02 ޖުލައި 2019
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަމަށް ވާދަކުރެއްވި ހަމައެކަނި މެމްބަރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެ މަގާމަށް ހޮވަން ފެންނަ ކަމަށް އެ ޕާޓީގެ މެމްބަރުން ވޯޓް ދެއްވައިފި އެވެ.
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަމަށް ވާދަކުރެއްވި ހަމައެކަނި މެމްބަރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެ މަގާމަށް ހޮވަން ފެންނަ ކަމަށް އެ ޕާޓީގެ މެމްބަރުން ވޯޓް ދެއްވައިފި އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އިންތިހާބު މިއަދު ބޭއްވި އިރު ލީޑަރުގެ އިތުރުން ދެ ނައިބު ލީޑަރުންނާއި އަމީން އާއްމުގެ މަގާމަށް ކުރިމަތިލެއްވީ އެންމެ މެމްބަރެކެވެ. އެގޮތުން ނައިބު ލީޑަރު ކަަމަށް ކުރިމަތިލެއްވި ހެންވޭރު ދެކުނު ދާއިރާގެ ހުސައިން ޝަހީމް އާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވެސް އިންތިހާބު ވި އެވެ. އަދި އަމީން އާއްމު ކަމުގެ މަގާމަށް ކުރިމަތިލެއްވި، އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ވެސް އެ މަގާމަށް އިންތިހާބު ވިއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އިންތިހާބުގައި ހުސައިން ޝަމީމް ވޯޓް ދެއްވަނީ. ނައިބު ލީޑަރަކަށް އޭނާ އިންތިހާބުވި
އެމްޑީޕީ ޕީޖީ އިންތިހާބުގައި ވާދަކުރެއްވި މެމްބަރުންގެ ތެރެއިން ހުސައިން ޝަހީމް ފިޔަވާ އެހެން ބޭފުޅުން ހޮވިވަޑައިގަތީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 57 މެމްބަރުންގެ އިއްތިފާގުންނެވެ. އެކަަމަކު ޝަހީމްއާ ދެކޮޅަށް ތިން މެމްބަރަކު ވޯޓް ދެއްވި އެވެ.
އެމްޑީޕީގެ ޗީފް ވިޕަކަށް އައްޔަންކޮށްފައި ވަނީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމެވެ. އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުން އަލަށް ކަނޑައެޅި އިރު، އެ ލީޑަޝިޕްގައި ހިމެނޭ ހަމައެކަނި އަންހެން ބޭފުޅަކީ ވެސް ރޮޒެއިނާ އެވެ.
ރޮޒެއިނާއަކީ ކުރިން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރެވެ. މީގެ ކުރިން އެމްޑީޕީގެ ޗީފް ވިޕަކަށް ހުންނެވީ މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.
ރައްޔިތުންގެ މަޖިލީހުގެ 65 ގޮނޑިއާ އެކު ސާފު އަޣުލަބިއްޔަތު އޮތީ އެމްޑީޕީ އަށެވެ.
"ނަޝީދު ވަކިކުރަން އުޅެގެން އެމްޑީޕީ ވާނީ ބަލި"
ރިފްއަތު ވަކިކުރަން ވޯޓް ދޭ މެންބަރުން ވަކިކުރާނަން
ވިޕްލައިނާ ދެކޮޅު ހެދުމުން އާޒިމަށް ނަސޭހަތް ދީފި
އިންޑިއާ އައުޓް ބިލާ މެދު ހިޔާލު ތަފާތުވެއްޖެ!
"އިންޑިއާ އައުޓް" ހުއްޓުވާ ބިލް ހުށަހަޅަން ފާސްކޮށްފި
"އިންޑިއާ އައުޓް" ހުއްޓުވާ ބިލާ މެދު ގޮތެއް ނިންމަނީ
އަޅުގަނޑަށް ފިޔަވަޅު އަޅަން ރައީސް އެންގެވި: އަފީފު
އާޒިމް ވިދާޅުވަނީ މައްސަލައަކީ ބައެއް ވަޒީރުން ކަމަށް
އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ކުރިމަތިލެއްވީ އާޒިމް އެކަނި
އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ބޮޑު ނިންމުން ދުވަހު