Roadha Mihaaru
ހައްޖުވެރިންގެ ހާލު ރަނގަޅު، މައްކާއަށް ދަތުރުކުރަނީ

ހައްޖުވެރިންގެ ހާލު ރަނގަޅު، މައްކާއަށް ދަތުރު ފަށައިފި

13 އޯގަސްޓް 2019

ރާއްޖޭން ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިންގެ ހާލުވެސް، އެންމެ ހައްޖުވެރިއެއް ފިޔަވައި، ރަނގަޅު ކަމަށާއި ހައްޖުވެރިން މިހާރު މިނާ އިން މައްކާ އަށް ދާން ދަތުރު ފަށާފައިވާ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭން ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިންގެ ހާލުވެސް، އެންމެ ހައްޖުވެރިއެއް ފިޔަވައި، ރަނގަޅު ކަމަށާއި ހައްޖުވެރިން މިހާރު މިނާ އިން މައްކާ އަށް ދާން ދަތުރު ފަށާފައިވާ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު އިސްމާއީލް ހަމީދު "މިހާރު" އަށް ވިދާޅުވީ މިނާގައި މަޑުކޮށްލުމަށް ފަހު ގިނަ ހައްޖުވެރިން މިނާ އިން މައްކާ އަށް ދަތުރު ފަށާފައިވާ ކަމަށާއި ބާކީ ތިބި ހައްޖުވެރިން ވެސް މިރޭ މައްކާ އަށް ދަތުރު ފަށާނެ ކަމަށެވެ.

ރާއްޖޭގެ ހައްޖުވެރިންގެ ތެރެއިން އެކަކަށް އާދީއްތަ ދުވަހު ސްޓްރޯކެއް ޖެހި ސީރިއަސް ހާލަތަކަށް ދިއުމުން މިނާގެ "އަލް ވާދީ ހޮސްޕިޓަލް"ގައި ވަނީ އެޑްމިޓްކޮށްފަ އެވެ. ހަމީދު ވިދާޅުވީ އޭނާ ފިޔަވައި އެންމެހާ ހައްޖުވެރިންގެ ހާލުވެސް އާއްމުގޮތެއްގައި ރަނގަޅު ކަމަށެވެ.

ކޯމާގައި އޮތީ ފ. ދަރަނބޫދޫ ސީމާ މޫސާ، 38، އެވެ. އޭނާއަށް ސްޓްރޯކް ޖެހުނީ މިނާ ޓެންޓްގައި ހުއްޓައި ކަމަށް ހައްޖު މިޝަނުން އިއްޔެ ބުންޏެވެ.