ބޮޑެތި ޑިސްކައުންޓްތަކާ އެކު އެސްޓީއޯ އިން ކޮންމެ އަހަރަކު ބާއްވާ ވެއާހައުސް ސޭލް މިރޭ ފަށައިފި އެވެ.
03 ޖުލައި 2019
ބޮޑެތި ޑިސްކައުންޓްތަކާ އެކު އެސްޓީއޯ އިން ކޮންމެ އަހަރަކު ބާއްވާ ވެއާހައުސް ސޭލް މިރޭ ފަށައިފި އެވެ.
އެހެން އަހަރުތަކޭ އެއްފަދައިން މި އަހަރުގެ ސޭލް ވެސް ކުރިއަށް ގެންދަނީ އަމީނީމަގުގައި ހުންނަ އެ ކުންފުނީގެ ސުޕަމާޓުގެ ގުދަނުގަ އެވެ.
މި ފެއާ މިރެއިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކޮންމެ ރެއަކު 8:00 އިން 11:00 އަށް ކުރިއަށް ގެންދާނެ އެވެ.، ހުކުރާއި ހޮނިހިރު ދުވަހު ހަވީރު 4:00 އިން 6:00 އަށް ވެސް ސޭލް ހުޅުވިފައި ހުންނާނެ އެވެ.
އެސްޓީއޯ އިން ވިއްކާ ކަރަންޓު ސާމާނާއި ގޭގައި ހިފައި ގެންގުޅޭ ސާމާނުތަކުން ބޮޑެތި ޑިސްކައުންޓްތައް މި ސޭލް ގައި ލިބޭނެ އެވެ.
ފިލިޕްސް އާއި ހިޓާޗީ އާއި ނިޕޯން އަދި މަކިޓާ ބްރޭންޑްގެ ސާމާނު އެސްޓީއޯ އިން ވިއްކަ އެވެ.
ވެއާހައުސް ސޭލް ކުރިއަށް ގެންދާއިރު އެތަނަށް ޒިޔާރަތް ކުރާ ކޮންމެ މީހަކަށް ކޫޕަނެއް ލިބޭނެ އެވެ. އަދި ކޮންމެ ރެއަކު ހޮވޭ ނަސީބުވެރިންނަށް އަގުހުރި އިނާމުތަކެއް ލިބޭނެ އެވެ.
އެސްޓީއޯ ވެއާހައުސް ސޭލް އަންނަ މަހު ބާއްވަނީ
ކާޑު ގުދަން އެހެން ތަނަކަށް ބަދަލުކުރަން ޖެހޭ: އަމްރު
އެސްޓީއޯ ކާޑު ގުދަން އިންޑަސްޓްރިއަލް ވިލެޖަށް
ގޭހުގެ އެޑްވާންސް 3.7 މިލިއަން އަދިވެސް ނުހޯދޭ!
އެއް ލައްކަ ރުފިޔާގެ ނަސީބުވެރިޔަކީ ޝީޒާ
އެސްޓީއޯގެ "ވަން" ޕްރޮގްރާމުގެ ދެ ސެޝަން ބާއްވައިފި
އެސްޓީއޯ ޖެނެރަލް ޓްރޭޑިންގެ ބޮޑު ތިން ޕްރޮމޯޝަނެއް
އެސްޓީއޯގެ ބަންކަރިން ވިޔަފާރިއަށް ބަދަލުތަކެއް ގެންނަނީ
އެސްޓީއޯއަށް ހުޅުމާލެއިން 40،000 އަކަފޫޓުގެ ބިމެއް
އެސްޓީއޯ ސްމާޓް ސްޓޯ، ފާމަސީއަކަށް ބަދަލު ކުރަނީ