18 ސެޕްޓެމްބަރ 2016
މެންޗެސްޓާ (ސެޕްޓެމްބަރު 18) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ 4-0 އިން ބޯންމައުތު ބަލިކޮށް މެންޗެސްޓާ ސިޓީ ލީގުގެ އެއް ވަނައިގައި މަގާމް ދެމެހެއްޓިއިރު، ފަހަތުން އަރައި މިޑްލްސްބަރާ އަތުން 3-1 އިން މޮޅުވެ އެވަޓަން ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.
މެންޗެސްޓާ (ސެޕްޓެމްބަރު 18) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ 4-0 އިން ބޯންމައުތު ބަލިކޮށް މެންޗެސްޓާ ސިޓީ ލީގުގެ އެއް ވަނައިގައި މަގާމް ދެމެހެއްޓިއިރު، ފަހަތުން އަރައި މިޑްލްސްބަރާ އަތުން 3-1 އިން މޮޅުވެ އެވަޓަން ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.
ސިޓީ އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އެވަޓަން އަށް ލިބިފައިވަނީ ފަސް މެޗުން 13 ޕޮއިންޓެވެ. އާސެނަލް ތިން ވަނަ އަށް ޖެހިލީ ރޭ 4-1 އިން ހަލް ސިޓީ ބަލިކޮށް ފަސް މެޗުން 10 ޕޮއިންޓް ހަމަކޮށްގެންނެވެ. ހަތަރު ވަނައިގައި އޮތް ޗެލްސީ އާއި ފަސް ވަނައިގައި އޮތް ލިވަޕޫލަށް ވެސް 10 ޕޮއިންޓް ލިބިފައިވާއިރު، އާސެނަލަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ.
ސިޓީ ލީޑުނެގީ މެޗުގެ 15 މިނިޓްގައި ކެވިން ޑިބްރޭނާ ޖެހި ލަނޑުންނެވެ. ފަހަކަށް އައިސް މޮޅުކުޅުމެއް ދައްކަމުން އަންނަ ޑިބްރޭނާ މި ލަނޑު ޖެހީ ހިލޭ ޖެހުމަކުންނެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ސިޓީގެ ލީޑު ފުޅާކޮށްދިނީ ޒުވާން ފޯވާޑް ކެލެޗީ އިހެނާޗޯ އެވެ.
ދެ ވަނަ ހާފްގައި ސިޓީގެ އަނެއް ދެ ލަނޑު ކާމިޔާބުކުރީ އިލްކާއި ގުންޑޮގާން އާއި ރަހީމް ސްޓާލިން އެވެ. މިއީ ޖަރުމަނުގެ މިޑްފީލްޑަރު ގުންޑޮގާން ސިޓީ އަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ. ރޭގެ މެޗު ސިޓީން ނިންމާލީ 10 ކުޅުންތެރިންނާ އެކު އެވެ. އެއީ މެޗުގެ 86 ވަނަ މިނިޓްގައި ސިޓީ އަށް ކުޅޭ ސްޕެއިނުގެ މިޑްފީލްޑަރު ނޮލީޓޯ އަށް ރަތް ކާޑު ދެއްކުމުންނެވެ.
ނޮލީޓޯ އަށް ރަތް ކާޑު ދެއްކީ ބޯންމައުތުގެ ޑިފެންޑަރު އެޑަމް ސްމިތު ގައިގައި ބޯޅަ ނެތީސް ބޮލުން ޖެހުމުންނެވެ.
ހަލް ސިޓީގެ މަގުއޭ (ކ) ކައިިރިން ނައްޓާލުމަށް ފަހު އާސެނަލްގެ ސަންޗޭޒް ބޯޅަ ގޯލަށް ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ
އެވަޓަން ދަނޑުގައި ފުރަތަމަ ލަނޑު ޖެހީ މިޑްލްސްބަރާ އިންނެވެ. މެޗުގެ 21 ވަނަ މިނިޓްގައި މިޑްލްސްބަރާ އިން ލީޑުނެގީ އެވަޓަންގެ ކީޕަރު މާޓިން ސްކެޓެލެންބާގް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. އެވަޓަން އަށް އޭގެ ތިން މިނިޓް ފަހުން އެއްވަރުކޮށްދިނީ ގަރެތު ބެރީ އެވެ. ރޭގެ މެޗަކީ ކުރިން އެސްޓަން ވިލާ އަށް ކުޅުނު ގަރެތު ބެރީ ޕްރިމިއާ ލީގުގައި ކުޅުނު 600 ވަނަ މެޗެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން އެވަޓަން އިން އިތުރު ދެ ލަނޑު ޖެހި އެވެ. އެވަޓަން އަށް ލީޑު ނަގައިދިނީ ސައިމަސް ކޯލްމަން އެވެ. ތިން ވަނަ ލަނޑު ޖެހީ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ އެވެ. އެވަޓަންގެ ކޯޗުކަމާ ކުރިން ބާސެލޯނާ އަށް ކުޅުނު ރޯނާލްޑް ކޫމަން ހަވާލުވި ފަހުން އެ ޓީމުން މި ސީޒަނުގައި އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.
ހަލް ސިޓީ ދަނޑުގައި އާސެނަލުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ އަލެކްސިސް ސަންޗޭޒް އެވެ. އަނެއް ދެ ލަނޑު ޖެހީ ތިއޯ ވޮލްކޮޓާއި ގްރޭނިޓް ޝާކާ އެވެ. ފުރަތަމަ ހާފްގައި ޖޭކް ލިވަމޯ އަށް ދެއްކި ރަތް ކާޑާ އެކު އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ހަލްގެ ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރީ ރޮބަޓް ސްނޮޑްގްރާސް އެވެ.
ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ވެސްޓް ބްރޮމް ވަނީ 4-2 އިން ވެސްޓް ހޭމް ބަލިކޮށްފަ އެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން ލެސްޓާ ސިޓީ ވަނީ 3-1 އިން ބާންލީގެ މައްޗަށް ކުރިހޯދައިފަ އެވެ.
ވިދިދިގެން ހަތަރު ފަހަރަށް ސިޓީއަށް ލީގު ޗެމްޕިއަންކަން
ސިޓީ އެއްވަރު، އާސެނަލް އަށް ހަތް ޕޮއިންޓްގެ ލީޑެއް
ސިޓީ ފައިދާ ނަގައިފި، އާސެންލް ޗެމްޕިއަންސްލީގާ ގާތަށް
ލިވަޕޫލް ހަތް ގޯލު ޖަހައިފި، ސިޓީ އަށް މޮޅެއް
އަމޯރިމްގެ ފުރަތަމަ ބަލި، ސިޓީއަށް ހަމަނޭވާއެއް
ސިޓީ އާއި އާސެނަލަށް ވުރެ ކުރީގައި އަދިވެސް ލިވަޕޫލް
ސިޓީއަށް މޮޅުނުވެވުމުން ލިވަޕޫލް އެއް ވަނައަށް
ވައިޓްގެ "ސިއްރު އުކުޅުން" އާސެނަލް އެއްވަނައިގައި
އާސެނަލް އާއި ލިވަޕޫލުން ސިޓީއަށް އެއްވަނަ ހަވާލުކޮށްފި
ލިވަޕޫލަށް މަގާމު ގެއްލިއްޖެ، ތަށި ނަގަނީ އާސެނަލްތަ؟