ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އާ ގުޅުން ހުރި ކޮރަޕްޝަން މައްސަލަތަކުގައި ނައްތާލާފައި ވަނީ އެ ކުންފުނީގެ ކުރީގެ މެނޭޖްމެންޓުން އެކި ފަރާތްތަކާ ހަވާލުކޮށްފައިވާ ބައެއް މަސައްކަތްތަކުގެ ލިއުންތަކެއް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.
04 ޖުލައި 2019
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އާ ގުޅުން ހުރި ކޮރަޕްޝަން މައްސަލަތަކުގައި ނައްތާލާފައި ވަނީ އެ ކުންފުނީގެ ކުރީގެ މެނޭޖްމެންޓުން އެކި ފަރާތްތަކާ ހަވާލުކޮށްފައިވާ ބައެއް މަސައްކަތްތަކުގެ ލިއުންތަކެއް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.
ކުންފުނިތަކާ ގުޅޭ ކޮރަޕްޝަންތައް ތަހުގީގު ކުރުމުގައި ހުރި ހުރަސްތައް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޓަޕްރައިޒް ކޮމިޓީގެ މެމްބަރުންގެ ސަމާލުކަމަށް ގެންނަވައި އޭސީސީން ބުނެފައި ވަނީ ލިޔެކިޔުންތައް ނައްތާލުމަކީ އެ މުއައްސަސާ އަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. ބައެއް ކުންފުނިތަކުން ގަސްތުގައި ލިޔެކިޔުން ނައްތާލާފައި ނުވަތަ އޭސީސީގެ ތަހުގީގު ޓީމު ދިއުމުން ލިއުންތައް ނުދީ ހިފަހައްޓާ ކަމަށް ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވި އެވެ.
މިސާލެއްގެ ގޮތުން ނެންގެވީ ޕީއެސްއެމްގެ ޚިޔާނާތްތަކަކާ ގުޅޭ ގިނަ ލިޔެކިޔުން ނައްތާލާފައިވާ މައްސަލަ އެވެ.
ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލާއި ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު ޝާޔަން ޝާހިދާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިކްރާމް އަބްދުއްލަތީފް.
ޕީއެސްއެމްއާ ގުޅޭ ހިޔާނާތުގެ ގިނަ މައްސަލަތަކެއް ތަހުގީގުކޮށްދޭން އެ ކުންފުނިން އޭސީސީ އަށް ހުށަހަޅާފައި ވަނިކޮށް، ކޮމިޓީގައި މުއައްވިޒް އެގޮތަށް ވިދާޅުވުމުން ޕީއެސްއެމުން ހިތްހަމައެއްނުޖެހުނެވެ. ޕީއެސްއެމުން ރޭ ނެރުނު ބަޔާނުގައި ވެސް ފާހަގަކޮށްފައިވާ ގޮތުން ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު އަޅައިދޭން އެދުނީ މިހާރުގެ މެނޭޖްމެންޓުންނެވެ.
އެ މައްސަލަތަކުގެ ތަހުގީގުގެ ސްޕީޑާ މެދު ސުވާލު އުފައްދައި އޭސީސީ އަށް މަދުވަނީ ކޮން ލިއުންތަކެއް ކަން ވެސް މިހާތަނަށް އަންގާފައި ނުވާ ކަމަށް ޕީއެސްއެމުން ބުނެފައިވެ އެވެ.
އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު މިއަދު ވިދާޅުވީ މަޖިލީހުގެ ކޮމިޓީގައި އެ ކޮމިޝަނުން އިޝާރާތް ކޮށްފައި ވަނީ ކުރީގެ މެނޭޖްމެންޓުން ހިންގާފައިވާ ބައެއް ކަންކަމާ ގުޅޭ ލިއުންތައް ނެތް ވާހަކަ ކަމަށެވެ.
"ޕީއެސްއެމް އިން ވަރަށް ބޮޑު އެއްބާރުލުމެއް އަޅުގަނޑުމެންނަށް ލިބޭ އެ ކުންފުނިން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަން މައްސަލަތައް ބެލުމުގައި،" މުއައްވިޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕީއެސްއެމްއާ ގުޅޭ އެއްވެސް މައްސަލައެއް ފައިލްކުރާކަށް އަދި ނިންމާފައެއް ނުވެ އެވެ. ތަހުގީގުތަކަށް މީހުން ހާޒިރުކުރަމުން އަންނަ ކަމަށާއި މިދިޔަ ހަފުތާގައި ވެސް ޕީއެސްއެމްގެ މުވައްޒަފުން ހާޒިރުކޮށް ބަޔާން ނަގާފައިވާ ކަމަށް އޭސީސީން ބުންޏެވެ.
