Roadha Mihaaru
އެތުލެޓިކޯ އިން ބާސެލޯނާ އަށް ފާޑުކިޔައިފި

ގްރީޒްމަން މައްސަލައިގައި އެތުލެޓިކޯ އިން ބާސެލޯނާ އަށް ފާޑުކިޔައިފި

06 ޖުލައި 2019

ބާސެލޯނާ (ޖުލައި 6) - އެތުލެޓިކޯ މެޑްރިޑްގެ ފްރާންސް ފޯވާޑް އެންޓޮއިން ގްރީޒްމަންގެ ޓްރާންސްފާ ކަންތައްތަކުގައި ބާސެލޯނާ އިން އަމަލުކޮށްފައި ވަނީ އެތުލެޓިކޯ އަށް ވަރަށް އިހުތިރާމް ކުޑަކޮށް ކަމަށް ބުނެ އެތުލެޓިކޯ އިން ބާސެލޯނާ އަށް ފާޑުކިޔައިފި އެވެ.

ބާސެލޯނާ (ޖުލައި 6) - އެތުލެޓިކޯ މެޑްރިޑްގެ ފްރާންސް ފޯވާޑް އެންޓޮއިން ގްރީޒްމަންގެ ޓްރާންސްފާ ކަންތައްތަކުގައި ބާސެލޯނާ އިން އަމަލުކޮށްފައި ވަނީ އެތުލެޓިކޯ އަށް ވަރަށް އިހުތިރާމް ކުޑަކޮށް ކަމަށް ބުނެ އެތުލެޓިކޯ އިން ބާސެލޯނާ އަށް ފާޑުކިޔައިފި އެވެ.

އެތުލެޓިކޯ މެޑްރިޑްގެ ސީއީއޯ މިގޭލް އެންހެލް ގިލް މަރިން މިދިޔަ މަހު ވިދާޅުވީ ގްރީޒްމަން ކުޅޭނީ ބާސެލޯނާ އަށް ކަން މިދިޔަ މާޗް މަހު އެނގިފައިވާ ކަމަށެވެ. އިއްޔެ ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ ގްރީޒްމަންގެ ޓްރާންސްފާ ކަންތައްތަކުގައި އެތުލެޓިކޯއާ އެކު އެއްބަސްވުމަކަށް އަތުވެފައިވާ ކަމަށެވެ. އެކަމަކު އެތުލެޓިކޯ އިން ވަނީ އެކަން ދޮގުކޮށް ބަޔާން ނެރެފަ އެވެ.

އެތުލެޓިކޯއާ އެކު ގްރީޒްމަން ހަދާފައި އޮތް އެއްބަސްވުން އުވާލުމަށް ބާސެލޯނާ އިން 135 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ އެވެ. އެކަމާ ބެހޭގޮތުން އިއްޔެ ބާޓޮމެއު އާއި މަރިން ބައްދަލުކުރެއްވިއިރު، އެއްބަސްވުމަކަށް ނާދެވުނީ ގްރީޒްމަންގެ ޓްރާންސްފާ ފީ މި ވަގުތު ބާސެލޯނާ އަށް ދެއްކެން ނެތުމުންނެވެ. އެތުލެޓިކޯ އިން ނެރުނު ބަޔާނުގައިވާ ގޮތުން ބާސެލޯނާ އިން އެދުނީ އުމުރުން 28 އަަހަރުގެ ގްރީޒްމަންގެ ޓްރާންސްފާ ފީ ފަހުން ދައްކާ ގޮތަށް އެއްަބަސްވުމެއް ހެދުމަށެވެ.

"މި ކްލަބުން ބާސެލޯނާ އާއި ގްރީޒްމަންގެ ހުށަހެޅުންތަކަށް ނޫނެކޭ ބުނީ އެ ދެ ފަރާތުން އެތުލެޓިކޯ އަށް އިހުތިރާމްކުޑަކޮށް ކަންތައްތައް ކޮށްފައިވާތީ." އެތުލެޓިކޯގެ ބަޔާނުގައިވެ އެވެ.

އެތުލެޓިކޯ އިން ބުނިގޮތުގައި، ގްރީޒްމަން، އެ ކްލަބަށް މިދިޔަ މާޗް މަހު ބާސެލޯނާއާ އެކު އެއްބަސްވުމަކަށް އައި ކަން އެންގީ ކްލަބްގެ މުހިއްމު މެޗުތަކެއް ބޯމަތިވެފައި ވަނިކޮށެވެ. އެއީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ޔުވެންޓަސްއާ އެކު ކުޅެން އޮތް މެޗުގެ ކުރިންނެވެ. އޭރު އެތުލެޓިކޯ އިން ދިޔައީ ބާސެލޯނާއާ އެކު ސްޕެނިޝް ލީގަށް ވާދަކުރަމުންނެވެ.

"މީގެ ބާސެލޯނާ އާއި ގްރީޒްމަން އޮތީ އެތުލެޓިކޯއާ މެދު ޕްރޮފެޝަނަލް އުސޫލުންނެއް ނޫން ކަންތައްތައް ކޮށްފައި. އަދި އަމުދުން ބާސެލޯނާ އިން ގްރީޒްމަންއާ މަޝްވަރާކުރީ އެ ފަދަ ކަމެއް ކުރަން ހުއްދަނޫން ވަގުތެއްގައި." އެތުލެޓިކޯ އިން ބުނެފައިވެ އެވެ.

ރެއާލް ސޮސިއެޑާޑުން 2014 ވަަނަ އަހަރު އެތުލެޓިކޯ އަށް ބަދަލުވި ގްރީޒްމަން މިދިޔަ އަހަރު ވެސް ބާސެލޯނާއާ ގުޅުމާ ގާތަށް ދިޔަ އެވެ. އެ ފަހަރު އޭނާ ނިންމުން ބަދަލުކޮށް އެތުލެޓިކޯގައި މަޑުކުރަން ނިންމުމުން ބާސެލޯނާ އިން ހިތްހަމަނުޖެހުނެވެ.

ބާސެލޯނާ އިން އިއްޔެ ވަނީ އެ ޓީމާ ގުޅުނު އަޔަކްސްގެ އުއްމީދީ މިޑްފީލްޑަރު ފްރެންކީ ޑި ޔޮން މީޑިއާ އަށް އެ ކްލަބްގެ ކުޅުންތެރިއެއްގެ ގޮތުގައި ތައާރަފްކޮށްފަ އެވެ. ޕޯޗުގަލްގެ ބެންފީކާ އަށް ކުޅެމުން އަންނަ ޒުވާން ތަރި ޔާއޯ ފެލިކްސް، 142 މިލިއަން ޑޮލަރަށް އެތުލެޓިކޯ އިން ގަނެފައިވާއިރު، ވަރަށް އަވަހަށް ގްރީޒްމަންގެ ޑީލް ނިމޭނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.