11 ސެޕްޓެމްބަރ 2016
ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް އެރި ވިއެޓްނާމްގެ އާގު ބޯޓުގައި ހުރި ހުރިހާ ހިލަ އާއި ހިލަވެއްޔެއް އުކާލުމުގެ ވިސްނުން ގެންގުޅޭ ކަމަށް ފުން ކުރުމުގެ މަސައްކަތުގައި އުޅޭ މީހުން މިއަދު ބުނެފި އެވެ.
ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް އެރި ވިއެޓްނާމްގެ އާގު ބޯޓުގައި ހުރި ހުރިހާ ހިލަ އާއި ހިލަވެއްޔެއް އުކާލުމުގެ ވިސްނުން ގެންގުޅޭ ކަމަށް ފުން ކުރުމުގެ މަސައްކަތުގައި އުޅޭ މީހުން މިއަދު ބުނެފި އެވެ.
ފެނާއި ނަރުދަމާގެ ނިޒާމަށް ބޭނުންވާ ސާމާނު ހިފައިގެން ދިޔަ "އެމްވީ އެންޖީއޯސީ ސަން" ބޯޓު ފަރަށް އެރިތާ މަހެއްވާން ކައިރިވެފައިވާއިރު، އެ ބޯޓުގައި 5700 ޖަމްބޯ ބޭގްގެ ހިލަ އާއި ހިލަވެލި އެބަހުއްޓެވެ. އެކަމަކު އޭގައި ހުރި ދެބައިކުޅަ އެއްބައި ހިލަ ފަރުމައްޗަށް އުކައިގެން ވެސް ބޯޓު ފުން ކުރެވޭ ވަރެއް ނުވި އެވެ.
ބޯޓު ފުން ކުރުމުގެ މަސައްކަތުގައި އުޅޭ މީހުން ބުނި ގޮތުގައި މިހާރު ބޯޓުގައި ހުންނާނީ ގާތްގަނޑަކަށް 1500 ޓަނުގެ ހިލަ (1500 ޖަމްބޯ ބޭގް) ހިލަ އެވެ. އެ ހިލަތައް ވެސް މޫދަށް އުކާލަމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.
ފުވައްމުލަކު ހުޅަނގު ދެކުނު ފަރާތު ފަރަށް އެރި ބޯޓު: މި ބޯޓުގައި ހުރި ގިނަ އަދަދެއްގެ ޓަނުގެ މުދާ ވަނީ މޫދަށް އުކާލާފައި. - ފޮޓޯ: ފުވައްމުލަކު ކައުންސިލް
ދިގު މިނުގައި 102.79 މީޓަރު، ފުޅާމިނުގައި 17 މީޓަރުގެ ބޯޓު ފަރަށް އަރާފައި އޮތް ސަރަހައްދު ސިފަ ކޮށްދެމުން އެ މީހާ ބުނީ ބޯޓުގެ ދިރުނބާ ކޮޅުން ރަށުގެ ގޮނޑުދޮށާ ދެމެދު 500 އަކަ ފޫޓު ހުންނާނެ ކަމަށާއި ހިލަތައް އުކަނީ ރަށުގެ ހުޅަނގު ދެކުނު ފަރާތަށް ކަމަށެވެ.
އޭނާ ބުނި ގޮތުގައި ބޯޓު ފުން ކުރުމަށް ދެ ޓަގެއް ބޭނުން ކުރާނެ އެވެ. އަދި ހިލަތައް އުކާލުމަށްފަހު، މިރޭ ނުވަތަ މާދަމާގެ ވަގުތެއްގައި ބޯޓު ފުން ކުރަން ހިފަން ފަށާނެ ކަމަށް އޭނާ ލަފާ ކުރެ އެވެ.
"އެ ސަރަހައްދަށް ބަލާލުމުން ފެންމަތިން ކަޅު ކުލައިގެ ހިލަތައް ފެންނަން އެބަހުރި. ބޯޓު ފުން ކުރެވޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ދަނީ ކުރަމުން،" އެ މީހާ ބުންޏެވެ.