ޕީއެސްއެމުން މަސައްކަތް ހަވާލުކުރި ކުންފުނިތަކުގެ މީހުން ހާޒިރުކޮށް ވެސް އަންނަނީ ސުވާލުކުރަމުންނެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އޭސީސީގެ މެމްބަރުން ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ ކަންކަމާ ގުޅޭ އިދާރީ މަސައްކަތްތައް ކުރި މުވައްޒަފުންގެ ކޮމްޕިއުޓަރުތަކުގެ ހާޑް ޑިސްކްތަކާއި އީމެއިލް މުއާމަލާތްތައް ވެސް އޭސީސީގެ ތަހުގީގުގެ ބޭނުމަށް ވަނީ ގެންގޮސްފަ އެވެ. އަދި އެ ތަހުގީގަށް ބޭނުންވާ އިތުރު ލިޔުންތައް ވެސް އޭސީސީން ފޮނުވާ އަމުރުތަކުގެ ދަށުން އެ ކޮމިޝަނުން ވަނީ ހޯދައިފަ އެވެ.
"ބޭންކްތަކުން ހޯދަން ޖެހޭ ލިއުންތައް ވެސް އޭސީސީން އަންނަނީ ހޯދަމުން. އެއާއެކު ޕީއެސްއެމްގެ ސިސްޓަމްތަކުން ލިބުނު މައުލޫމާތުތައް ވެސް މި އަންނަނީ ދިރާސާކުރަމުން،" މުއައްވިޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީއެސްއެމްގެ ކުރީގެ ބޯޑުގެ މެމްބަރަކު ތަހުގީގަށް ހާޒިރުވާން ތަކުރާރުކޮށް އަންގައިގެން ވެސް އެއްބާރުލުން ދީފައި ނުވާތީ އެ މެމްބަރު ހާޒިރު ކުރަން ކޯޓުގެ އަމުރަކަށް އޭސީސީން އެދިފައިވާ ކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ތެރޭގައި ޕީއެސްއެމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި ޕީޕީއެމްގެ ޕްރޮޕެގަންޑާ ފެތުރުމާއި އެމަނިކުފާނަށް ދެވަނަ ދައުރެއް ހޯދައިދޭން ކެމްޕެއިންކުރި މީޑިއާއެކެވެ. އިދިކޮޅު ފަރާތްތަކުގެ އަޑު ރައްޔިތުންނަށް އިއްވަން ފުރުސަތު ނުދީ، ހުރިހާ ވަގުތެއް ޔާމީންގެ ކެމްޕޭނަށް ހުސްކުރިއިރު، ޕީއެސްއެމްގެ ބޯޑުގެ ބައެއް މެމްބަރުން ޔާމީންގެ ކެމްޕޭން ހަރަކާތްތަކުގައި އަމަލީ ގޮތުން ވެސް ބައިވެރިވެވަޑައިގަތެވެ.
އޭރު ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވީ އިބްރާހިމް ޚަލީލެވެ. އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވީ މުހައްމަދު އިކްރާމެވެ.
ޕީއެސްއެމުން އޭސީސީ އަށް ވަރުގަދަ ރައްދެއް!
ޚިޔާނާތް 4 ބިލިއަންގައި؛ ޕީޖީން ދައުވާކޮށެއް ނުދިން
ބިގަށް ފައިސާ ދިން މައްސަލަ އަލުން ބަލަން އެދެފި
ބިގަށާއި ސީޖީޓީއަށް ފައިސާ ދޭން ޖެހުނު ގޮތް ބަލަނީ
އޭސީސީގެ މެމްބަރުން ވަކިކުރަން ޕެޓިޝަނެއް ހުށަހަޅައިފި
މަޖިލިހާއި އޭސީސީ ގުޅިގެން ޕޮލްކޯގެ މައްސަލަ ބަލަނީ
ޕޮލްކޯ ފްލެޓް: އޭސީސީން ފޮނުވި ރިޕޯޓު ސިއްރުކޮށްފި
ބަދަލުދިން މައްސަލާގައި ޖިނާއީ ތަހުގީގެއް ހިންގަނީ
އޭސީސީގައި ކޮރަޕްޝަން ހިންގިކަމުގެ ތުހުމަތުތައް!
އެސްއޯއީތަކުގެ ކޮރަޕްޝަން އަދިވެސް ނުހުއްޓޭ: ނާޒިމް