް ހަދައިފަ އެވެ.
ހުން އައިސްގެން އުޅޭތީ މިދިޔަ މަހު އޭނާ އެންމެ ފުރަތަމަ ދެއްކީ ހުޅުމާލެ ހޮސްޕިޓަލަށެވެ. ހުމަށާއި ރޯގާއަށް ބޭސް ދިނުމަށްފަހު އެތަނުން އެންގީ ތިން ދުވަސް ތެރޭ ރަނގަޅު ނުވެއްޖެނަމަ އަލުން ދެއްކުމަށެވެ. ހާލު ސީރިއަސްވާން ފެށުމުން ދެން ދެއްކީ އައިޖީއެމްއެޗަށެވެ.
"އައިޖީއެމްއެޗްގެ އައިސީޔޫގައި 15 ދުވަސްވަންދެން ބާއްވާފައި ދޫކޮށްލީ. އެތަނުން ބުނި އިންފްލުއެންޒާ އަށް ވެސް ކުޑަކޮށް ޕޮޒިޓިވް ވެފައި ހުރި ކަމަށް. އެކަމަކު އެއްވެސް މައްސަލައެއް ނެތޭ ކިޔާފައި ފަހުން ދޫކޮށްލީ،" ބައްޕަ ބުންޏެވެ.
ސަފާ ދޫކޮށްލީ މި މަހުގެ 2 ވަނަ ދުވަހެވެ. އޭގެ އަނެއް ދުވަހުގެ ހެނދުނު އޭނާ ވަނީ އުފަން ރަށް، ފުވައްމުލަކަށް ގޮސްފަ އެވެ. ރަށަށް ފޭބިތާ ގާތްގަނޑަކަށް ތިން ވަރަކަށް ގަޑިއިރުގެ ތެރޭގައި ނޭވާލާން އުނދަގޫވެ ހާލު ސީރިއަސް ވާން ފެށި އެވެ. އެހެންވެ ހޮސްޕިޓަލަށް ގެންގޮސް ވަގުތުން ފަރުވާދޭން ފެށި އެވެ.
"މެޝިނަށް ލައިގެން ފުރަތަމަ ފަރުވާދިނީ. ފަހުން މާލެ ގެންނަން ފްލައިޓަށް އަރުވާފައި ވެސް ތިން ހަތަރު ފުޅިއެއް ގުޅައިގެން ވެސް އޮކްސިޖަނެއް ނުލިބުނު. އެހެންވެ ފަހުން އަތުން ޕަމްޕުކޮށް އޮކްސިޖަން ދިނީ،" ނާސިރު ބުންޏެވެ.
އޭނާ އައިޖީއެމްއެޗަށް ގެންދިއުމުގެ 45 މިނެޓު ކުރިން މަރުވެފައިވާ ކަމަށް އައިޖީއެމްއެޗް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުނެ އެވެ. ނަމަވެސް ސަފާއާ އެކު މާލެ އައި ޑޮކްޓަރުން ބުނީ، އައިޖީއެމްއެޗަށް އޭނާ ގެންދިޔައިރު ވެސް ފުރާނަ ހުރި ކަމަށެވެ.
"ކޮންމެ ވެސް ބައެއްގެ އިހުމާލު އެބައޮތް މިކަމުގައި. ޒިންމާވާ ފަރާތެއް ބަލާފައި މައްސަލަ ހުށަހަޅާނަން،" ނާސިރު ބުންޏެވެ.
އައިޖީއެމްއެޗްގައި ލޭގެ ބަލިތަކަށް ފަރުވާ ދޭން ފަށަނީ
އުފަންވާ ކުދިންގެ ދުޅަހެޔޮކަމަށް ކުރިއެރުންތައް ބޭނުންވޭ
ތެލަސީމިއާ ގާނޫނުގެ އިސްލާހު ތަސްދީގުނުކޮށް، މަޖިލީހަށް
އައިޖީއެމްއެޗުގެ އައިނު ފިހާރަ ކިޔޫގައި 1267 މީހުން
ބޯންމެރޯ ހަދަން އިތުރު 7 ކުދިން މިމަހު ފޮނުވަނީ
ސަރުކާރުގެ އައިނު ފިހާރައިން 100 އެއްހާ އައިނު
ހިލޭ އައިނު ހެދޭ ފިހާރަ އައިޖީއެމްއެޗުގައި ހުޅުވައިފި
އައިޖީއެމްއެޗުގައި އާ ހިދުމަތްތަކެއް މި އަހަރު ފަށަނީ
ލޯބިން ކިޑްނީއެއް ހަދިޔާކުރަން ކެރިދާނެ؟
ޗައިނާގެ ކުޑަކުދިންގެ ހޮސްޕިޓަކަލާއެކު އެމްއޯޔޫއެއް