Roadha Mihaaru
"ދެމެހެއްޓެނިިވި ތަރައްގީއަށް މާލީދާއިރާއެއް ބޭނުން"

ދެމެހެއްޓެނިިވި ތަރައްގީއަށް ވަރުގަދަ މާލީ ދާއިރާއެއް ބޭނުން: މިނިސްޓަރު

25 ޖުލައި 2019

ދެމެހެއްޓެނިވި ތަރައްގީ ހާސިލު ކުރުމަށްޓަކައި ވަރުގަަދަ މާލީ ދާއިރާއެއް ރާއްޖެއަށް ބޭނުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިރޭ ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދެމެހެއްޓެނިވި ތަރައްގީ ހާސިލު ކުރުމަށްޓަކައި ވަރުގަަދަ މާލީ ދާއިރާއެއް ރާއްޖެއަށް ބޭނުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިރޭ ވިދާޅުވެއްޖެ އެވެ.

ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގެ އިނީޝަލް ޕަބްލިކް އޮފަރިން ލޯންޗުކޮށްދެއްވާ، އަމީރު ވިދާޅުވީ، މާލީ ދާއިރާ ވަރުގަދަކޮށް ފުޅާ ކުރުމަށްޓަކައި ދެފުށް ފެންނަ ނިޒާމެއް ބޭނުންވާ ކަމަށެެވެ.

"އެމްއައިބީ ޕަބްލިކް ކުންފުންޏަކަށް ވެގެން ދިޔުމުން ޓްރާންސްޕޭރެންޓްވާން މަގުފަހިކޮށްދޭ. ސަރުކާރުން ބޭނުންވަނީ މި ބޭންކަކީ ރާއްޖޭގެ ވަރުގަދަ ބޭންކަކަށް ވުން،" އޭނާ ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ، އިސްލާމިކް ބޭންކް އިތުރަށް ފުޅާވެ، ރައްޔިތުންނަށް ފައިދާވާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަމަށެވެ.

އިސްލާމިކް ބޭންކްގެ މެނޭޖިން ޑިރެކްޓަރު އަބުލް އހްތިޝާމް އަބްދުލް މުހައިމިން ވިދާޅުވީ، އިސްލާމިކް ބޭންކާ އެކު ރާއްޖޭގައި ޝަރީއާގެ އުސޫލުތަކާ އެކު ބޭންކިން ނިޒާމް ފެށުނު ކަމަށެވެ. ހިދުމަތް ދޭން ފެށީއްސުރެ، އެބޭންކުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން ކަމަށާއި މިވީ އަށް އަހަރުގެ ތެރޭގައި އެކުންފުނީގައި 80،000 ކަސްޓަމަރުން އެބަ ތިބި ކަމަށް އޭނާ ވިދާޅުވި އެވެ. މިއީ ރާއްޖޭގެ އާބާދީގެ 20 ޕަސެންޓެވެ.

އިސްލާމިކް ބޭންކްގެ މެނޭޖިން ޑިރެކްޓަރު އަބުލް އހްތިޝާމް އަބްދުލް މުހައިމިން ވާހަކަދައްކަވަނީ. އެކުންފުނިން ވަނީ އައިޕީއޯ ލޯންޗުކޮށްފައި--ފޮޓޯ:ހުސައިން ވަހީދު/މިހާރު

އިސްލާމިކް ބޭންކްގެ މެނޭޖިން ޑިރެކްޓަރު އަބުލް އހްތިޝާމް އަބްދުލް މުހައިމިން ވާހަކަދައްކަވަނީ. އެކުންފުނިން ވަނީ އައިޕީއޯ ލޯންޗުކޮށްފައި--ފޮޓޯ:ހުސައިން ވަހީދު/މިހާރު

"މިއީ އެމްއައިބީއާ އެކު ޕާޓްނާވުމަށް ލިބުނު ރަނުގެ ފުރުސަތެއް. މިކުންފުނި ފުޅާ ކުރުމަށް ވަރަށް ބޮޑަށް ބޭނުންވޭ،" އޭނާ ވިދާޅުވި އެވެ.

އެމްއައިބީއިން މިހާތަނަށް 14،000 ކަސްޓަމަރުންނަށް 4 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ކަސްޓަމަރުން އިތުރު ކުރުމަށްޓަކައި އެކުންފުނިން މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެމްއައިބީ އަކީ ޒަމާނީ ވަސީލަތްތަކާ އެކު ބޭންކިން ހިދުމަތް ފަސޭހަކަމާ އެކު ލިބޭ ކުންފުންޏަކަށް ހަދާނެ ކަމަށް އިހްތިޝާމް ވިދާޅުވި އެވެ.

އެމްއައިބީ އިން ޝެއާ ވިއްކުމަށް ހުޅުވާލަނީ މިމަހުގެ 28 އިން ސެޕްޓެމްބަރު މަހުގެ 18 އަށެވެ. އެކުންފުނިން ނިންމާފައިވަނީ ހިއްސާއެއް 35 ރުފިޔާއަށް ވިއްކުމަށެވެ.