03 ޖުލައި 2019
ލަންޑަން (ޖުލައި 3) - ލެސްޓާ ސިޓީ އަށް ކުޅޭ އިންގްލެންޑްގެ ޑިފެންޑަރު ހެރީ މެގުއާ ވިއްކާލަން އެ ކްލަބުން ބޭނުންވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި، 85 މިލިއަން ޕައުންޑް (107 މިލިއަން ޑޮލަރު) އަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ލަންޑަން (ޖުލައި 3) - ލެސްޓާ ސިޓީ އަށް ކުޅޭ އިންގްލެންޑްގެ ޑިފެންޑަރު ހެރީ މެގުއާ ވިއްކާލަން އެ ކްލަބުން ބޭނުންވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި، 85 މިލިއަން ޕައުންޑް (107 މިލިއަން ޑޮލަރު) އަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މި ވަގުތު ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރަކީ ލިވަޕޫލްގެ ވާޖިލް ވެން ޑައިކް އެވެ. ލިވަޕޫލުން ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވެން ޑައިކްގެ ސޮއި ހޯދަން ސައުތެމްޓަނަށް 75 މިލިއަން ޕައުންޑް (94 މިލިއަން ޑޮލަރު) ދައްކައިފަ އެވެ.
އުމުރުން 26 އަހަރުގެ މެގުއާ އަކީ މި ވަގުތު އިނގިރޭސި ކުޅުންތެރިންގެ ތެރެއިން އެންމެ ޑިމާންޑް ބޮޑު ކުޅުންތެރިޔާ އެވެ. އޭނާ ހޯދަން މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީގެ އިތުރުން އާސެނަލުން މަސައްކަތްކުރަމުން އަންނައިރު، މިހާތަނަށް ސިޓީ އާއި ޔުނައިޓެޑުން ވަނީ މެގުއާގެ ޓްރާންސްފާއާ ބެހޭގޮތުން ރަސްމީކޮށް ލެސްޓާއާ މަޝްވަރާކޮށްފަ އެވެ.
ސިޓީ އޮތީ މެގުއާ އަށް 70 މިލިއަން ޕައުންޑް (88 މިލިއަން ޑޮލަރު) ބިޑްކުރަން ތައްޔާރަށެވެ. އަދި ވަކި ކަންތައްތަކެއް ފުރިހަމަވާނަމަ އިތުރު ފަސް މިލިއަން ޕައުންޑް (6.5 މިލިއަން ޑޮލަރު) ދޭ ގޮތަށް ވަނީ އެއްބަސްވެފަ އެވެ. ސިޓީ އަށް މެގުއާގެ މުހިއްމުކަން ބޮޑުވާ ދެ ސަބަބެއް އެބައޮތެވެ. އެއީ އެ ޓީމުގެ ޑިފެންޑަރު ވިންސެންޓް ކޮމްޕެނީ ނެތްތަން ފޫބެއްދުމުގެ އިތުރުން ފުރަތަމަ 11 އަށް އަރާވަރުގެ އިނގިރޭސި ކުޅުންތެރިއެއް ހޯދަން ޖެހިފައިވުމެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ގަވާއިދު ބުނާ މިންގަނޑަށް ސިޓީގެ ކަންތައްތައް އަންނަ ސީޒަން ފެށެންވާއިރަށް ހަމަޖައްސަންޖެހޭއިރު، ޓީމު ސްކޮޑުގައި ހިމެނޭނެ ފެންވެރުގެ އިނގިރޭސި އެކެޑަމީ އަކުން ތަމްރީންވި އިތުރު އެއް ކުޅުންތެރިއަކު ސިޓީ އަށް ބޭނުންވެ އެވެ.
މީގެ ދެ އަހަރު ކުރިން ހަލް ސިޓީ އަށް 17 މިލިއަން ޕައުންޑް (21.5 މިލިއަން ޑޮލަރު) ދިނުމަށް ފަހު ލެސްޓާ އިން ގެނައި މެގުއާ އަށް ޔުނައިޓެޑުން ވެސް 70 މިލިއަން ޕައުންޑް (88 މިލިއަން ޑޮލަރު)ގެ ބިޑެއް ކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އަދި ބަދަލުގައި ލޯން އުސޫލުން ޔުނައިޓެޑްގެ ކުޅުންތެރިއަކު އެ ޑީލްގެ ތެރެއިން ދޫކޮށްލަން ޔުނައިޓެޑުން އޮތީ ތައްޔާރަށެވެ.