ހިލަ އާއި ހިލަވެލި ހުރި ބޯޓު ފުން ކުރުމުގެ މަސައްކަތުގައި އުޅެނީ ސިންގަޕޫރުގެ ސެލްވޭޖް ކުންފުންޏެވެ. ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރަަން ސަރުކާރުން ހަވާލުކުރީ ސްރީ ލަންކާގެ ސިއެރާ ކުންފުންޏާ އެވެ.
ބޯޓުގައި ހުރި ދެބައިކުޅަ އެއްބައި މުދާ އުކާލުމަށްފަހު، ޓަގު ބޭނުންކޮށްގެން ބޯޓު ހިފާލި ވަގުތު ބޯޓަށާއި ފަރަށް އިތުރު ގެއްލުމެއް ލިބިދާނެ ކަމަށް ފެނުމުން އެ މަސައްކަތް ވަނީ ހުއްޓާލައިފަ އެވެ.
ބޯޓު ފުން ކުރުމުގެ މަސައްކަތުގައި އުޅޭ މީހުން ބުނި ގޮތުގައި ބޯޓު އޮތީ ގާތްގަނޑަކަށް ފަރުމަތީގަ އެވެ. އަދި ބޯޓު ފަރަށް އެރި ދިމާލަކީ ބޮޑެތި ބާނިތައް އުފެދޭ ދިމާލަކަށް ވުމުން ދޭތެރެ ދޭތެރެއިން ބޯޓަށް ބޮޑެތި ރާޅު ބިންދަމުންދާ ކަމަށް ވެސް އެމީހުން ބުންޏެވެ.
އިންޑިއާގެ ޓުޓިކޮރިން އިން ރާއްޖެ އަށް މުދާ ބަރުކޮށްގެން މާލެ ބަނދަރަށް ވަދެ، ކްލިއަރެންސް ހޯދުމަށް ފަހު ފުވައްމުލަކަށް މުދާ ބާލަން އުޅެނިކޮށް ފަރަށް އެރި ބޯޓު ފުން ކުރަން ޓްރާންސްޕޯޓް މިނިސްޓްރީން ދިން 15 ދުވަހުގެ މުއްދަތުގައި އެކަން ނުވެގެން އަލުން ވަނީ އިތުރު ދެ ހަފްތާ ދީފަ އެވެ.
ފަރަށް އެރި ބޯޓު ބޮޑު އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް ބެލެވޭއިރު، އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނި ގޮތުގައި ބޯޓުގައި ހުރި ހިލަ އާއި ހިލަވެލިތައް މޫދަށް އުކާލަން ހުއްދަ ދިނީ ބޯޓު ފުން ކުރެވޭނެ އިތުރު ގޮތެއް ނެތިގެންނެވެ.
"ފަރަށް ލިބުނު ގެއްލުމަށް ދޭން ބުނާ އަދަދު މާ ކުޑަ"
"ގެއްލުމުގެ ބަދަލުގެ ގޮތުގައި ދެވޭނީ 1.8 މިލިއަން"
ފުވައްމުލަކު ފަރަށް ލިބުނު ގެއްލުން 633 މިލިއަނަށް
ދިރާސާތައް ބެލިއިރު ފުވައްމުލަކު ފަރަށް ބޮޑު ގެއްލުމެއް
ފަރަށް އެރި ބޯޓު އޮތީ ފޫގޮސްފައި
ބޯޓަށް ފުރޭނީ ފައިސާ ދެއްކޭނެ ގޮތެއް ހަމަޖައްސާފައި
ފުވައްމުލަކު ފަރަށް ލިބުނު ގެއްލުން ބަލަން ފަށައިފި
ފުވައްމުލަކު ފަރަށް އެރި އާގު ބޯޓު ފުންކޮށްފި
ހިލައިގެ ބޮޑު ބައެއް އުކާލުމުން ވެސް ބޯޓު ފުނެއްނުވި
ހިލަތައް އުކާލައި ބޯޓު ފުންކުރަން އަމާޒު ހިފައިފި