Roadha Mihaaru
ޕީއެސްއެމުން އޭސީސީ އަށް ވަރުގަދަ ރައްދެއް!

ލިޔެކިޔުންތައް ނެތް ކަމަށް ބުނުމުން ޕީއެސްއެމުން އޭސީސީ އަށް ވަރުގަދަ ރައްދެއް!

03 ޖުލައި 2019

ދައުލަތުގެ މީޑިއާ ހިންގާ ކުންފުނި، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަތައް ބަލަން ބޭނުންވާ ލިޔެކިޔުންތައް ނައްތާލާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި އިއްޔެ ވިދާޅުވުމުން ޕީއެސްއެމުން ވަރުގަދަ ރައްދެއް ދީ، އެ މެމްބަރުންގެ އިޚުލާސްތެރިކަމާ މެދު މިއަދު ސުވާލު އުފައްދައިފި އެވެ.

ދައުލަތުގެ މީޑިއާ ހިންގާ ކުންފުނި، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަތައް ބަލަން ބޭނުންވާ ލިޔެކިޔުންތައް ނައްތާލާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި އިއްޔެ ވިދާޅުވުމުން ޕީއެސްއެމުން ވަރުގަދަ ރައްދެއް ދީ، އެ މެމްބަރުންގެ އިޚުލާސްތެރިކަމާ މެދު މިއަދު ސުވާލު އުފައްދައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ) އަށް އޭސީސީގެ މެމްބަރުން އިއްޔެ ހާޒިރުކޮށް ސުވާލު ކުރިއިރު، މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ، ބައެއް ކުންފުނިތަކުގެ ލިޔެކިއުންތައް ގަސްދުގައި ނައްތާލާފައިވާކަން އެނގިފަައިވާ ކަމަށެވެ. އެގޮތުން ފާހަގަ ކުރެވޭ ކުންފުންޏެއްގެ ގޮތުގައި އޭނާ ވިދާޅުވީ ޕީއެސްއެމްގެ ވާހަކަ އެވެ.

"ބައެއް ތަންތަނުގައި، ހަމަ ކުންފުނިތަކުގައި އެބަހުރި ލިޔެކިއުންތައް ގަސްތުގައި ނައްތާލާފައި ވެސް. ލިޔުންތައް ނެތިފައި ވެސް އެބަހުރި. ހުންނަން ޖެހޭ ބައެއް ކަހަލަ ލިޔެކިއުންތައް ނެތިފައި ވެސް އެބަހުރި. މިހާރު ތަހުހީގު ކުރަމުންދާ މައްސަލަތަކަށް ބަލާއިރު ޕަބްލިކް ސާވިސް މީޑިއާގެ އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ ހުންނަން ޖެހޭ ވަރަށް ގިނަ ލިޔެކިއުންތަކެއް ނެތްކަން،" މުއައްވިޒް ވިދާޅުވެފައި ވެ އެވެ.

އޭނާގެ އެ ވާހަކަތަކާ ގުޅިގެން ޕީއެސްއެމުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ ކުންފުނިން ހުށަހަޅާފައިވާ މައްސަލަތައް، އޭސީސީގެ މެމްބަރުންގެ މަސްލަހަތު ފުށުނާރާ ގޮތަކަށް، އިންސާފުގެ މަގުން އެއްކިބާ ނުވެ، ބެލިދާނެ ކަމަށް ނުދެކޭ ކަމަށެވެ.

ޕީއެސްއެމްގެ މިހާރުގެ މެނޭޖުމަންޓުން އެ ކުންފުންޏާ ހަވާލުވިއިރު، ކުރީގެ މެނޭޖުމަންޓުން ފަށާފައިވާ ކަންތައްތަކުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާ ކަމަށް ފާހަގަކުރެވުނު 20 އަށް ވުރެ ގިނަ މައްސަލަތައް އޭސީސީ އަށް ފޮނުވިތާ ފަސް މަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް ޕީއެސްއެމްގެ ބަޔާނުގައި ވެ އެވެ. އެކަމަކު، އެ މައްސަލަތަކާ ގުޅޭ ގޮތުން އޭސީސީ އަށް ލިބިފައި ނެތީ ކޮން ލިޔުންތަކެއް ކަން ޕީއެސްއެމާ މިހާތަނަށް ހިއްސާ ކޮށްފައި ނެތް ކަމަށް އެ ކުންފުނިން ބުންޏެވެ.