އާސެނަލުން ވެސް މެގުއާ އަށް ޝައުގުވެރިކަން ފާޅުކުރަމުން އަންނައިރު، އެ ޓީމުގެ ޓްރާންސްފާ ބަޖެޓް ކުޑަވުމުން ރަސްމީކޮށް އަދި މަޝްވަރާ ނުކުރެ އެވެ. ރިޕޯޓްތައް ބުނާގޮތުން އާސެނަލްގެ ވިސްނުން ހުރީ މެގުއާ ހޯދަން 50 މިލިއަން ޕައުންޑް (62 މިލިއަން ޑޮލަރު) ލެސްޓާ އަށް ދިނުމަށް ފަހު ބަދަލުގައި ކުޅުންތެރިއަކު ވެސް އެ ޓީމަށް ދޫކޮށްލާ ގޮތަށެވެ.
ރިޕޯޓްތައް ބުނާގޮތުން މެގުއާ ހުރީ ޗެމްޕިއަންސް ލީގުގައި ކުޅޭ ޓީމަކާ ގުޅެން ތައްޔާރަށެވެ. މެގުއާ އަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކްލަބްތަކުގެ ތެރެއިން ޗެމްޕިއަންސް ލީގުގައި ކުޅެނީ ސިޓީ އެވެ. ޔުނައިޓެޑާއި އާސެނަލް ވާދަކުރާނީ ޔޫރޮޕާ ލީގުގަ އެވެ. މެގުއާ ކްލަބް ދޫކޮށްލާނެކަން ޔަގީންވެފައިވާތީ ލެސްޓާ އިން އަންނަނީ ބައެއް ކުޅުންތެރިން ހޯދަން މަޝްވަރާކުރަމުންނެވެ. އެ ގޮތުން ނިއުކާސަލް ޔުނައިޓެޑްގެ ސްޕެއިން ފޯވާޑް އަޔޯޒޭ ޕެރޭޒާ އެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޓްރާންސްފާގެ އެހެން ހަބަރުތަކަށް ބަލާއިރު 500 ދުވަހަށް ފަހު ޓޮޓެންހަމުން ޓްރާންސްފާއެއް ފުރިހަމަކުރިއިރު، އެ ޓީމުން ވަނީ ގާތްގާތުގައި ދެ ކުޅުންތެރިންގެ ސޮއި ހޯދައިފަ އެވެ. އޭގެތެރެއިން އެންމެ ހާއްސަ ކުޅުންތެރިއަކީ އެ ކްލަބްގެ ރެކޯޑް އަގަކަށް ގަތް ލިޔޯންގެ ފްރާންސް މިޑްފީލްޑަރު ޓަންގުއީ އެންޑޮމްބެލޭ އެވެ.
ފްރާންސްގެ ޕީއެސްޖީ ދޫކޮށް ޒުވާން މިޑްފީލްޑަރު އެޑްރިއަން ރަބިއޯ ވަނީ ޔުވެންޓަސް އަށް ބަދަލުވެފަ އެވެ.
ޔުނައިޓަޑް ބަލިވެ، ސިޓީ އަށް ލީގު ކަށަވަރުވެއްޖެ
ސިޓީ ތިން ވަނަ އަށް، ޔުނައިޓެޑަށް ފަސޭހަ މޮޅެއް
އަމޯރިމްގެ ފުރަތަމަ ބަލި، ސިޓީއަށް ހަމަނޭވާއެއް
ޔުނައިޓެޑް ދޫކޮށްލަން ޖެހުމުން ދެރަވި: ނިސްޓެލްރޫއީ
ޔުނައިޓެޑުގެ ފުރަތަމަ އިމްތިހާނުން އަމޯރިމް ފާސްވެއްޖެ
ފޮޑެން ގައުމީ ޓީމަށް ދޫކުރަން ގާޑިއޯލާ ބޭނުމެއް ނުވޭ
ފަހުވަގުތު ލަނޑުދީފައި ސިޓީން ޝީލްޑް އުފުލާލައިފި
އެފްއޭ ކަޕްގެ ތައްޓާ އެކު ޔުނައިޓެޑް ފެނުން މައްޗަށް
އިންގްލެންޑަށް ކާމިޔާބު ވާނެ، ސިޓީއާ ދާދި އެއްގޮތް
ތަރިންނަށް ރެސްޓްދީ ލޫޓަން ރޫޅާލައި ސިޓީން އެއްވަނައަށް