08 އޯގަސްޓް 2019
ޔޫރަޕިއަން ކޮމިޝަނުގެ ނައިބު ރައީސް އަދި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ހައި ރެޕްރެޒެންޓޭޓިވް ފޯ ފޮރިން އެފެއާޒް ފެޑްރިކާ މުގްރިނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ޔޫރަޕިއަން ކޮމިޝަނުގެ ނައިބު ރައީސް އަދި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ހައި ރެޕްރެޒެންޓޭޓިވް ފޯ ފޮރިން އެފެއާޒް ފެޑްރިކާ މުގްރިނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު އޮތް ބައްދަލުވުމުގައި މުގްރިނީ އާއި ރައީސް މަޝްވަރާކުރެއްވީ ޔޫރަޕްގެ އިއްތިހާދާ ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުންނެވެ.
ވޭތުވެދިޔަ ދުވަސްތަކުގައި ޑިމޮކްރަސީގެ އުސޫލުތައް ކުރިއެރުވުމަށް ރާއްޖޭން ކުރި މަސައްކަތް ރައީސާ ބައްދަލުކުރައްވައި ދެެއްކެވި ވާހަކަައިގައި މުގްރިނީ ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ އެމަސައްކަތުގެ ސަބަބުން ރާއްޖެއާއި އީޔޫއާ ދެމެދުގައި އޮތް ގުޅުން ރަނގަޅުކުރުމަށް ހަރުދަނާ ބިންގަލެއް އެޅިފައިވާ ކަމަށެވެ. ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރަން އަދިވެސް ގިނަ މަސައްކަތްތަކެއް އެބަހުރިކަން ދެ ބޭފުޅުން ވެސް ފާހަގަކުރެއްވި އެވެ.
ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް އެކި ރޮނގުތަކުން ދެމުން އަންނަ މާލީ އެހީތެރިކަން ފާހަގަކުރައްވައި މުގްރިނީ އަށް ޝުކުރު އަދާކުރެއްވި އެވެ. އެގޮތުން އީޔޫ އިން ލޯނު އެހީގެ ގޮތުގައި މިއަހަރު ދީފައިވާ 45 މިލިއަން ޔޫރޯ އަދި ގްރާންޓް އެގްރީމެންޓެއްގެ ދަށުން 5 މިލިއަން ޔޫރޯގެ އެހީ ދިނުމަށް އެއްބަސްވެފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.
މުގްރިނީ މިއަދު ވަނީ ރައީސްގެ އިތުރުން މިނިސްޓަރުންނާ ވެސް ބައްދަލުކުރައްވާފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދައުވަތަކަށް އެ މަޖިލީހުގައި އޭނާ މިއަދު ތަގުރީރު ވެސް ކުރެއްވި އެވެ.
އީޔޫ ވަފުދުން ރައީސްއާ ބައްދަލުކޮށްފި
އީޔޫ އިން ރާއްޖެ އަށް ފިޔަވަޅު ނާޅަން ނިންމައިފި
ސުޕްރީމް ކޯޓުގެ ނިންމުމަށް އީޔޫން މަރުހަބާ ކިޔައިފި
އިބޫގެ ސަރުކާރާއެކު މަސައްކަތް ކުރަން ބޭނުން: އީޔޫ
ޕީޖީއަށް ހުށަހެޅީ މި ސަރުކާރުގެ މައްސަލައެއް ނޫން
ބަދަލުގެ ގޮތުގައި ފަޅުތަކާއި ބިންތައް ވެސް ދޭން ނިންމި
ހަމަހަމަ ފުރުސަތުދީ، އީޔޫގެ ޑިއުޓީ ކުޑަކުރަން އެދިއްޖެ
ރިޔާސީ ބަޔާން އިއްވާ ދުވަސް ބަންދު ނުކުރަން ނިންމައިފި
ރިޔާސީ ކެންޑިޑޭޓުންގެ މާލީ ހަރަދުތަކުގައި ހާމަކަމެއްނެތް
މަރުގެ އަދަބު ދޭން މި ސަރުކާރަށް ފަސޭހަވާނެތަ؟