09 ފެބުރުއަރީ 2022
އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ކުރިއަށް ގެންދާ "އިންޑިއާ އައުޓް" އަށް އަމާޒުކޮށް ހެދި ރާއްޖޭގެ ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ސިޔާސީ ހަރަކާތް ހިންގުން ހުއްޓުވުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުން މިއަދު ފާސްކޮށްފި އެވެ.
އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ކުރިއަށް ގެންދާ "އިންޑިއާ އައުޓް" އަށް އަމާޒުކޮށް ހެދި ރާއްޖޭގެ ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ސިޔާސީ ހަރަކާތް ހިންގުން ހުއްޓުވުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުން މިއަދު ފާސްކޮށްފި އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް "މިހާރު" އަށް ވިދާޅުވީ، މިއަދު ހެނދުނު ބޭއްވި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގައި އެ ބިލު މަޖިލީހަށް ހުށަހަޅަން ފާސްކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ފާސްކުރީ މި ބިލުގެ ޑްރާފްޓް މިހާރު އޮތް ގޮތަށް މަޖިލީހަށް ހުށަހަޅައިގެން، ކޮމެޓީ މަރުހަލާގައި މިއަށް އިތުރު ގެންނަން ޖެހޭ ކަމަށް ފެންނަ ބަދަލުތައް ގެނެސްގެން ކުރިއަށް ގެންދަން،" އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބިލު އަންނަ ހަފުތާގައި މަޖިލީހަށް ހުށަހަޅާނެ އެވެ.
މި ބިލް މަޖިލީހަށް ހުށަހަޅަން ނިންމި އިރު، އިންޑިއާ ދެކޮޅު ކެމްޕޭނުން ގެއްލުން ލިބޭ ކަމަށް ވިދާޅުވެ އެ މައްސަލަ ބަލައިދޭން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ހުށަހަޅުއްވައިފަ އެވެ. މި މައްސަލަ ބަލަން ފަށައި "އިންޑިއާ އައުޓް" ހަރަކާތުން ލިބިދާނެ ގެއްލުމެއް ބެލުމުގެ ދިރާސާއެއް ހެދުމަށް ފާސްކޮށް، މަސައްކަތްތަކެއް އެ ކޮމިޓީން ކުރިއަށް އެބަދެ އެވެ.
ކޮމިޓީއަށް މިއަދު ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ހާޒިރުކޮށްފަ އެވެ. ކޮމިޓީގައި ޕޮލިސް ކޮމިޝަނަރު ވިދާޅުވީ އެ ހަރަކާތަށް މިލިއަނުން ފައިސާ ހޭދަކުރާއިރު ރާއްޖޭގައި ޑްރަގުގެ ވިޔަފާރީގައި އުޅޭ ބޮޑުންތަކެއް އޭގައި ބައިވެރިވާ ކަމަށެވެ.
އިދިކޮޅުގެ ކެމްޕޭނަށް އަމާޒުކޮށް ހެދި ޑްރާފްޓްގައިވާ ގޮތުން އެ ބިލުގެ ބޭނުމަކީ ބޭރު ގައުމުތަކާ އެކު، ގާއިމު ކޮށްފައިވާ ހާރިޖީ ގުޅުންތަކަށާއި އެ ގައުމުތަކާ ދެމެދު އޮންނަ ގުޅުމަށް ނޭދެވޭ އަސަރު ކޮށްފާނެ އަމަލުތައް ހުއްޓުވުމެވެ. އަދަބެއްގެ ގޮތުގައި ބޮޑު ޖޫރިމަނާއަކާއި ޖަލު ހުކުމެއް ވަނީ ކަނޑައަޅައިފަ އެވެ.
ޑްރާފްޓްގައިވާ ގޮތުން، އެފަދަ އަމަލެއް ކަމަށް ބެލެވޭނީ ގާނޫނީ އަދި ބައިނަލްއަގްވާމީ ހަމަތަކާއި ދެ ގައުމުން ބަލައިގަނެފައިވާ އުސޫލަކާ އެއްގޮތަށް އޮތް ކަމެއްގައި، ރައްޔިތުންގެ ނަމުގައި ރާއްޖެ ރަމްޒުވާ ގޮތަށް ވަކި ބަޔަކު ނުވަތަ ސިޔާސީ ޕާޓީއަކުން ވަކި ގައުމެއްގެ ސަރުކާރާއި އެ ގައުމެއްގެ ވަކި މުއައްސަސާއަކާ ދެކޮޅަށް މުޒާހަރާ ކުރުމާއި ސިޔާސީ ހަރަކާތް ހިންގުމުންނެވެ.
ގައުމެއްގެ އަޅުވެތިކަމުގެ ދަށުގައި ނުވަތަ މިލިޓަރީ، ސިޔާސީ އަދި އިގްތިސާދީ ބާރުވެރިކަމުގެ ދަށުގައި ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލު ވާކަން ދެއްކުމުގެ ގޮތުން ވަކި ގައުމަކާ ދެކޮޅަށް ސިޔާސީ ހަރަކާތް ހިންގުމަކީ ވެސް ކުށެއް ކަމަށް ބިލުގައި ބުނެފައިވެ އެވެ.
މިއީ، ގާނޫނު އަސާސީން ލިބިދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ބިލެއް ބުނެ އިދިކޮޅުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. ބިލެއް ހެދިޔަސް "އިންޑިއާ އައުޓް" ކެމްޕޭނެއް ނުހުއްޓުވޭނެ ކަމަށާއި މުޅި ރާއްޖޭގައި ކުރިއަށް ގެންދާނެ ކަމަށް އިދިކޮޅުގެ އިސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
އެ ބޭފުޅުންގެ ކަންބޮޑުވުމަކީ ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބޭ މައްސަލަ އެވެ. އެއީ ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ބުނެ ސިފައިން ބޭލުމަށް އިދިކޮޅުން ގެންދަނީ ގޮވަމުންނެވެ.
އިންޑިއާ އައުޓް ބިލާ މެދު ހިޔާލު ތަފާތުވެއްޖެ!
"އިންޑިއާ އައުޓް" ހުއްޓުވާ ބިލާ މެދު ގޮތެއް ނިންމަނީ
"ނަޝީދު ވަކިކުރަން އުޅެގެން އެމްޑީޕީ ވާނީ ބަލި"
ރިފްއަތު ވަކިކުރަން ވޯޓް ދޭ މެންބަރުން ވަކިކުރާނަން
ވިޕްލައިނާ ދެކޮޅު ހެދުމުން އާޒިމަށް ނަސޭހަތް ދީފި
އަޅުގަނޑަށް ފިޔަވަޅު އަޅަން ރައީސް އެންގެވި: އަފީފު
އާޒިމް ވިދާޅުވަނީ މައްސަލައަކީ ބައެއް ވަޒީރުން ކަމަށް
އެމްޑީޕީ ޕީޖީ ލީޑަރަކީ އާޒިމް
އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ކުރިމަތިލެއްވީ އާޒިމް އެކަނި
އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ބޮޑު ނިންމުން ދުވަހު