Roadha Mihaaru
އިޒްރޭލުގެ ދެ މިސައިލް ވައްޓާލި ކަމަށް ސީރިއާ އިން ބުނެފި

އިޒްރޭލުގެ ދެ މިސައިލް ވައްޓާލި ކަމަށް ސީރިއާ އިން ބުނެފި

09 މެއި 2018

ދިމިޝްގު (މެއި 9) - ވެރިރަށް ދިމިޝްގާ ކައިރީގައިވާ އަވަށަކަށް އިޒްރޭލުން ފޮނުވާލި ދެ މިސައިލް ވައްޓާލާފައިވާ ކަމަށް ސީރިއާ އިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދިމިޝްގު (މެއި 9) - ވެރިރަށް ދިމިޝްގާ ކައިރީގައިވާ އަވަށަކަށް އިޒްރޭލުން ފޮނުވާލި ދެ މިސައިލް ވައްޓާލާފައިވާ ކަމަށް ސީރިއާ އިން ބުނެފި އެވެ.

ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްގެ ޑިރެކްޓަރު ރާމީ އަބްދުލް ރަހުމާން ވިދާޅުވީ އިޒްރޭލުން މިސައިލް ހަމަލާދީފައި ވަނީ ދިމިޝްގުގެ ދެކުނުން އޮންނަ ކިސްވާ އަވަށުގައި ހަތިޔާރު ރައްކާ ކުރާ ގުދަނަކަށް ކަމަށެވެ. އަދި އެ ހަމަލާ ދިނީ އެއީ އީރާން ނުވަތަ ހިޒްބުﷲ އިން ބޭނުންކުރާ ތަނަކަށް ކަމަށް ހީކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާމީ އަބްދުލް ރަހުމާން ވިދާޅުވީ އިޒްރޭލުގެ މިސައިލް ހަމަލާގައި ސީރިއާ ސަރުކާރަށް ވަފާތެރި ސިފައިންގެ ނުވަ މީހުން މަރުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ މެންބަރުން ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ ޑިސެމްބަރު މަހު ވެސް އިޒްރޭލުން ވަނީ ސީރިއާގެ ދެކުނަށް މިސައިލް ހަމަލާ ދީފަ އެވެ. ހަލަބުގެ އަސްކަރީ މަރުކަޒަކަށް އިޒްރޭލުން މިދިޔަ މަހު ދިން މިސައިލް ހަމަލާތަކުގައި ވަނީ 26 މީހުން މަރުވެފަ އެވެ.

އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އަވިގްދޯ ލީބަމަން މިދިޔަ މަހު ވިދާޅުވެފައި ވަނީ އީރާނުން ސީރިއާގައި އަސްކަރީ ގޮތުން ބާރުގަދަ ކުރާ ނަމަ ހަމަލާ ދޭނެ ކަމަށެވެ. އިޒްރޭލުގެ އެނާޖީ މިނިސްޓަރު ވަނީ އީރާނުން އިޒްރޭލަަށް ހަމަލާ ދޭން ސީރިއާ އިން ފުރުސަތު ދޭނަމަ ބައްޝާރުލް އަސަދުގެ ވެރިކަން ބަދަލު ކުރާނެ ކަމަށެވެ.