ދިރާސާތަކުން ދައްކާ ގޮތުގައި މޫދާއި ކަނޑަށް އެންމެ ގިނައިން އުކާލާ ކުނީގެ 10 ބާވަތުގެ ތެރޭގައި ސިނގިރެޓް ފިލްޓަރު ހިމެނެ އެވެ. އެގޮތުން އަހަރެއްގެ ތެރޭގައި މުޅި ދުނިޔޭގައި 4.5 ޓްރިލިއަން ފިލްޓަރު އުކައިލަ އެވެ. އަދި މީގެ ސަބަބުން މޫދާއި ކަނޑުގެ ދިރުންތަކަށް ލިބޭ ގެއްލުން ވެސް ބޮޑެވެ.
23 ޖުލައި 2019
ދިރާސާތަކުން ދައްކާ ގޮތުގައި މޫދާއި ކަނޑަށް އެންމެ ގިނައިން އުކާލާ ކުނީގެ 10 ބާވަތުގެ ތެރޭގައި ސިނގިރެޓް ފިލްޓަރު ހިމެނެ އެވެ. އެގޮތުން އަހަރެއްގެ ތެރޭގައި މުޅި ދުނިޔޭގައި 4.5 ޓްރިލިއަން ފިލްޓަރު އުކައިލަ އެވެ. އަދި މީގެ ސަބަބުން މޫދާއި ކަނޑުގެ ދިރުންތަކަށް ލިބޭ ގެއްލުން ވެސް ބޮޑެވެ.
މިއާ އެކު ދެން އުފެދޭ ސިނގިރެޓް ފިލްޓަރުތަކުން ބިމަށް ނުވަތަ ބިމުގެ ވެލިގަނޑަށް ލިބެނީ ކޮން ގެއްލުމެއްތޯ އެވެ؟ އާ ދިރާސާއަކުން މި ސުވާލަށް ޖަވާބެއް ހޯދައި ދިން އިރު، އޮތީ ކަންބޮޑުވާން ޖެހޭ ވަރުގެ މައްސަލައެކެވެ.
އެކޯޓޮކްސިކޮލޮޖީ އެންޑް އެންވަޔަރަމަންޓަލް ސޭފްޓީ ޖާނަލްގައި ޝާއިއުކޮށްފައިވާ އެންގްލިއާ ރަސްކިން ޔުނިވަސިޓީގެ ދިރާސާގައި ބުނި ގޮތުގައި ބިމަށް އުކާލާ ސިނގިރެޓް ފިލްޓަރުތަކުން ގަސްގަހާ ގެހި ނުވަތަ ވިނަ ފެޅުމަށް ބުރޫއަރަ އެވެ. އެގޮތުން ބިމަށް އުކާލާ ސިނގިރެޓް ފިލްޓަރުތަކުން ވެލިގަނޑަށް ކުރާ އަސަރުތަކުގެ ސަބަބުން ގަސް ފެށުމަށް (ޖާމިނޭޝަން ޕްރޮސެސް) ޖުމްލަކޮށް 27 އާއި 28 ޕަސެންޓަށް ހުރަަސްއަޅާ ކަމަށް ބުންޏެވެ. މީގެ އިތުރުން ޖާމިނޭޝަން ޕްރޮސެސް 10 ޕަސެންޓަށް އިތުރުކޮށް ދިނުމާ އެކު، ގަސްގަހީގެ މޫތައް ފެތުރުން އޭގެ ސަބަބުން 13 ޕަސެންޓަށް ދަށްކޮށްދޭ ކަމަށް ވެސް ބުންޏެވެ.
ދިރާސާގައި ބުނި ގޮތުގައި ސިނގިރެޓް ފިލްޓަރު ތައްޔާރުކޮށްފައި ހުންނަނީ ސެލިއުލޯޒް އެސެޓޭޓް ފައިބާ ކިޔާ ބައޮޕްލާސްޓިކް މާއްދާއަކުން ކަމަށް ވާތީ އެއީ ތިމާވެއްޓަށް ގެއްލުން ހުރި ބާވަތެކެވެ. ހަމަމިއާ އެކު ސިނގިރެޓް ފިލްޓަރުތަކާ އެއްވަރަށް، ބޭނުން ނުކޮށް އޮންނަ ސިނގިރެޓެއް ވެސް އެއްލާލައިފި ނަމަ ހަމަ ދާދި އެއް ކަހަލަ އަސަރުތަކެއް އޭގެ ސަބަބުން ގަސްގަހީގެ ހެދިބޮޑުވުމަށް ކުރާ ކަމަށް ބުންޏެވެ.
ދިރާާސާ ޓީމުގައި ހިމެނޭ ޑރ. ޑެނިއެލް ގްރީން ވިދާޅުވި ގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރާ ގިނަ މީހުންނަކީ ސިނގިރެޓް ފިލްޓަރު ޖެހުނު ތަނަކަށް އުކައިލާ ބައެކެވެ. އަދި އެކަމަކީ މާ ބޮޑު ކަމެއްގެ ގޮތުގައި ނުދެކުނަސް ސިނގިރެޓް ފިލްޓަރަކީ ތިމާވެށި ހަލާކުވާން ވަރަށް ބޮޑު ދައުރެއް އަދާކުރާ އެއްޗެއް ކަމަށް ވިދާޅުވި އެވެ.
"ގަސްގަހާގެއްސަކީ ތިމާވެއްޓަށް އެންމެ މުހިއްމު ބައި. އެކަމަކު ގަސްގަހާގެހީގެ ހެދިބޮޑުވުމަށް ހުރަސް އެޅޭ ކަހަލަ ކަންކަން ކުރުމަކީ މުޅި ދުނިޔެ އަށް ވެސް ދެވޭ ފޫނުބެއްދޭ ވަރުގެ ގެއްލުމެއް،" ޑެނިއެލް ވިދާޅުވި އެވެ.
ގިނަ ބާވަތްތަކެއްގެ ގަސް ނެތި ހިނގައިދާނެކަމުގެ ބިރު
ގަސްގަހާގެހީގެ ފަސްބައިކުޅަ ދެ ބައި ނުރައްކަލުގައި
ޕީޓްރަލް ކައިރީ ހުރި 35 އަހަރުވީ ނިކަގަސް ކަނޑާލަނީ
މޯލްޑިވިއަންއިން ހުޅުމާލެ 2 ގައި ގަސް އިންދައިފި
އައްޑޫން ގަސް ކެނޑުން "ހައްދުން ނައްޓައިފި"
އެމްޕީއެލްއިން އެއް މިލިއަން ގަސް އިންދަނީ
ސްޓެލްކޯއިން 30،000 އަށްވުރެ ގިނަ ގަސް އިންދައިފި
1.3 މިލިއަން ގަސް އިންދަން ޝައުގުވެރިކަން ފާޅުކޮށްފި
ހުޅުމާލެއިން އިތުރު ފިތުރޯނު ގަސްތައް ނަގަނީ
ބީއެމްއެލްގެ ފެހި ޕްރޮޖެކްޓްގެ ރަށްތައް އިއުލާނުކޮށްފި