Roadha Mihaaru
ހައްޖުވެރިންނާއި އާއިލާތަކަށް އެމްޕީއެލް ބަސް ވެސް ހިލޭ

ހައްޖުވެރިންނާއި އާއިލާތަކަށް އެމްޕީއެލް ބަސް ވެސް ހިލޭ

20 ޖުލައި 2019

ރާއްޖޭގެ ހައްޖުވެރިން ސައުދީ އަރަބިއްޔާ އަށް ދިއުމަށްޓަކައި މާދަމާ ފުރަން ފަށާއިރު ހައްޖުވެރިންނާއި އާއިލާތަކުން ބަހުގައި އެއާޕޯޓަށް ހިލޭ ދިއުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރާއްޖޭގެ ހައްޖުވެރިން ސައުދީ އަރަބިއްޔާ އަށް ދިއުމަށްޓަކައި މާދަމާ ފުރަން ފަށާއިރު ހައްޖުވެރިންނާއި އާއިލާތަކުން ބަހުގައި އެއާޕޯޓަށް ހިލޭ ދިއުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ބުނެފި އެވެ.

ރާއްޖޭގެ ހައްޖުވެރިން ހައްޖަށް ފުރުމަށް ހަމަޖެހިފައި ވަނީ މާދަމާ އިން ފެށިގެން އޮގަސްޓް 5 ގެ ނިޔަލަށެވެ.

ހައްޖުވެރިންނާއި އާއިލާތަކުގެ މީހުން އެއާޕޯޓަށް ދިއުމުގެ އިންތިޒާމު ހިލޭ ހަމަޖައްސައި ދިނުމަށް އެމްޓީސީސީންނާއި އެމްއޭސީއެލްއިން ވެސް ވަނީ ނިންމައިފަ އެވެ.

Aadheehtha dhuvahu Hajjverin furan fashaane, airport ah gendhan khaassa inthizaamthakeh

Aadheehtha dhuvahu Hajjverin furan fashaane, airport ah gendhan khaassa inthizaamthakeh

The most trusted news source in the Maldives

Mihaaru

ހައްޖުވެރިން އެއާޕޯޓަށް ގެންދިއުމުގެ އިންތިޒާމު ހަމަޖެއްސުން---

އެމްޕީއެލްގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓްގެ ވެރިޔާ، މުހައްމަދު މަހުޖޫބް ވިދާޅުވީ ހައްޖުވެރިންނާއި އެ މީހުން ފުރުވުމަށް އެއާޕޯޓަށް ދާ އާއިލާ އާއި ރައްޓެހިން އެއާޕޯޓަށް ދިއުމާއި އަނބުރާ މާލެ އައުމުގެ ހިދުމަތް އެ ކުންފުނީގެ ބަސްތަކުން ހިލޭ ހަމަޖެހޭނެ ކަމަށެވެ.

"މާލޭ ބަސް ޓާމިނަލުން އެ ބަސްތައް ނައްޓާލާނީ. ސަރުކާރުގެ ވިސްނުމާ އެއްގޮތަށް ހިލޭ އެ ހިދުމަތް ލިބޭނެ،" ހުޅުމާލެ އާއި މާލެއާ ދެމެދު ބަހުގެ ހިދުމަތްދޭ ކުންފުނީގެ ޓްރާންސްޕޯޓް ހެޑް ވިދާޅުވި އެވެ.

އެމްޓީސީސީ އާއި އެމްއޭސީއެލް އިން އިއްޔެ ބުނީ ހައްޖުވެރިން އެއާޕޯޓަށް ގެންދިއުމަށްޓަކައި އެހެން އަހަރުތަކާ ހިލާފަށް މި އަހަރު ވަކި ފެރީތަކަކާއި ބަސްތަކެއް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ހައްޖުވެރިން ފުރާ ދުވަސްތަކުގައި އެ މީހުންނަށް ހާއްސަކޮށްފައިވާ ފެރީ އަދި ބަސް ވަކިން އެނގޭނެ ގޮތަކަށް ފާހަގަކޮށްފައި ވާނެ ކަމަށް ވެސް ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން އެދެނީ މާލެ އާއި ހުޅުމާލޭގައި ތިބި ހައްޖުވެރިން ދަތުރުކުރާ މަތިންދާބޯޓްތައް ފުރާ ގަޑީގެ ހަތަރު ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށްޓަކައި ޓާމިނަލްތަކަށް ދިއުމަށެވެ. އަދި ވިލިމާލޭގައި ތިބި ހައްޖުވެރިން ހަތަރު ގަޑިއިރާއި 15 މިނިޓް ކުރިން ޓާމިލަށް ދިއުމަށް ވެސް މިނިސްޓްރީން އިލްތިމާސް ކުރެ އެވެ.