31 ޖުލައި 2019
ޑިސްކަވަރީ ޗެނަލުން ދައްކާ "މޭން ވާސަސް ވައިލްޑް" އެޕިސޯޑަކުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ މަހު ފެންނާނެ އެވެ. މި އެޕިސޯޑްގައި ދައްކާނީ އިންޑިއާގެ ހާއްސަ ސިފަތަކެވެ.
ޑިސްކަވަރީ ޗެނަލުން ދައްކާ "މޭން ވާސަސް ވައިލްޑް" އެޕިސޯޑަކުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ މަހު ފެންނާނެ އެވެ. މި އެޕިސޯޑްގައި ދައްކާނީ އިންޑިއާގެ ހާއްސަ ސިފަތަކެވެ.
އަންނަ މަހުގެ 12 ވަނަ ދުވަހު ގެނެސްދޭ އެޕިސޯޑްގައި މޯދީ ފެންނާނީ "މޭން ވާސަސް ވައިލްޑް" ގެ އެޑްވެންޗަރާ ބެއާ ގްރީލްސްއާ އެކީގަ އެވެ.
India- where you find lush green forests, diverse wildlife, beautiful mountains and mighty rivers.
— Narendra Modi (@narendramodi) July 29, 2019
Watching this programme will make you want to visit different parts of India and add to discourse of environmental conservation.
Thanks @BearGrylls for coming here! @DiscoveryIN https://t.co/AksPyHfo7X
އެ އެޕިސޯޑްގެ ޕްރޮމޯއެއް ވެސް ބެއާ ޓްވިޓާގައި ހިއްސާ ކުރުމާ އެކު، އެ ރިޓްވީޓް ކުރައްވަމުން މޯދީ ވިދާޅުވީ މިއީ ބެލުންތެރިންނަށް އިންޑިއާގެ އެހެން ފަރާތެއް ފެންނާނެ އެއްޗަކަށް ވާނެ ކަމަށެވެ.
Sir, it was an honour to share an adventure with you! Let’s keep up our mission of spreading the positive message of conservation & protecting our planet. @worldscouting @narendramodi https://t.co/MaeNp8MYEM
— Bear Grylls (@BearGrylls) July 29, 2019
މައިގަނޑު ގޮތެއްގައި، އިންޑިއާގެ ޖިމް ކޯބޭ ނެޝަނަލް ޕާކްގައި ޝޫޓްކޮށްފައިވާ އެޕިސޯޑާ ބެހޭ ގޮތުން މޯދީ ވިދާޅުވީ އޭނާ އަކީ އަބަދު ވެސް "ނޭޗާއާ ވަރަށް ދޯޅު މީހެއް" ކަމަށެވެ.
"އަހަރެންގެ ހަޔާތުގެ ވަރަށް ގިނަ ދުވަސްތަކެއް ހޭދަކުރިން ޖަންގަލިތަކުގެ ތެރޭގައި. އަދި ވަރަށް ތަފާތު އަދި ހަނދާނުން ނުފިލާ ކަހަލަ ތަޖިރިބާތަކެއް އެއީ. އަހަރެން ދެކެެނީ އަހަރެންގެ ކާމިޔާބީތަކުގެ ސިއްރުތަކުގެ ފަހަތުގައި ވެސް އޭރު ކުރި ތަޖުރިބާތަކުން ލިބުނު ފިލާވަޅުތަކާއި އިބުރަތްތައް މުހިއްމު ދައުރެއް އަދާ ކުރާ ކަމަށް،" ދެވަނަ ދައުރަކަށް އިންޑިއާގެ ބޮޑުވަޒީރު ކަމަށް ދާދި ފަހުން އިންތިހާބުކުރި މޯދީ، 68، ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޑިސްކަވަރީގެ "މޭން ވާސަސް ވައިލްޑް" އަކީ އިންޑިއާގެ ގުދުރަތީ މުއްސަނދިކަން މުޅި ދުނިޔެ އަށް އިތުރަށް ހާމަކޮށް ދޭން ލިބުނު ރަނުގެ ފުރުސަތެކެވެ.
މޯދީ އަށް ފަހު ބެއާ ގްރިލްސްއާ އެކު ރަޖްނީކާންތު
ބެއާ ގްރިލްސްގެ ޝޯއަށް އަޖޭ ރާއްޖެއަށް އަންނަނީ
ރާއްޖޭގައި އަޖޭއާ އެކު ވިކީ ވެސް ޑިސްކަވަރީގެ ޝޯގައި
ސިދާތުގެ މަރުން ސަނާ ހިމޭން ވެއްޖެ
"ހަތުރޯން ކޭ ކިލާޅީ 11" މާ ވަރުގަދަ ވާނެ: ރޯހިތު
ރޯހިތުގެ "ޚަތުރޯން ކޭ ކިލާޅީ 11" އަށް ތައްޔާރުވަނީ
އަޖޭގެ ދަރިފުޅަށް މޯދީގެ ތައުރީފު
ދިއްލީގެ ވައި ތަޣައްޔަރުވާތީ ލިއޮނާޑޯގެ ކަންބޮޑުވުން
އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް އިންޑިއާގައި މަނާކުރަނީ
އިންޑިއާގެ ލޯކް ސަބާގައި ޕްލާސްޓިކް މަނާކޮށްފި