ނަމަވެސް ޕީއެސްއެމުން ބުނިގޮތުގައި، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ ކަންކަމާ ގުޅޭ އިދާރީ މަސައްކަތްތައް ކުރި މުވައްޒަފުންގެ ކޮމްޕިއުޓަރުތަކުގެ ހާޑް ޑިސްކްތަކާއި އީމެއިލް މުއާމަލާތްތައް ވެސް އޭސީސީގެ ތަހުގީގުގެ ބޭނުމަށް އެ ކޮމިޝަނުން ވަނީ ގެންގޮސްފަ އެވެ. އަދި އެ ތަހުގީގަށް ބޭނުންވާ އިތުރު ލިޔުންތައް ވެސް އޭސީސީން ފޮނުވާ އަމުރުތަކުގެ ދަށުން އެ ކޮމިޝަނަށް ވަނީ ފޮނުވާފައި ކަމަށް ޕީއެސްއެމުން ބުންޏެވެ. ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތަކާއި އެހެނިހެން ސާމާނު ގެންގޮސްފައި ވަނީ ޕީއެސްއެމުން ބުނާ ގޮތުގައި އޭސީސީގެ ތަހުގީގު ޓީމުން ޕީއެސްއެމަށް ގޮސްގެންނެވެ.

ޕީއެސްއެެމުން ބުނީ، އެ ކުންފުނީގައި ބައެއް ލިޔެކިޔުންތައް ވެސް ފެންނަން ނެތް ކަމަށާއި އަދި އެ ލިޔުންތައް އެ ކޮމިޝަނަށް ލިބިފައި ނެތުމުގެ ސަބަބުން ތަހުގީގަށް ހުރަސް އެޅިފައިވާ ކަމަށް މަޖިލީހުގައި ހާމަކުރުމަކީ މައްސަލަ ނުބަލައި ފައިލް ކުރުމުގެ ނިޔަތުގައި އޭސީސީން ހިންގި އަމަލެއް ގަބޫލު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ޕީއެސްއެމުން ބުނިގޮތުގައި، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ ކަންކަމާ ގުޅޭ އިދާރީ މަސައްކަތްތައް ކުރި މުވައްޒަފުންގެ ކޮމްޕިއުޓަރުތަކުގެ ހާޑް ޑިސްކްތަކާއި އީމެއިލް މުއާމަލާތްތައް ވެސް އޭސީސީގެ ތަހުގީގުގެ ބޭނުމަށް އެ ކޮމިޝަނުން ވަނީ ގެންގޮސްފަ އެވެ. އަދި އެ ތަހުގީގަށް ބޭނުންވާ އިތުރު ލިޔުންތައް ވެސް އޭސީސީން ފޮނުވާ އަމުރުތަކުގެ ދަށުން އެ ކޮމިޝަނަށް ވަނީ ފޮނުވާފައި ކަމަށް ޕީއެސްއެމުން ބުންޏެވެ.

"ނަމަވެސް މިހާތަނަށް މި ކުންފުނިން ހުށަހަޅާފައިވާ މައްސަލަތައް ބެއްލެވުމުގައި، މި ކުންފުނިން އެއްވެސް ލިޔުމެއް ނުލިބިގެން މައްސަލަ ނުބަލާ ފައިލް ކުރެއްވުމުގެ ބަދަލުގައި، މިހާތަނަށް އެ ކޮމިޝަނަށް ލިބިވަޑައިނުގަންނަވާ ލިޔުމެއް ވާ ނަމަ އެ ލިޔުމެއް ހޯއްދެވުމަށް އެދިވަޑައިގަތުމުން ނުވަތަ އެ ލިޔުމެއް ހޯއްދެވުމަށް މި ކުންފުންޏަށް ވަޑައިގަތުމުން އެފަދަ ލިޔުމެއް، މި ކުންފުނީގެ އެއްވެސް ޑިޕާޓްމަންޓެއްގައި ވާ ނަމަ އެ ލިޔުމެއް ހޯއްދެވުމުގެ ފުރުސަތު މިހާރު ވެސް ވާނީ ހުޅުވިފަ އެވެ،" އޭސީސީގެ ތަހުގީގަށް އެއްބާރުލުން ދީ، ކަމާ ގުޅޭ ލިޔުންތައް ދޭން ބޭނުންވާ ކަން ހާމަކުރަމުން ޕީއެސްއެމްގެ ބަޔާނުގައި ވެ އެވެ.

ގާނޫނާއި ގަވާއިދާ ޚިލާފަށް ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ އަދި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކުރިއަށް ގެންދިއުމަށް އެ ކުންފުނީގެ އޭރުގެ ބޯޑާއި މެނޭޖުމަންޓުން ނިންމާފައިވާ ނިންމުން އެންމެ ރަނގަޅު ކަމަށް އޭސީސީން ލަފާދީފައިވާ ކަމަށް ޕީއެސްއެމުން ބުނެ އެވެ.