Roadha Mihaaru
ޑިންގީ ބަންޑުން ޖަހާލައި،ކަނޑުވި ބަޔަކު ސަލާމަތްކޮށްފި

ޑިންގީއެއް ބަންޑުން ޖަހާލައި، ކަނޑުވި ބަޔަކު ސަލާމަތްކޮށްފި

11 އޯގަސްޓް 2019

ދަތުރު ކުރަމުންދިޔަ ޑިންގީއެއް ބަންޑުން ޖަހާލުމުން ކަނޑުވި ބަޔަކު ސަލާމަތްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދަތުރު ކުރަމުންދިޔަ ޑިންގީއެއް ބަންޑުން ޖަހާލުމުން ކަނޑުވި ބަޔަކު ސަލާމަތްކޮށްފި އެވެ.

އެމްއެންޑީއެފް އިން ބުނީ ތާޖް އެގްޒޮޓިކާ ރިސޯޓް ކައިރިން ތިން މީހުންނާ އެކު މިއަދު ދަތުރު ކުރަމުންދިޔަ ޑިންގީ ބަންޑުން ޖަހާލިއިރު އޭގައި ތިން މީހުން ތިބި ކަމަށެވެ. އެ ތިން މީހުން ވެސް މިހާރު ސަލާމަތް ކޮށްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

މީގެ އިތުރުން ބަޔަކު ދަތުރު ގޮސް އުޅުނު ލޯންޗެއް ކޮއްދިއްޕަރު ކައިރިން ހާލުގައި ޖެހިގެން އުޅޭތީ އެ ސަރަހައްދުގައި މެރިން ޕޮލިހުން ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ވައިގެ ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ މޫސުމަށް ސަމާލުވާން މީޓިއޮރޮޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ވަނީ އިލްތިމާސްކޮށްފަ އެވެ. ވިއްސާރައިގެ ސަބަބުން ބައެއް ރަށްރަށުގެ ގެތަކުގެ ފުރާޅު އެއްލާލުމާއި ގަސްތައް ވެއްޓުމުގެ ހާދިސާތައް ވެސް ދަނީ ހިނގަމުންނެވެ.