Roadha Mihaaru
އޭސީސީގެ ރައީސްކަމަށް މުއައްވިޒު ހޮވައިފި

އޭސީސީގެ ރައީސްކަމަށް މުއައްވިޒު ހޮވައިފި

04 ޖުލައި 2019

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ރައީސްކަމުގެ މަގާމަށް، އެ ކޮމިޝަންގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި މުއައްވިޒު ރަޝީދު މިއަދު އިންތިހާބުކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ރައީސްކަމުގެ މަގާމަށް، އެ ކޮމިޝަންގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި މުއައްވިޒު ރަޝީދު މިއަދު އިންތިހާބުކޮށްފި އެވެ.

މިއަދު ބޭއްވި ޖަލްސާގައި މުއައްވިޒް ރައީސްކަމަށް މެމްބަރުންގެ އިއްތިފާގުން އައްޔަންކުރީ، ކުރިން ރައީސްކަމުގައި ހުންނެވި ހަސަން ލުތުފީ ކޮމިޝަނުން އިސްތިއުފާ ދެއްވުމުންނެވެ.

ލުތުފީ މަގާމުން އިސްތިއުފާ ދެއްވުމަށް ފުރަތަމަ ފޮނުއްވި ސިޓީ ސައްހަ ނުވުމުން އޭނާ ދެ ވަނަ ސިޓީއެއް ފޮނުއްވައި، މަގާމުން ވަކިވިކަން ރައީސް އޮފީހުން ހާމަކުރީ އިއްޔެގެ ވަގުތެއްގަ އެވެ.

ލުތުފީ އިސްތިއުފާ ދެއްވީ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ނިންމައި އެކަން ތަޅުމަށް ފޮނުވާ ގޮތަށް ހަމަޖައްސާފައި ވަނިކޮށެވެ. އެކަމަކު ލުތުފީ އިސްތިއުފާ ދެއްވާފައިވާތީ މަޖިލީހުގައި ދެން އެކަން ކުރިއަކަށް ނުގެންދާނެ އެވެ.

ނުފޫޒެއްގެ ދަށުވެ މަގާމުގެ ޒިންމާ އަދާކުރެއްވިކަމުގެ ތުހުމަތާ އެކު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ލުތުފީ އިސްތިއުފާ ދެއްވީ ކޮމިޝަންގެ ވަޒީފާ އަށް ނުނިކުންނަވައި ހަ މަސް ދުވަހު ހުންނެވުމަށް ފަހު އެވެ.