Roadha Mihaaru
އިޒްރޭލުގެ މިސައިލް ހަމަލާތަކުގައި ސީރިއާ އިން ހަތަރު މަރު

އިޒްރޭލުގެ މިސައިލް ހަމަލާތަކުގައި ސީރިއާ އިން ހަތަރު މަރު

01 ޖުލައި 2019

ދިމިޝްގު (ޖުލައި 1) - ސީރިއާގެ ވެރިރަށް ދިމިޝްގާ ކައިރީގައިވާ ސަރަހައްދަކަށް އިޒްރޭލުން ދިން މިސައިލް ހަމަލާތަކުގައި އާއްމުންގެ ހަތަރު މީހުން މަރުވެފައިވާ ކަމަށް ސީރިއާގެ ރަސްމީ ނޫސް އެޖެންސީ ސަނާ އިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދިމިޝްގު (ޖުލައި 1) - ސީރިއާގެ ވެރިރަށް ދިމިޝްގާ ކައިރީގައިވާ ސަރަހައްދަކަށް އިޒްރޭލުން ދިން މިސައިލް ހަމަލާތަކުގައި އާއްމުންގެ ހަތަރު މީހުން މަރުވެފައިވާ ކަމަށް ސީރިއާގެ ރަސްމީ ނޫސް އެޖެންސީ ސަނާ އިން ބުނެފި އެވެ.

މިސައިލް ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ކުޑަ ކުއްޖަކު ވެސް ހިމެނެ އެވެ. ސަނާ ނިއުސް އެޖެންސީން ބުނީ މިސައިލް ހަމަލާ އަމާޒުކޮށްފައި ވަނީ ދިމިޝްގުގެ އިތުރުން ހިމްސް ޕްރޮވިންސަށް ކަމަށެވެ.

"އިޒްރޭލުގެ ހަނގުރާމަ މަތީ ބޯޓުތަކުން ފޮނުވާލި މިސައިލްތަކަށް ސީރިއާގެ އެއާ ޑިފެންސް އިން ވަނީ ހުރަސް އަޅާފައި،" ސީރިއާގެ އަސްކަރީ ފަރާތްތަކާ ހަވާލާދީ ސަނާ ނިއުސް އެޖެންސީން ބުނެފައިވެ އެވެ.

މި ޚަބަރާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަން އިޒްރޭލުގެ ތަރުޖަމާނަކު ވަނީ ދެކޮޅު ހަދައިފަ އެވެ.

އިނގިރޭސި ވިލާތުގައި ހިންގާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ އިޒްރޭލުގެ މިސައިލް ހަމަލާތައ އަމާޒުކޮށްފައި ވަނީ ސީރިއާގައިވާ އީރާނުގެ ތަންތަނަށް ކަމަށެވެ. އޭގެ ތެރޭގައި ހިމްސް ސިޓީގެ ހުޅަނގުން އޮންނަ އަސްކަރީ އެއާޕޯޓަކާއި ރިސާޗް ސެންޓަރެއް ހިމެނެ އެވެ.