ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަންއާ އެކު ރާއްޖޭގައި ހުކުރު ދުވަހު ޝޫޓްކުރަން ހަމަޖެހިފައިވާ ޑިސްކަވަރީ ނެޓްވޯކްގެ "އިން ޓު ދަ ވައިލްޑް" ގެ އެޕިސޯޑްގައި ޒުވާން އެކްޓަރު ވިކީ ކޯޝަލް ވެސް ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
15 ސެޕްޓެމްބަރ 2021
ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަންއާ އެކު ރާއްޖޭގައި ހުކުރު ދުވަހު ޝޫޓްކުރަން ހަމަޖެހިފައިވާ ޑިސްކަވަރީ ނެޓްވޯކްގެ "އިން ޓު ދަ ވައިލްޑް" ގެ އެޕިސޯޑްގައި ޒުވާން އެކްޓަރު ވިކީ ކޯޝަލް ވެސް ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ބެއާ ގްރީލްސްގެ ޝޯގައި އޭނާ ބައިވެރިވާނެކަން ހާމަކޮށް ޑިސްކަވަ އިންޑިއާ އިން ބުނީ އޭގެ ޝޫޓިން އަށް މިހާރު ތައްޔާރުވެފައިވާ ކަމަށާއި އަޖޭ އާއި ވިކީ ޖެހިލުންކުޑަ އެތައް ކަމެއް މީގައި ކުރާ ތަން ފެނިގެން ދާނެ ކަމަށެވެ. ރާއްޖޭގައި މަންޒަރުތައް އެޕިސޯޑް ޝޫޓްކުރަން ހަމަޖެހިފައި ވަނީ ވ. އަތޮޅުގަ އެވެ. މަންޒަރުތައް ނަގާނީ އެ އެތޮޅުގެ "ޝިޕްރެކް" ސަރަހައްދުގަ އެވެ.
ހުކުރު ދުވަހުން ޝޫޓިން ކުރިއަށް ގެންދަން ނިންމާފައިވާތީ އެ ސަރަހައްދު އެހެން މީހުންނަށް އެ ދުވަހު ބަންދުކޮށް، ވ. އަތޮޅުގެ ފުލުހުން ސެކިއުރިޓީ ވެސް ބަލަހައްޓާނެ ކަމަށް އެ އަތޮޅު ކައުންސިލް އިދާރާ އިން ބުންޏެވެ.
އަޖޭއާ އެކު ޝޯގައި ވިކީ ބައިވެރިވާ އިރު އޭނާ އަކީ މި ވަގުތު ބޮލީވުޑްގައި ތިބި ޒުވާން އެކްޓަރުންގެ ތެރެއިން އެންމެ ކާމިޔާބު އަދި އެންމެ ޑިމާންޑް ބޮޑު އެކެކެވެ. ވިކީ އަކީ 2019 ގައި ރިލިޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ވަތަނީ ފިލްމު "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގެ ބަތަލެވެ. އެ ފިލްމުން އޭނާ އަށް އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ވެސް ލިބިފައިވެ އެވެ.
ވިކީ، 33، އެންމެ ފަހުން ފެނިފައިވާ ފިލްމަކީ މިދިޔަ އަހަރުގެ ކުރީކޮޅު ރިލީޒްކުރި ބިރުވެރި ފިލްމު "ބޫތު-ޕާޓް ވަން: ދަ ހޯންޓެޑް ޝިޕް" އެވެ. އޭނާގެ އެންމެ އަވަހަށް ރިލީޒްވާން އޮތް ފިލްމަކީ އިންޑިއާގެ މިނިވަން ކަމަށް މަސައްކަތްކުރި ޝަހުސިއްޔަތެއް ކަމަށްވާ އުދަމް ސިންގްގެ ބައޮގްރަފިކަލް ޑްރާމާ "ސަރުދާރު އުދަމް ސިންގް" އެވެ. އެ ފިލްމު އަންނަ މަހުގެ 16 ގައި ރިލީޒްކުރާނެ ކަމަށް ބެލެވެ އެވެ.
ވިކީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "މިސްޓަ ލޭލޭ" އާއި "ދަ ގްރޭޓް އިންޑިއަން ފެމިލީ"، "ދި އިމޯޓަލް އަޝްވަތައްމާ" އަދި "ސޭމް ބަހާދޫރު" ހިމެނެ އެވެ.
ދާދި ފަހުން އަޑުއަރާފައިވާ ގޮތުގައި އޭނާ އާއި ބަތަލާ ކެޓްރީނާ ކައިފް މިހާރު އެންގޭޖްވެފައިވާ އިރު، ޑިސެމްބަރު މަހުގެ ތެރޭގައި ކައިވެނިކުރާނެ އެވެ.
އަޖޭ އާއި ވިކީ އެކީގައި ފެންނާނެ "އިން ޓު ދަ ވައިލްޑް" ގެ އެޕިސޯޑް ބެލުންތެރިންނަށް އެންމެ ފުރަތަމަ ގެނެސްދޭން ހަމަޖެހިފައި ވަނީ ޑިސްކަވަރީ ޕްލަސް އެޕުންނެވެ. އެކަމަކު އަދި ތާރީހެއް ނެތެވެ.
ބެއާ ގްރިލްސްގެ ޝޯއަށް އަޖޭ ރާއްޖެއަށް އަންނަނީ
ވިކީ ރާއްޖޭގައި ޝޫޓްކުރި ޝޯ މިމަހުގެ 12 ގައި
ރާއްޖޭގައި ޝޫޓް ކުރުމަކީ ތަފާތު ތަޖުރިބާއެއް: އަޖޭ
ރާއްޖޭގައި ޝޫޓް ކުރި އަޖޭގެ ޝޯ 22 ގައި
ޑިސްކަވަރީގެ ޝޯގެ ޝޫޓިން އަޖޭއާ އެކު ވ. އަތޮޅުގައި
ސިދާތުގެ މަރުން ސަނާ ހިމޭން ވެއްޖެ
"ހަތުރޯން ކޭ ކިލާޅީ 11" މާ ވަރުގަދަ ވާނެ: ރޯހިތު
އާރްތީ މަންމަ ގޮވައިގެން ރާއްޖޭގެ ދަތުރު ފުރިހަމަކޮށްފި
ރޯހިތުގެ "ޚަތުރޯން ކޭ ކިލާޅީ 11" އަށް ތައްޔާރުވަނީ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް