Roadha Mihaaru
އަލިފުށީގައި ބީއެމްއެލްގެ އޭޓީއެމް ސެންޓަރެއް ހުޅުވައިފި

އަލިފުށީގައި ބީއެމްއެލްގެ އޭޓީއެމް ސެންޓަރެއް ހުޅުވައިފި

04 އޯގަސްޓް 2019

ބޭންކް އޮފް މޯލްޑިވްސް އިން ރ.އަލިފުށީގައި އޭޓީއެމް ސެންޓަރެއްގެ ހިދުމަތް ދޭން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބޭންކް އޮފް މޯލްޑިވްސް އިން ރ.އަލިފުށީގައި އޭޓީއެމް ސެންޓަރެއްގެ ހިދުމަތް ދޭން ފަށައިފި އެވެ.

އެރަށުގައި ފެށި ސެލްފް ސާވިސް ބޭންކިންގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެ އެވެ.

ރ.އަތޮޅުގައި ބީއެމްއެލްގެ ދެ ބްރާންޗް މެދުވެރިކޮށް ބޭންކިންގެ ހިދުމަތް ދޭ އިރު ދެ ސެލްފް ސާވިސް ބޭންކިން ސެންޓަރާއި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ގާއިމްކޮށްފައިވާ ކޭޝް އޭޖެންޓް މެދުވެރިކޮށް އަންނަނީ ހިދުމަތް ދެމުންނެވެ. މިދިޔަ އަަހަރު ވަނީ އެ އަތޮޅު ހުޅުދުއްފާރުގައި ބީއެމްއެލް ކޭޝް އޭޖެންޓް މެދުވެރިކޮށް ފައިސާ ޖަމާކުރުމުގެ ހިދުމަތް ވެސް ތައާރަފްކޮށްފަ އެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ މި ހުޅުވި ސެލްފް ސާވިސް ބޭންކިން ސެންޓަރަކީ މުޅި ރާއްޖެ އަށް އަމާޒުކޮށް ބޭންކިން ހިދުމަތް ފުޅާކޮށް، ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާ އެކު ހިދުމަތް ލިބޭނެ ގޮތް ހެދުމަށް ބޭންކުން ފަށާފައިވާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗާއި 46 ސެލްފް ސާވިސް ބޭންކިން ސެންޓަރުގެ އިތުރުން 108 އޭޓީއެމާއި 5،400 ޕީއޯއެސް މާޗަންޓުންނާއި 277 ކޭޝް އޭޖެންޓުން ހިމެނެ އެވެ.